ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމް ތަންފީޒްކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

މާފުށި ޖަލު ސަރަހައްދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުގައި ހުކުމް ތަންފީޒް ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ނިޔާވެފައިވަނީ އުމުރުން 29 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.

އަމީނުލް އިސްލާމް ކިޔާ މީހާ ހެނދުނުގެ ސައި ގަޑީގައި ހޭނުލާ އޮތުމާ ގުޅުގެން ގޮވަސް ދިއުމުން އެއްވެސް ހަރަކާތެއް ނުކުރާތީ އޭނާ އެމަޖެންސީކޮށް މާފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ.

އަމީނުލް ނިޔާވި ކަމަށް ޑޮކްޓަރު ނިންމާފައިވަނ 2.10 ގައެވެ. ހެލްތު ސެންޓަރުން މައުލޫމާތު ދިން ގޮތުގައި އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ.

އަމީނުލް އިސްލާމަކީ ބަދުއަހްލާގީ އަމަލު ހިންގުމާ ގުޅިގެން 7 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒް ކުރަމުން ދިޔަ މީހެކެވެ. އަދި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން ދާ މީހެއް ނޫންކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.  އޭނާ ހެލްތު ސެންޓަރަށް ގެންދިޔަކަން ކަރެކްޝަންސް އިން ވަނީ ޕޮލިހާ ހިއުމަން ރައިޓްސް އަށް އަންގާފައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: