ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްކޮންސްގެ ޖޫރިމަނާ މާފުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް: ޝައުނާ

ބުރިޖު ޕްލެޓުފޯރމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުންތައް: ފޮޓޯ/ އީޕީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރިޖު ޕްލެޓުފޯމު ފަރަށް އެރި މައްސަލަ މިހާރު އޮތީ ”އިންޑިޕެންޑެންޓު ރިވިއުއެއް“ ހެދުމުގެ މަރުހަލާގައިކަމަށާއި އެފްކޮންސް ކުންފުންޏަށް ޖޫރިމަނާ މާފުކޮށްދެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ބުރިޖު ޕްލެޓުފޯމު ވިލިނގިލި ފަރަށް އެރި މައްސަލައާއިމެދު މަޖިލީހުގެ ތަަޅުމުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވަނީ ސުވާލު ކުރައްވާފައެވެ. އޭނާއަށް ޖަވާބު ދެއްވައި ޝައުނާ ވިދާޅުވީ، ވޭތުވި ހަތަރު އަހަރުގެ ތެރޭގައި 40 މައްސަލައެއް ހުށައެޅިފައިވާކަމަށެވެ. އަދި އެ މައްސަލަތަކަށް ޖުމުލަގޮތެއްގައި 700 މިލިއަންނަށްވުރެ ބޮޑު ޖޫރިމަަނާތަކެއް ކޮށްފައިވާމަކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ އަދަދުގެ ތެރެއިން މިހާތަނަށް ސަރުކާރަށް ހޯދިފައިވަނީ ތިން ބައި ކުޅަ އެއް ބައިކަމަށެވެ. ޝައުނާ ވިދާޅުވީ، އެއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ޖޫރިމަނާކޮށްގެން ހޯދިފައިވާ އެންމެ ގިނަ ފައިސާކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެފްކޮންސް އިންވަނީ އެ މައްސަލަ އޭނާ އަށް ހުށައަޅުއްވާފައިކަމަށެވެ. އެހެންކަމުން އޭނާ ވަނީ އެކަމުގެ ދަށުން އަމަލުކުރަންޖެހޭ ގޮތުގެ ”ލީގަލް ރިވިއުއެއް“ ހަދާފައިކަމަށެވެ. އަދި ލިބިފައިވާ ލަފާއަކީ ”އިންޑިޕެންޑެންޓު ރިވިއުއެއް“ ހެދުންކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ހެދުމަށް ލަފާ ދީފައިވަނީ ”އިންޑިޕެންޑެންޓު ޓެކްނިކަލް ރިވިއުއެއް“ ކަމަށެވެ.

ޝައުނާ ވިދާޅުވީ، ކުރުމަށް ކަނޑައެޅިފައިވާ ޖޫރިމަނާ މާފުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތްކަމަށެވެ.

ޖޫރިމަނާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމުގެ އިޝާރާތެއް މިނިސްޓަރު ކުރެއްވިއިރު، 2022 ވަނަ އަހަރުގެ އޮޖަސްޓު މަހުގެ 16 ވަނަ ދުވަހު ބްރިޖު އެޅުމަށް ގެންގުޅުނު ޕްލެޓުފޯމު ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އީޕީއޭއިން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުން ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން، ވިލިމާލެ ފަރަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ފަރުގައި ހަތަރު ބާގަނޑު ހެދިފައިހުރި މަންޒަރު ފެނެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: