ޗީފް ސުޕްރިންޓެންޑެންޓް، މުހައްމަދު ދާއޫދަށް ފުލުހުންގެ ޝަރަފުވެރި މެޑަލްކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އެރުވުމުން އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާއަށް ޕޮލިސް ބޯޑުން ޝަކުވާއެއްގެ ގޮތުގައި ހުށަހަޅައިފި އެވެ.
މި މައްސަލައިގައި ޕޮލިސް ބޯޑުގެ ކަންބޮޑުވުމަކީ، ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް ލަފާ ދީފައިވާ މީހަކަށް އެފަދަ ޝަރަފެއް އެރުވުމެވެ. އެހެންވެ އެކަން ފާހަގަކޮށް ޕޮލިސް ބޯޓުން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލައިވާ، ޕޮލިސް ބޯޑުގެ ނިންމުމުގެ ދަށުން އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކި ކުރަން ނިންމާފައިވަނީ 2021 ގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.
His Excellency President Ibrahim Mohamed Solih awards Presidential Medal and Presidential Ribbon to our meritorious Officers. pic.twitter.com/wq84hOiJUs
— Maldives Police (@PoliceMv) April 29, 2023
ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، ލާއިންސާނީ އަމަލުތައް އަދި ކޮރަޕްޝަނާއި އެ ނޫން ވެސް ސީރިއަސް ބޮޑެތި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބަލައި އެ މީހުން މަގާމުގައި ދެމިތިބުމާއި މެދު ގޮތެއް ނިންމާ ބޯޑެކެވެ.
އެގޮތުން މަގާމުން ވަކި ކުރުމަށް ނިންމި ހަތް އޮފިސަރުންގެ ތެރޭގައި، ދާއޫދު ވެސް ހިމެނެ އެވެ.
ޕޮލިސް ބޯޑުގެ ލަފައާއި އެކު އުތުރު ފަސް އޮފިސަރަކު މަގާމުން ވަކި ކުރުމަށް ނިންމާފައި ވަނިކޮށް އެ މައްސަލަ ސިޗިލް ކޯޓަށް އޮފިސަރުން ހުށަހެޅުމުން ތިން އޮފިސަރަކު ވަކި ކުރުން ހުއްޓުވުމަށް އަމުރު ނެރުނެވެ. ފަހުން ސިވިލް ކޯޓުން އެ މީހުން ފުލުހުންގެ ވަޒީފާއިން ވަކި ކުރުން ގޯސްކަމަށް ނިންމިއިރު، ދައުލަތުން އެ ނިންމުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
މި މައްސަލައިގައި ޕޮލިސް ބޯޑުން ބުނެފައި ވަނީ ދާއޫދު ވަކި ކުރުމަށް ލަފާދީފައިވަނިކޮށް، އޭނާއަށް ޝަރަފުގެ މެޑަލް އެރުވިގޮތް ބަދަލަމުންދާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލުތައް ދިނުމަށް ޕޮލިސް ބޯޑުން ފުލުހުގައި އެދިފައިވާކަމަށް މައުލޫމާތު ލިބެ އެވެ. ދައޫދުއަށް މެޑަލް ދޭން ނިންމި ގޮތާއި، އޭގެ މަރުހަލާތައް ވެސް ސާފު ކުރާނެކަމަށް ޕޮލިސް ބޯޑުން ވަނީ ބުނެފަ އެވެ.

