ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންގެ ސުވާލަށް ޝައުނާއަށް ޖަވާބެއް ނުދެވުނު!

މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ޓެކްނޮލޮޖީ އެންޑް ކްލައިމެޓް ޗޭންޖް އާމިނަތު ޝައުނާ / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އަށް މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ނުދެވުމުގެ ސަބަބުން މެމްބަރުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އީޕީއޭ މިނިވަން ކުރުމާއި ބެހޭ ގޮތުން ވަނީ ޝައުނާ އާއި ސުވާލުކުރައްވާފައެވެ. އެގޮތުން އީޕީއޭ މިނިވަން މުސްތަގިއްލު މުއައްސަސާ އަކަށް ހަދާނެ ތޯ ނުވަތަ ނޫންތޯ ވިދާޅުވެ ވަނީ ސުވާލު ކުރައްވާފައެވެ.

ޝައުނާގެ ޖަވާބު ނިމުމާ އެކު ރިޔާސަތުން އިތުރު ދެ ސުވާލު ޖަވާބު ނުދެވި ވާކަން ޝައުނާއަށް ވިދާޅުވުމާއެކު ޝައުނާ ވިދާޅުވީ ޕްލާސްޓިކް ކުނީގެ ވާހަކަ މެމްބަރު ވަހީދު ފާހަގަ ކުރެއްވި ކަމަށާއި އެގޮތުން މިއަދު ރާއްޖޭގައި އެންމެ ފުޅާކޮށް ދެކެވޭ އެއް ވާހަކަ އަކީ ޕްލާސްޓިކް ކުނީގެ ވާހަކަ ކަމަށެވެ.

އަޅުގަނޑުމެން މި ސިޔާސަތު ކަނޑައަޅައި މަސައްކަތް ކުރަމުން އަންނަތާ ގާތްގަނޑަކަށް ދެ އަހަރު މިވީ. 2 އަހަރުގެ ތެރޭގައި އަޅުގަނޑުމެން ހާސިލްކުރުމަށް ނިންމި އެންމެ ބޮޑު އެއްކަމަކީ ރާއްޖޭގައި އެންމެ ގިނައިން އުފައްދާފައިވާ އަދި ބޭނުންކުރެވޭ 13 ބާވަތެއްގެ ސިންގަލް ޔޫސް ޕްލާސްޓިކް ނައްތާލުން.

ޕްލާސްޓިކް މަދުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ސިންގަލް ޔޫސް ޕްލާސްޓިކްގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރަމުންދިޔަ އެއް ބާވަތަކީ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅިތައް ކަމަށް ޝައުނާ ވިދާޅުވިއެވެ.

އެފުޅިތައް މަދުކުރުމަށް އެންމެ ފުރަތަމަ ކުރެވުނު އެއްކަމަކީ، 330 މިލިލީޓަރުގެ ފުޅި އަޅުގަނޑުމެން މިވަނީ ރާއްޖެއިން އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާކޮށްފައި.

ޝައުނާގެ ޖަވާބު ފުރިހަމަ ނުވަނީސް ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅަނީ އިތުރު ސުވާލު ކުރުމަށް މެމްބަރު ވަހީދަށް ފުރުސަތުދީފައެވެ. ވަހީދު އަނެއްކާވެސް ސުވާލު ތަކުރާރު ކުރެއްވިއެވެ. އަދި ދިގު ޖަވާބު ދިނުމުގެ ބަދަލުގައި ސީދާ ސުވާލުގެ ޖަވާބު ދިނުމަށް ވަހީދު ޝައުނާގެ ފަރާތުން އެދިލެއްވިއެވެ.

އިއްޒަތްތެރި ވަޒީރު އަޅުގަނޑު ދެންނެވީ ކޮތަޅުގެ ބަދަލުގައި، ބޭނުންކުރާނެ، މިސާލަކަށް  އަޅުގަނޑުމެންނަށް ފެނުނު 2010 ކަންނޭނގެ. ފޮތި ކޮތަޅު ހުރިހާ ގޭބިސީއަކަށް ބެހުން. އެކަހަލަ ކޮތަޅުގެ ބަދަލުގައި ބޭނުންކުރާނެ އަލްޓަރނޭޓިވް ހައްލުތަކެއް ބުނެދެވުނުތޯ؟ ނުވަތަ މި ކޮތަޅުން ފީނަގާކަން އެ 4 މަސްދުވަހުގެ މުއްދަތުގައި އާއްމު ރައްޔިތުން ހޭލުންތެރި ކުރުމަށް، އެ މައުލޫމާތު ފޯރުވައިދެވުނު ތޯ ރައްޔިތުންނަަށް.

ވަހީދުގެ ސުވާލުގެ ޖަވާބުގައި ޝައުނާ ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 79 ރަށެއްގައި ފާއިތުވި 2 އަހަރުގެ ތެރޭގައި ރައްޔިތުން ހޭލުންތެެރިކުރުމުގެ އެކި މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

ޝައުނާގެ ޖަވާބު ފުރިހަމަކޮށް ނުނިމެނީސް ރިޔާސަތުން ވަނީ އެހެން މެމްބަރަކަށް ސުވާލު ކުރުމަށް ފުރުސަތުދީފައެވެ. އެގޮތުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ގެ ސުވާލުގައި ވިދާޅުވީ ސިންގަލް ޔޫސް ޕްލާސްޓިކަށް ވަނީ ސުޕާރީ ޕަކެޓް އެކަނިތޯ ކަމަށާއި ޗޮކްލެޓް އެއްޗިހި ގެނެސްފައިވާ ކަމަށާއި އޭގޭން އިތުރު ބޭނުމެއް ނުކުރެވޭ ކަމަށާއި އެކަން މަނާ ނުކުރަނީ ކީއްވެގެންތޯ އާއި ކޯސްޓް ކިރުވެސް ޕްލާސްޓިކް ޕެކެޓްގައި ހުންނައިރު އެތަކެތި މަނާ ނުކޮށް ސްޕާރީ އެކަނި މަނާކުރީ ކީއްވެގެންތޯ ވިދާޅުވެ އެކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތާއި ގުޅޭގޮތުން ވަނީ ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި ޝައުނާ ވިދާޅުވީ ޕްލާސްޓިކް ކުންޏަކީ ރާއްޖޭގައި އުފައްދާ ކުނީގެ ތެރެއިން ބޮޑު މައްސަލައެއް މިއަދު ކުރިމަތިވެފައިވާ ކަމެއްކަމަށެވެ.

ހަމައެކަނި މާލެ ވިލިމާލެ ހުޅުމާލެ އަށް ބެލި ކަމުގައިވި ނަމަވެސް ދުވާލެއްގެ މައްޗަށް 800 ޓަނުގެ ކުނި އެބަ އުފައްދާ. މި ކުނީގެ 12 އިންސައްތަ އަކީ ޕްލާސްޓިކް ކުނި.

ޝައުނާގެ ޖަވާބު ނުނިމެނީސް ވަހީދު ވަނީ ނިޒާމީ ނުކުތާ ނަންގަވައި އޭނާގެ ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވީ އީޕީއޭ މިނިވަން މުސްތަގިއްލު މުއައްސަސާ އަކަށް ހަދާތޯ ނުވަތަ ނޫންތޯ ވިދާޅުވެ ކުރެއްވި ސުވާލު ތަކުރާރު ކުރައްވާފައެވެ.

ވަހީދުގެ ސުވާލަށް ޖަވާބު ނުދީ ނޮޅިވަރަމް ދާއިރާގެ މެމްބަރުގެ ސުވާލުގެ ޖަވާބު ޝައުނާ ފުރިހަމަ ކުރެއްވިއެވެ.

ޝައުނާ ވިދާޅުވީ ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުމާއި އުފެއްދުމާއި އެތެރެކުރުން މަނާކުރުން ކަނޑައަޅާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން 13 ބާވަތުން މިހާރު 12 ބާވަތެއްގެ ކަންކަން ވަނީ އެއްކޮށް މަސައްކަތް ކޮށް ނިންމާލެވިފައި ކަމަށް ޝައުނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާރު މަސައްކަތް މިކުރަނީ މި ޕޭޒް އައުޓް ޕްލޭންގައި އޮތް އެންމެ ޗެލެންޖިންގ ކަން. އެއީ އާއްމު ދިރިއުޅުމާ މީހުންގެ ވައްޓަފާޅި އާއި ގުޅުންހުރި ކަމެއްގެ ވާހަކަ މި ދައްކަނީ.

މީގެ އިތުރުން މިއަދު ސުވާލުކުރި ބައެއް މެމްބަރުން ވަނީ  ޖަވާބު ފުރިހަމަ ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: