ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރވިކަލް ކެންސަރު ނައްތާލުމަށް އަމާޒުކޮށް ބޭއްވި ކޮމަންވެލްތުގެ ބައްދަލުވުމުގައި ފަޒްނާ

ސަރވިކަލް ކެންސަރު ނައްތާލުމަށް އަމާޒުކޮށް ބޭއްވި ކޮމަންވެލްތުގެ މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރވިކަލް ކެންސަރު ނައްތާލުމަށް އަމާޒުކޮށް ބޭއްވި ކޮމަންވެލްތުގެ މަޝްވަރާ ބައްދަލުވުން ”ފަޔަރސައިޑް ޗެޓް“ ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިންނަށް އަމާޒުކޮށްގެން ”އިންސްޕަޔަރިންގ ޗޭންޖް ޓު އެކްސެލެރޭޓް ސަރވިކަލް ކެންސަރ އެލިމިނޭޝަން އިން ދަ ކޮމަންވެލްތު“ ޝިއާރުގެ މައްޗަށެވެ. މި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ ރުވާންޑާގެ ރައީސްގެ އަނބިކަނބަލުން ޖެނެޓް ކަގާމޭއެވެ.

މި މަޝްވަރާތަކުގެ މަގުސަދަކީ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިން އެއްތަންވެ، ކޮމަންވެލްތު ޤައުމުތަކުގައި ސަރވިކަލް ކެންސަރު އިތުރުވާ މިންވަރާމެދު ހޭލުންތެރިކަން އިތުރުކޮށް، ސަރވިކަލް ކެންސަރު ނައްތާލުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމެވެ.
މި ބައްދަލުވުމާއި އެއް ވަގުތެއްގައި، ކުރިޔަށްގެންދިޔަ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރިޕަބްލިކް އޮފް ރުވާންޑާގެ ރައީސް ޕައުލް ކަގާމޭއެވެ. ކޮމަންވެލްތު ޤައުމުތަކުގެ ވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: