ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތު އިތުރުކޮށްގެންވެސް ކޮތަޅު މައްސަލަ ހައްލުކުރަން ހުށައަޅާނަން: އިބްރާހިމް ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮތަޅުން އަގުނަގަން ފެށުމާއިއެކު އުފެދިފައިވާ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަޖިލީހަށް ހުށައަޅުއްވާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮތަޅަކުން ދެ ރުފިޔާ ނަގަން ފެށުމާއިއެކު، އުފެދިފައިވާ މައްސަލައަށް އަލިއަޅުވައި އިދިކޮޅުންނާއި އާންމުންވެސް ވަނީ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުވަނީ މައްސަލައަށް ހައްލެއް ނުގެނެސް މަޖިލިސް ޗުއްޓީއަށް ނުދިއުމަށް އެދިވަޑައިގަންނަވާފައެެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ޗުއްޓީ ރަސްމީގޮތުން ފެށުމަށް ކަނޑައެޅިފައިވަނީ މޭ މަހުގެ އެއް ވަނަ ދުވަހުގައިކަމަށެވެ. އެހެންކަމުން އަދި  ޖަލްސާ ބާއްވައިގެން އުނި ކުރެވިފައިވާ މާއްދާ އިތުރު ކުރުމަށް ހަތަރު ދުވަސް އޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް ހަފްތާ އެއްކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވާކަމަށެވެ.

ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް ހަތަރު ޖަލްސާގެ ތެރޭގައި ކޮތަޅުގެ މައްސަލައަށް ހައްލެއް ގެނެވެންވާނެކަމަށެވެ. އެހެންކަމުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގައި ވަގުތު އިތުރުކޮށްގެން ކޮތަޅުގެ މައްްސަލަ ހައްލުކުރެއްވުމަށް އޭނާ ހުށައަޅުއްވާނެކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

ކޮތަޅުގެ މައްސަލައިގައި އުފެދިފައިވާ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ޝަރީފް ފާހަގަކުރެއްވިއިރު، ބައެއް ވިޔަފާރިތަކުން ކޮތަޅަކަށް ނަގަން ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑު އަގެއް ނެގުމަށް ކަނޑައަޅައިގެން ކުރިއަށް ގެންދާކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުންވަނީ ސޯޝަލް މީޑިއާގައިވެސް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި އެންމެ ގަދަޔަށް ރީޓެއިލް ވިޔަފާރި ކުރަމުންދާ އެއް ކުންފުނިކަމަށްވާ ރެޑްވޭވްއިންވަނީ އަމިއްލަ އިސްނެގުމުގެ މަތިން ހައްލުތަކެއް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކުރިން އެއް ރުފިޔާއަށް ކޮތަޅެއް ވިއްކުމަށް ކަނޑައެޅިފައިވާނަމަވެސް މިހާރު އެ އަދަދުވެސް ނުނެގުމަށް ނިންމާފައިވާކަން އެ ކުންފުނިންވަނީ ދާދި ފަހުން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: