ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެސްޓް ޓޫރިޒަމް ވިލެޖަސްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިޔުޓީއޯ) އިން ކުރިއަށްގެންދާ ބެސްޓް ޓޫރިޒަމް ވިލެޖަސްއަށް ވާދަކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބެސްޓް ޓޫރިޒަމް ވިލެޖަސް ޕްރޮގްރާމަކީ ޔޫއެންޑަބްލިޔުޓީއޯއިން ރަށްފުށުގެ ކުރިއެރުމާއި، ތަރައްގީ އަދި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ މައި ވަސީލަތުގައި ފަތުރުވެރިކަން ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ރަށްފުށު ފަތުރުވެރިކަން ކުރިއެރުވުމަށް އަމޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބެސްޓް ޓޫރިޒަމް ވިލެޖަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވި ނަމަވެސް މިހާރު ޓޫރިޒަމް މިނިސްޓްރީން ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މުއްދަތު އިތުރުކޮށްފައިވަނީ ވީހާވެސް ގިނަ ރަށްތަކަށް މި ފުރުސަތު ދިނުމަށް ކަމަށެވެ.

ބެސްޓް ޓޫރިޒަމް ވިލެޖަސް އަށް ނަން ހުށަހަޅާ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރު ބެލުމަށްފަހު އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން ގިނަވެގެން އަށް ރަށް ރާއްޖޭގެ ފަރާތުން ބެސްޓް ޓޫރިޒަމް ވިލެޖަސް 2023 އަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ބެސްޓް ޓޫޒިޒަމް ވިލެޖަސް އަށް ނަން ހުށަހެޅުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމާއި، ކެންޑިޑެންސީ ޑޮކިއުމެންޓް ފުރިހަމަ ކުރުމާއި، ވީޑިއޯ އަދި ޖެނެރަލް ޕްރެޒެންޓޭޝަން ތައްޔާރު ކުރުމުގައި ޓޫރިޒަމް މިނިސްޓްރީން ހޮވާލެވޭ ރަށްތަކަށް އެހީތެރިވެދޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީވެ، ކުރިއެރުމަށް މަގުފަހިވެފައިވާ ރަށްތަކުގެ ތެރެއިން ރަށުގައި ދިރިއުޅޭ އާބާދީގެ އަދަދު 15،000 އަށް ވުރެ މަތި ނޫން ރަށްރަށަށެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަަށް 40 ގައުމަކުން 70 އަށް ވުރެ ގިނަ އަވަށާއި، ރަށް ދުނިޔޭގެ ފެންވަރުގައި ވަނީ ފާހަގަކޮށްފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: