ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް މައްސަލައިގައި ރާއްޖެއަށް ގެއްލޭނެ އިންޗިއެއްވެސް ނެތް: ޝަރީފް

ދުނިޔޭގެ ޗާޓުން ރާއްޖެއާއި ޗާގޮސް އަދި މޮރިޝަސް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ޗާގޮސްގެ މައްސަލައިގައި އަމަލުކުރައްވަމުންދާގޮތުން، ރާއްޖެއަށް ލިބިގެންދާނެ އެއްވެސް ގެއްލުމެއް ނެތްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ސަރުކާރުން މޮރިޝަސް އާއިއެކު ސިއްރު އެއް ބަސްވުމެއް  ވެފައިވާކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ހައްގުތަކެއް ގެއްލިގެންދާކަމަށް އިދިކޮޅު ކޯލިޝަނުންނާއި އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަންގެ ބައެއް ފަރާތްތަކުންވެސް ފާހަގަކުރަމުންދާއިރު، ޝަރީފްވަނީ ސަރުކާރު ދިފާއުކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ސަރުކާރުންވަނީ ދިވެހިންނަށް ލިބެން އޮތް ސަރަހައްދު ހޯދުމަށްޓަަކައި އިޓްލޮސްގައި އެދިފައިކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން އިޓްލޮސްގައި އެދިފައިވާގޮތުގެ މަތިން އެދިފައިވާ ސަރަހައްދު ލިބޭނެކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވިގޮތުން ދިވެހިރާއްޖެއަށް ލިބޭނީ ޗާގޮސް އާއި ރާއްޖެ ދެމެދުން ކަނޑުގެ ސަރަހައްދު ބައިކުރުމަށްފަހު އެއް ބަޔެވެ. އަދި އެ ސަރަހައްދުން އެންމެ އިންޗިއެއްވެސް ގެއްލިގެން ނުދާނެކަމަށާއި، ރާއްޖެއަށް މަސްކަނޑުން ބައެއްވެސް ގެއްލިގެން ނުދާނެކަމަށް އޭނާ ސިފަކުރެއްވިއެވެ.

ސަރުކާރު ދިފާއުކުރައްވާ ޝަރީފް ވާހަކަދެއްކެވިއިރު، އާންމުންގެ ގިނަ ބަޔަކާއި ސިޔާސީ އެކި ފަރާތްތަކުންދަނީ މޮރިޝަސް އާއި ޗާގޮސް ދެމެދު އަދި ރާއްޖެ އާއި ޗާގޮސް ދެމެދު އޮތް ދުރުމިން ފާހަގަކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ރާއްޖޭގެ ދެކުނުން ޗާގޮސް އާއި ދެމެދު 310 މޭލު އޮތް އިރު، މޮރިޝަސް އާއި ދެމެދު 1900 މޭލުގެ ދުރުމިނެއް އޮތުމާއިއެކު، ގިނަ އަދަދެއްގެ މީހުންދަނީ މޮރިޝަސްއަށް އެ ސަރަހައްދާއިއެކު ރާއްޖެ އަދި ޗާގޮސް ދެމެދުގައިވާ 310 މޭލު ސަރަހައްދުން ދެ ބައި ކުޅަ އެއް ބައި ލިބިގެންދާތީ ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: