ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ މައްސަލަ މޮރިޝަސްގައިވެސް ހޫނުވާން ފަށައިފި!

ރައީސް ސާލިހު މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލުވެފައިވުމާއިއެކު، އެ މުއާމަލާތުގެ ތެރޭގައި ކިލަނބުކަމެއް ވާކަމަށް ފާހަގަކޮށް މޮރިޝަސްގެ ނޫހެއްގައި ޝާއިއުކޮށްފިއެވެ.

މޮރިޝަސްގެ ނޫހެއްގައި ރާއްޖެ އަދި މޮރިޝަސް ދެމެދު އޮތް މައްސަލަ ޝާއިއުކޮށްފައިވަނީ އިދިކޮޅުގެ އިސް މެމްބަރެއްކަމަށްވާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުގެ އިންޓަރވިއުއަކާއިއިއެކުއެވެ.

ޝާއިއުކޮށްފައިވާ ލިޔުމުގައި ވާގޮތުން ޗާގޮސް މައްސަލައިގައި ނުފޫޒުތަކެއް ފޯރައި އޮޅުވާލުންތަކެއް ހިންގާފައިވާކަމުގެ ތުހުމަތުތައް ކުރެވެމުންދަނީ، ރާއްޖެއިން ޗާގޮސްގެ މައްސަލައިގައި ސްޓޭންޑު ބަދަލުކުރި އިރު، އެކަމާއިމެދު މަޖިލީހުގައި އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާތީއެވެ. އަދި އާދަމް ޝަރީފްވަނީ ސަރުކާރުގެ ނިންމުމުގެ ސަބަބުން ރައްޔިތުން ހައިރާންވެފައިވާކަމަށް ފާހަގަކޮށްފައެވެ. އޭނާ ބުނެފައިވާގޮތުން، މިއީ ސީރިއަސް މައްސަލައެކެވެ. އެހެންކަމުން މައްސަލައިގެ ތަހުގީގެއް ހިނގުމަށް އެދޭކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އާދަމް ޝަރީފްވަނީ މޮރިޝަސްގެ ނޫހަށް ދެއްވި އިންޓަރވިއުގައި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުހިންމު ކަމެއްގެ މައުލޫމާތުުތައް ހިއްސާކޮށްފައިނުވާކަމާއިމެދު ހިތާމަ ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުއްލިޔަކަށް ސްޓޭންޑު ބަދަލުކޮށްފައިވާ ސަބަބު ދެނެގަތުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި އެކަމަށް ސަރުކާރުގައި އެދިފައިވާކަމަށާއި، އެހެންކަމުން އެންމެ ކުޑަ މިނެއްގައި ރައީސް ސާލިހު މޮރިޝަސްގެ ޮޑު ވަޒީރަށް ފޮނުއްވި ސިޓީގައި ވާ މައުލޫމާތައް ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި އެކަން ކުރެއްވުމުން ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި މި މައްސަލައާއި ގުޅިގެން އުފެދިފައިވާ ހާސްކަން ފިލައިގެން ދާނެކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ.

މޮރިޝަސްގެ ނޫހުގައި ވާގޮތުން، ޗާގޮސްގެ މައްސަލައިގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސިއްރު މުއާމަލާތެއް ކުރެވިފައިވާކަމުގެ ތުހުމަތުތައް ވެއެވެ. އަދި އެކަން ކުރެވިފައިވަނީ ޗާގޮސްގެ މައްސަލައިގައި ސްޓޭންޑު ބަދަލުކުރުމަށްކަމަށްވެސް ބުނެފައިވާއިރު، މުއާމަލާތް ހިންގާފައިވަނީ ކޮން ފަރާތްތަކެއް ދެމެދުގައިކަން ފާހަގަކޮށްފައިނުވެއެވެ. ނޫހުގައި ބުނެފައިވާގޮތުން، އެ ތުހުމަތު ކުރެވެނީ ޗާގޮސްގެ މައްސަލައިގައި ސްޓޭންޑު ބަދަލުކުރުމުން ރާއްޖެއަށް 150 މޭލުގެ ކަނޑުގެ ސަރަހައްދެއް ގެއްލިގެންދާތީއެވެ. އަދި އެ ސަރަހައްދާއިއެކު ވައިގެ ސަރަހައްދާއި ކަނޑު އަޑީގައިވާ މުއްސަނދިކަންވެސް ގެއްލިގެންދާކަމަށާއި އެހެންކަމުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް އިދިކޮޅުގެ އިސް ފަރާތްތަކުންވެސް ފާހަގަކޮށްފައިވާކަމަށް ބުނެފައިވެއެވެ.

2019 ވަނަ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހު އދ ގެ އާންމު މަޖިލީހުން ނެގި ވޯޓެއްގައި 116 ގައުމަކުންވަނީ ޗާގޮސް މޮރިޝަސްއަށް އަނބުރާ ހަވާލުކުރުމަށް މޮރިޝަސް އާއި އެއްކޮޅަށް ވޯޓު ދީފައެވެ. ދެކޮޅަށް ހަ ގައުމެއް ވޯޓު ދިން އިރު ރާއްޖެވެސް އެ ގައުމުތަކުގެ ތެރޭގައި ހިމެނެއެވެ. އެހެން ނަމަވެސް މަދު ދުވަސްތަކަކަށް ފަހު، ރާއްޖެއިންވަނީ މޮރިޝަސްއާއި އެއްކޮލަށް ވޯޓު ދިނުމަށް ނިންމާފައެވެ. ރާއްޖޭގެ މަޖިލީސް މެމްބަރުންދަނީ ރައީސް ސާލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީގައި ވާ ކަންކަން ހާމަކުރެއްވުމަށް ގޮވާލަމުންނެވެ. އެހެންނަނަމަވެސް ސަރުކާރުންދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.

ރާއްޖޭގެ ކުއްލި ނިންމުމުގެ ސަބަބުން، އިންޓަރނެޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ އިން އޭޕްރިލް 28 ވަނަ ދުވަހު ނިންމުމަށް ހަމަޖެހިފައިވާ މޮރިޝަސް އަދި ރާއްޖޭގެ ސަރަހަައްދީ މައްސަލައަށްވެސް އަސަރުކުރާނެކަމަށް ބައެއް ފަރާތްތަކުން ލަފާކުރެވޭކަމަށް ނޫހުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: