ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 1207 ފަރާތަކަށް އެސްއެމްއީ ލޯނު ދޫކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން މިހާތަނަށް 1207 ފަރާތަކަށް އެސްއެމްއީ ލޯނު ދޫކޮށްފިއެވެ.

އިމާރާތް ކުރުމުގެ ދާއިރާއިން 57 ފަރާތަކަށް ލޯނު ދޫކޮށްފައިވާއިރު، ލޯނުގެ ޖުމްލަ އަދަދު 55.9 މިލިއަން ރުފިޔާއަށް އަރައެވެ.

ކޮމާސް ލޯނުގެ ގޮތުގައި 513 ފަރާތަކަށް 376 މިލިއަން ރުފިޔާގެ ލޯން ވަނީ ދޫކޮށްފައެވެ.

އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން 11 ފަރާތަކަށް 9.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. ދަނޑުވެރިކަމުގެ ދާއިރާއިން 38 މީހަކަށް 16.04 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.

މަސްވެރިކަމަށް 145 ފަރާތަކަށް 237.6 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

ދަތުރުފަތުރުގެ ދާއިރާއިން 102 ފަރާތަށް 123.4 މިލިއަން ރުފިޔާގެ ލޯނު ވަނީ މިހާތަނަށް ދޫކޮށްފައެވެ.

1207 ފަރާތަށް ދޫކުރި ލޯނުގެ ޖުމްލަ އަދަދު 1.2 ބިލިއަން ރުފިޔާއަށް އަރައެވެ.

އެސްއެމްއީ ބޭންކު އުފެދުނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެސްއެމްއީ ބޭންކް އުފެދުމުގެ ކުރިން ރާއްޖޭގައި ހިންގާ ބޭންކް ތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަާރި ތަކަށް ލޯނު ލިބުމުގައި ދަތިކަން ހުރި ނަމަވެސް އެސްއެމްއީ ބޭންކާ އެކު ވިޔަފާރެިތކަށް ފައިނޭންސް ހޯދުމަށް އިތުރު ފަސޭހަތައް ލިބިގެން ދިޔައެވެ.

މިއަދު އެސްއެމްއީ ބޭންކް މެދުވެރިކޮށް ގިނަ ވިޔަފާރިތައް ވަނީ ފުޅާވެގެން ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: