ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރުގެ އެކްޓަރުންނަށް ލިބޭ ފުރުސަތުތަކާ މެދު ހަސަދަވެރިވޭ: ނީނާ ގުޕްތާ

ނީނާ ގުޕްތާ ބުނެފައި ވަނީ ބައިނަލްއަގްވާމީ އިވެންޓްތަކަށް އެއްވެސް މީހަކު އޭނާ އަށް ދައުވަތު ނުދޭ ކަމަށެވެ. (ފޮޓޯ: ނީނާ، އާލިއާ/އިންސްޓަގްރާމް)
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރުގެ އެކްޓަރުންނަށް ލިބޭ ފުރުސަތުތަކާ މެދު ހަސަދަވެރިވޭ: ނީނާ ގުޕްތާ

މިހާރުގެ ޖީލުގެ އެކްޓަރުންނަށް ގްލޯބަލް ޕްލެޓްފޯމެއްގައި ލިބޭ ފުރުސަތުތަކާއި އެކްސްޕޯޝަރާ މެދު އޭނާގެ ހަސަދަވެރިކަމުގެ އިހުސާސްތައް އެކްޓަރު ނީނާ ގުޕްތާ ވަނީ ހިއްސާކޮށްފަ އެވެ.

ދާދި ފަހުން އާލިއާ ބަޓް މެޓް ގާލާގައި ފުރަތަމަ ފަހަރަށް ކުޅުނުއިރު، ދީޕިކާ ޕަދުކޯން ވަނީ އެކެޑެމީ އެވޯޑްސްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. ނީނާ ބުނީ އޭނާ އެދެނީ ހަމަ އެ ބާވަތުގެ އެކްސްޕޯޝަރ އާއި ޕްލެޓްފޯމަކަށް ކަމަށެވެ.

ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި މިހާރުގެ ގިނަ އެކްޓަރުންނަށް ލިބޭ އެކްސްޕޯޝަރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނީނާ ބުނީ، “އަހަރެން ބޭނުންވަނީ އަހަރެމެންނަށް ވެސް ހަމަ އެ ކަހަލަ އެކްސްޕޯޝަރެއް ލިބުނުނަމައޭ. އަހަރެން ފާއިތުވާ ކޮންމެ މިނެޓަކުން އެކަމާ ވިސްނަމެވެ. ކޮންމެ ސިކުންތަކު ހަސަދަވެރިވާހެން ހީވެއެވެ.”

މިއަދު ޒުވާން އެކްޓަރަކަށް ވުމަށް އެދޭ އެކްޓަރު އިތުރަށް ބުނީ، “އަހަރެން ހިތަށް އަރަނީ މި ޒަމާނުގައި ޒުވާން އެކްޓަރަކަށް ވީނަމަ ކިހިނެއް ވާނީ! މިހާ ގިނަ ކަންތައްތަކެއް އަހަންނަށް ހާސިލް ކުރެވުނީސް. އެހެން ބުނި ނަމަވެސް، އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން އެދޭ ހުރިހާ އެއްޗެއް ނުލިބޭނެކަން. އަހަރެން ކަނޑައެޅިގެން މި އުމުރުގައިވެސް އަހަރެންގެ މަގަށް އަންނަ ހުރިހާ މަސައްކަތަކަށް ޝުކުރުވެރިވާހެން ހީވެއެވެ. އެކަމަކު އާދެ، ގައުން އަޅައިގެން ގްލޯބަލް ސްޓޭޖުގައި ހިނގާފައި އުޅޭތަން ބަލާލުމުން އަހަރެންނަށް ވަރަށް ވަރަށް ހަސަދަވެރިވެއެވެ.” ނީނާ  ބުންޏެވެ.

ހަމައެހެންމެ ބައިނަލްއަގްވާމީ އެއްވެސް އިވެންޓަކަށް ދައުވަތު ލިބިއްޖެ ނަމަ އޭނާގެ އަންހެން ދަރިފުޅު، ޑިޒައިނަރު މަސާބާ ގުޕްތާ ސްޓައިލް ކުރަން ދޫކޮށްލާނެ ކަމަށް ވެސް ނީނާ ގުޕްތާ ވަނީ ހާމަކޮށްފަ އެވެ. އެކްޓަރު ބުނީ، “އެމީހުން އަހަންނަށް ގުޅާނަމަ އަހަރެން ގޭމް. ގައުނެއް ލާނެ ހަށިގަނޑެއް އަހަރެންގެ ނެތެވެ. އެހެންވީމާ، އަޅުގަނޑު [އިންޓަނޭޝަނަލް އިވެންޓަކަށް] ދާން ދައުވަތު ލިބިއްޖެނަމަ ވަރަށް ރީތި ސާރީއެއް ލާނަން. އެކަމަކު އެއްވެސް މީހަކު އަހަންނަށް ދައުވަތު ނުދެއެވެ (ހެމުން). އަހަރެންގެ މަގަށް ފުރުސަތެއް ލިބިއްޖެއްޔާ އަހަރެން ސްޓައިލް ކޮށްލަން މަސަބާ މިހުރީ.” ނީނާ ބުންޏެވެ.

ދާއިރާގައި މިހާރު ނީނާ ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު ދާދި ފަހުން އެކްޓަރު ޗާލީ ޗޯޕްރާ އެންޑް ދަ މިސްޓަރީ އޮފް ސޮލަންގް ވެލީ ރެޕްކޮށްފައިވާއިރު، އޭނާ މިހާރު ދަނީ މެޓްރޯ އިން ޑިނޯގެ ޝޫޓިން ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: