ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒެއިނާގެ ފުރާނައަށް ނުރައްކާވެއްޖެ ކަމަށް ވިދާޅުވެ އިމްތިޔާޒްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރާނައަށް ނުރައްކާވާފަދަ ދޮގު ތުހުމަތުތަކެއް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރައްވާފައިވާތި އެމައްސަލަ ބަލައިދިނުމަށް އެދިި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފުލުހުގައި އެދިއްޖެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިންް ޝަހީމް (އަނދުން ހުސައިން) އާއި ރޮޒެއިނާ، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ އާއި ބެހޭ ގޮތުން ދައްކަވަމުންދާ ވާހަކަތަކުން އެމަނިކުފާނަށްއ އިތުުުރު ހަމަލާއެއް އައުމުގެ ބިރު އޮވެދާނެތީ އެދެމެމްބަރުންގެ މައްސަލަ ބެލުމަށް އިމްތިޔާޒް ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.

އިމްތިޔާޒް ފުލުހަށް ސިޓީ ފޮނުއްވާފައިވަނިކޮށް، ރޮޒެއިނާ ވަނީ އިމްތިޔާޒް ދައްކާފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، ޓެރަރިޒަމްގެ އަމަލެއް ހިންގައި ރައީސް ނަޝީދު މަރާލަން އުޅޭކަމުގެ ނުރައްކާތެރި ތުހުމަތު ކޮށްފައިވާ މައްސަލަ ބަލައިދިނުމަށށް ފުލުހުންގެ ކިބައިން އެދިފައެވެ.

ރޮޒެއިނާ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާ އަކީ މީހަކަށް އަނިޔާ އެއް ދިނުމަށް އަދި ދުވަހަކުވެސް މަސައްކަތްކުރި ނުވަތަ އެފަދަ ކަމެއް ކުރުމަށް ހިތައް އެރުވި ނުވަތަ އެފަދަ ކަމެއް ކުރަން ރޭވި މީހެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަކީ އެދުވަހުވެސް އަދި މިއަދުވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށާއި ސިޔާސީ ދާއިރާގައި މީހުންނާ ސިޔާސީ ގޮތުން ހިޔާލު ތަފާތު ވުމަކީ އެއްވެސް މީހަކާ ދޭތެރޭ ޒާތީ ވާންޖެހޭ ކަމެއްކަމަށް ނުވަތަ އަނިޔާވެރވާންޖެހޭ ކަމެއް ކަމަށް ނުވަތަ އެމީހަކާ މެދު ނަފްރަތު ކުރަންޖެހޭ ކަމެއް ކަމަށް އެއްވެސް އިރެއްގައި ގަބޫލުނުކުރާ ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

އިމްތިޔާޒް ފަހުމީ ތުހުމަތުކޮށްފައިވާ ފަދައިން ރައީސް ނަޝީދަށް ސެކިއުރިޓީ ދޭން ނުޖެހޭ ކަމަށްވެސް އަދި ދިނުން ހުއްޓުމަކަށްވެސް އަދި ދޭ ގޮތަށް ބަދަލެއް ގެނައުމަށް ވަކާލާތު ކޮށްފައިނުވާނެ ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

ރޮޒެއިނާ ވިދާޅުވީ އެފަދަ ތުހުމަތެއް އޭނާގެ މައްޗަށް ކުރުމުން ރައީސް ނަޝީދަށް ތާއީދު ކުރާ ބަޔަކު އޭނާ އަށް ހަމަލާއެއް ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ރައީސް ނަޝީދު މަރާލަން ރޮޒެއިނާ އުޅޭކަމަށް އިމްތިޔާޒް ކުރި ތުހުމަތުގެ މައްސަލަ ބަލައިދިނުމަށް ރޮޒެއިނާގެ ސިޓީގައި ވަނީ އެދިފައެވެ.

ރޮޒެއިނާ އާއި އަނދުން ހުސައިން އަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދުކޮށް އެމަނިކުފާނު ދިފާއު ކުރައްވާ ދެ މެމްބަރުންނެވެ. މި ވަގުތު ސަރުކާރުގައި އެންމެ ނުފޫޒު ގަދަކަމަށް ބުނާ މެމްބަރުންގެ ތެރޭގައި ހިމެނޭ ރޮޒެއިނާ އަކީ އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: