ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގެ ބަގީގެ ހިދުމަތަށް ބޮޑުތަރުހީބެއް ލިބިއްޖެ: މުއިއްޒު

ވިލިމާލޭގައި މާލެސިޓީ ކައުންސިލުން ތައާރަފްކުރި ބަގީތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ތަޢާރަފުކުރި ބަގީގެ ޚިދުމަތަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަމުން މިއަދު ވިދާޅުވީ އިއްޔެ އާއި ހަމައަށް ބަގީގެ ޚިދުމަތަށްއެދި ގުޅައިގެން 15392 ދަތުރު މާލެ ސިޓީގެ ވިލިމާލޭ ބަގީއިން ކޮށްދީފައިވާ ކަމަށާއި، އަދި ބަގީއަށް ކަނޑައަޅާފައިވާ ރޫޓުން 8936 ދަތުރު ކޮށްދީފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ވިލިމާލޭ ބަގީއަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު އެ ޚިދުމަތްދޭން ފެށި ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޢީދާ ހަމައަށް ހުރިހާ ރައްޔިތުންނަށް އެ ޚިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދީފައިވަނީ އެއްވެސް އަގެއް ނެގުމަކާ ނުލާ ހިލޭއެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ. މި ބަގީތަކުގެ ތެރޭގައި، މުދާ އުފުލާ ބަގީ އާއި، ކުއްލި ޙާލަތް ތަކުގައި އިމަރޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ ބަގީ ހިމެނެއެވެ. އަދި 4 ސީޓުގެ ބަގީ އާއި، 6 ސީޓުގެ ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ ބަގީ ހިމެނެއެވެ.

މި ބަގީ ތަކަކީ ބެޓެރީ ލައިފް ގިނަވަގުތު ހިފެހެއްޓޭނެ ގޮތަށް ހެދިފައިވާ ވިލިމާލޭގެ މާހައުލާއިވެސް ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއްކަން ފާހަގަކޮށްލެވެއެވެ.

ބަގީގެ ޚިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށެވެ. ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. އެހެންނަމަވެސް ބަގީ ޕްރައިވެޓް ހަޔާރ ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

  •   4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  •  6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ބަގީގެ ޚިދުމަތަށް ހޯދުމަށް ވިލިމާލެ ރައްޔިތުން 7240505 އަށް ގުޅުމަށް ސިޓީކައުންސިލުން އެދިފައިވާއިރު އޮންލައިންކޮށް ބަގީގެ ޚިދުމަތް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް  https://villibuggy.malecity.gov.mv/  މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: