ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާ އާއި މުނައްވަރު ޗާގޮސްގެ ވާހަކަ ދައްކަނީ ސިޔާސީ މަގްސަދެއް ހާސިލުކުރަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު މެންފަދަ ބޭފުޅުން ދައުލަތުގެ ބަންޑާރަ ނައިބުންގެ ގޮތުގައި ތިއްބަވައިގެން ހޯދައިނުދެވުނު ތަނެއް އޮޕޮޒިޝަންގައި ތިއްބަވައިގެން ހޯއްދަވައި ވާހަކަ ދެއްކުމުން ފަހަތުގައި އޮތް މަގްސަދު ވަރަށް ސާފުކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވަނީ އާޒިމާ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު، ޗާގޮސްގެ މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތައް ހިއްސާކޮށް ޗާގޮސް ހޯދުމަށް އެދުވަހު މަސައްކަތް ނުކޮށް މިއަދު މަސައްކަތް ކުރަމުންދަނީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ކަމަށް ތުހުމަތުކުރައްވާފައެވެ.

ޗާގޮސްގެ މައްސަލައިގައި އާޒިމާ ވިދާޅުވީ މޮރިޝަސް އިން ދިވެހިރާއްޖެ އާއި އެންމެ ފުރަތަމަ އިމުގެ މައްސަލައިގައި ވާހަކަ ދެއްކުމަށް ހުށަހެޅީ 2001 ވަނަ އަހަރު ކަމަށެވެ. އޭގެކުރިން ހަމަ އެ މައްސަލައިގައި 1991 ވަނަ އަހަރު އިނގިރޭސިން ވަނީ ރާއްޖެއާއި ވާހަކަ ދައްކާފައި ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އެކަމަށް ފަހުން ނޫނެކޭ ބުނެފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

2001 ވަނަ އަހަރު މޮރިޝަސް އިން ދިވެހިރާއްޖެ އާއި އެކު އިމުގެ މައްސަލައިގައި ވާހަކަ ދެއްކުމަށް އެއްބަސްވީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ނެގި ޕޮޒިޝަން މިއަދާ ހަމައަށް ބޭނުންކޮށްފައިވާތީ ކަމަށެވެ. އެގޮތުން އެއީ ޗާގޮސްގެ ސިޔާދަތީ ބާރަކީ ކޮންޓެސްޓެޑް އެއްޗެއް ކަމަށާއި އެ ކޮންޓެސްޓް އެހެން އޮތްހާ ދުވަހު ރާއްޖެއިން މޮރިޝަސް އާއި ވާހަކަ ނުދައްކާނެ ކަމަށް ނިންމި ނިންމުމަީ އެދުވަހުގެ ދައުލަތުގެ ހާރިޖީ ސިޔާސަތު ކަމަށް އާޒިމާ ވިދާޅުވިއެވެ.

2001 އިން ފެށިގެން 2010 އާއި ހަމައަށް ޗާގޮސްގެ ސިޔާދަތީ ބާރަކީ ކޮންޓެސްޓެޑް އެއްޗެއް ކަމަށް ނިންމައި އެ ސްޓޭންޑް ނަގައިގެން ތިބި ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މޮރިޝަސް އިން އިމުގެ މައްސަލައިގައި ކޮންޓިނެންޓަލް ޝެލްފާއިބެހޭ ގޮތުން ޝައުގުވެރިކަން ފާޅުކޮށް  އެންމެ ފުރަތަމަ ހުށަހެޅުން ހުށަހަޅާފައިވަނީ 2009 ވަނަ އަހަރު ކަމަށެވެ.

2009 ގެ މެއި ގައި ފުރަތަމަ މި ހުށަހެޅީ. އޭގެ ފަހުން އެމީހުން އަޅުގަނޑުމެންނާ ވާހަކަ ދައްކަން ހުށަހަޅައިގެން ގޮސް 2010 ގައި މި އޮންނަނީ ދިވެހިރާއްޖެއިން ކުއްލިއަކަށް ޕޮޒިޝަން ބަދަލުކޮށްފައި. 2010 ގައި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު މިއޮންނަނީ މޮރިޝަސް އަށް ހުށަހަޅުއްވާފަ މިދޭތެރޭގައި މި ފުށުއަރާ ސަރަހައްދާ ބެހޭ ގޮތުން ވާހަކަ ދައްކަން. އެއީ ރާއްޖެއިން އެންމެ ފުރަތަމަ މިތަނުގައި ކްލެއިމް އެއް އޮތްކަމަށް ގަބޫލުކުރި ކުރުން

އާޒިމާ ވިދާޅުވީ 2010 ވަނަ އަހަރާ ހިސާބަށް އެއްވެސް ސަރުކާރެއްގައި (ފުުށުއަރާ ސަރަހައްދާއި ބެހޭ ގޮތުން ރާއްޖެ އާއި މޮރިޝަސް އާއި އެކު މަޝްވަރާ ކުރުމަށް ނިންމާ) އެ ޕޮޒިޝަން ނަގާފައިނުވާނެ ކަމަށެވެ.

މީގެ އިތުރުން އިމްރާން ވަނީ ޗާގޮސް އަކީ ރާއްޖޭގެ ތަނެއްކަމަށް ޑރ މުނައްވަރަށް ވިދާޅުވަން ކެރިވަޑައިނުގަތުމުން މި ހުރިހާ ދުވަހު ވިދާޅުވީ ނަތީޖާއެއް ނެތް ހުސް ވާހަކަތަކެއްކަން މިއަދު ސާފުކޮށް ހާމަވާ ކަމަށް ވެސް  ވިދާޅުވެފައެވެ.

ޕްރެސްގައި މުނައްވަރު ވިދާޅުވެފައިވަނީ މޮރިޝަސް އަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފޮނުއްވި ސިޓީގައި ހުރި ވާހަކަތައް ހުދު އެމަނިކުފާނަށް ނޭނގޭނެ ކަމަށެވެ.

މުނައްވަރު އެންމެ ބޮޑު ސުވާލެއް އުފެއްދީ، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސާލިހު ސިޓީއެއް ފޮނުވަން ޖެހުނު ސަބަބާއި ގުޅޭގޮތުންނެވެ. ކުއްލި ގޮތަކަށް، އެފަދަ މޭރުމަކުން އެންގުމެއް ފޮނުވާނީ އޭގެ ފަހަތުގައި ސިއްރުތަކެއް އެކުލެވޭތީކަމަށް މުނައްވަރު ތުހުމަތު ކުރެއްވި އެވެ.

ނުސީދާ ގޮތެއްގައި، އެކަމުގައި އަވައްޓެރި އިންޑިއާގެ ނުފޫޒެއް ނުވަތަ ކޮންމެވެސް އެއް ސިފައެއްގައި ބައިވެރިވުމެއް ވާނެކަމަށް ތުހުމަތު ކުރައްވައި މުނައްވަރު ވިދާޅުވީ ފަހަރުގައި އެއީ އެގޮތުގެ މަތީން ދިޔަ ސިޓީއަކަށްވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މުނައްވަރު ވިދާޅުވީ، ގުޅުން ނެތްކަމެއްގައި ސިޓީ ފޮނުވަން ޖެހޭ ހާލަތަށް ދާނަމަ އެކި ގައުމުތަކުގައި ކުރިޔަށް ދާ ހަނގުރާމަތަކާއި ގުޅޭގޮތުން ވެސް ސިޓީ ފޮނުވަން ވީކަމަށެވެ. އެކަމަކު އެއީ ކަން ހިނގަން ޖެހޭ ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ރައީސް ސާލިހްގެ ވެރިކަން ނިމުމަކަށް އަންނަން ކައިރިވެފައިވާ ކަމަށާއި މި ވެރިކަން ނިމުމާއެކު ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ދިވެހިންނަށް ހޯދައިދިނުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަންޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޯސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދެނޭކަމަށް ހާމަކުރަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ތޯ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ބުނަމުން ދަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: