ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނައިން ކޮތަޅު ގަންނަ ނަމަ، ވެމްކޯއިން ހިލޭ ކޮތަޅު ޑެލިވަރީ ކޮށްދެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ވެމްކޯއިން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ކޮތަޅު ހިލޭ ޑެލިވަރީ ކޮށްދޭނީ 24 ބޮނޑި ނަގާކަމަށްވާނަމަ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ކޮތަޅު ހިލޭ ޑެލިވަރީކޮށްދެނީ ގިނައިން ކޮތަޅު ގަންނަ ފަރާތްތަކަށް ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ. އެގޮތުން އެއްފަހަރާ 24 ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކަށް ހިލޭ ޑެލިވަރީ ކޮށްދޭން ނިންމާފައިވަނީ ވިޔަފާރިތަކަށް ހާއްސަކޮށް ވިއްކާ ކޮތަޅުން ކަމަށެވެ. އަދި 3 ދުވަސް ތެރޭ ޑެލިވަރިކޮށްދޭނެ ކަމަށް ވެމްކޯ އިން ބުނެފައިވެއެވެ.

ގިނައިން ކޮތަޅު ގަތުމަށް އޯޑަރު ކުރުމުން ކޮތަޅު އަގު ހެޔޮވެފައި ޑިސްކައުންޓް ލިބޭނެ ކަމަށާއި އެހެންކަމުން ފިހާރަތަކުންވެސް އާއްމުންނަށް ކޮތަޅު އަގުހެޔޮކޮށް ވިއްކަން ފަސޭހަ ވެގެންދާނެ ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

ކޮތަޅު ގަންނަން ލިބެން ހުންނާނީ ހެނދުނު 11 އިން މެންދުރުފަހު 3 އަށް ވެމްކޯ  މާލެ  އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓް އޮފީސްތަކުންނެވެ.

ކުނި އެޅުމަށް ހާއްސަކޮށްފައިވާ ދެވައްތަރެއްގެ ކޮތަޅު ވިއްކައެވެ. އެއީ ކުނިވާ ޒާތުގެ ބާވަތްތައް އެޅުމަށް ހާއްސަ ފެހި ކޮތަޅާއި އެހެނިހެން ބާވަތްތަކުގެ ކުނި އެޅުމަށް ހާއްސަ ކަޅު ކޮތަޅެވެ.

ވެމްކޯ އިން ވިއްކާ އެކި ސައިޒުގެ ކޮތަޅުގެ އަގުތައް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ލާޖް ސައިޒް  ގެ ކޮތަޅުބޮނޑިއެއްގައި 100 ކޮތަޅު ހިމެނޭއިރު އެކޮތަޅު ބޮނޑި ވިއްކަނީ 35 ރުފިޔާއަށެވެ. އަދި ޑަބަލް އެކްސެލް ސައިޒްގެ ކޮތަޅު ބޮނޑިއެއްގައި 100 ކޮތަޅު ހިމެނޭއިރު އޭގެ އަގަކީ 165 ރުފިޔާއެވެ. އަދި ޓްރިޕަލް އެކްސެލްގެ 50 ބޮނޑީގެ ކޮތަޅު ބޮނޑިއެއްގެ އަގަކީ 165 ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: