ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮތަޅުން ނަގާ ޓެކްސް ކުޑަކުރަން ތާއީދު: މަވޯޓާ ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ކުޑަކުރަން ތާއީދު ކުރާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ނެގޭ ޓެކްސް މިހާރު އޮތްވަރަށްވުރެން ކުޑަކުރަން ތާއީދު ކުރާ ކަމަށާއި ހޯލްސޭލް ކުރާ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމުގެ ބަދަލުގައި ރީޓއެިލް ޕީއޯއެސްގައި ނެގުން ރަނގަޅު ކަމަށެވެ.

ޝަރީފް ވިދާޅުވީ ކޮތަޅު މަދުކުރަން ކުރެވޭ މަސައްކަތަކީ ރައްޔިތުން ފެލުން ކަމަށް ވާހަކަ ދައްކާ އެކަން ސިޔާސީ ކުރާ މީހުންނަކީ، ނާޒުކު ތިމާވެއްޓާ މެދު އެއްވެސް ފަރުވާލެއް ނެތް ގައުމުގެ މުސްތަގުބަލާމެދު އެއްވެސް ވަރަކަށް ވިސްނުމެއް ނެތް މީހުން ކަމަށެވެ. އަދި މި ގައުމު ދަރިންނާ ހަމައަށް ސަލާ،ަތުން ފޯރުކޮށް ނުދެވުނަސް އެފަދަ މީހުންނަށް ވަރިހަމަ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެމީހުންނަކީ މިހާރު ނެގެން އޮތް ފައިދާ އެއް ނެގުމަށް ބޭނުންވާ މީހުން ކަމަށާއި އެފަދަ މީހުން ފަހުން ވާނެ ގޮތަކާއި މެދު ނުވިސްނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕްލާސްޓިކް ކޮތަލުން ފީ ނެގުމަށް ފަށާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ކޮތަޅުން އަގު ނަގާތީ ކޮތަޅު ބޮނޑީގެ އަގު އިންތިހާއަށް އުފުލިފައިވަނިކޮށް ސަރުކާރުން ވަނީ 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑިތަކުން އިތުރަށް ފައިސާ ނުނެގުމަށް އިސްލާހެއް ހުށަހަޅާފައެވެ.

ކުނިމެނޭޖު ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ވިޔަފާރި ޙަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ޙަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަންވާނެއެވެ.

ގާނޫނުގެ ދަށުން ފީ ނެގުން އިސްތިސްނާވާ ޕާލާސްޓިކް ކޮތަކަކީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުންނާއި،  ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ  ބިންލައިނަރ  އިން ފީއެއް ނުނެގޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: