ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަވާޒުއްދީން ސިއްދީގީ ބުނާ ގޮތުގައި ޝާހްރުކް ޚާން، ސަލްމާން ޚާން އޭނާއަށް ގުޅަނީ ކޮންޓެންޓް ޑްރައިވް ފިލްމެއް އޮތުމުން

ނަވާޒުއްދީން ސިއްދީގީ ވަނީ ސަލްމާން ޚާން އާއި ޝާހްރުކް ޚާންއާ އެކު އޮންނަ ގުޅުމުގެ ވާހަކަ ހުޅުވާލައިފަ އެވެ. (ފޮޓޯ: ސަލްމާން، ޝާހްރުކް، ނަވާޒުއްދީން/އިންސްޓަގްރާމް)
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދި ފަހުން ސުދީރު މިޝްރާގެ ފިލްމު “އަފްވާހު” އިން ފެނިގެންދިޔަ ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީން ސިއްދީގީ ވަނީ ސަލްމާން ހާން، ޝާހްރުކް ހާން އަދި އާމިރު ޚާން އާއި އެކު އޮތް ގުޅުމުގެ ވާހަކަ ހުޅުވާލައިފަ އެވެ.

އެކްޓަރު އޭނާގެ ފިލްމު އަފްވާއާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށް ޑިސްޓްރިބިއުޝަން ޕްރޮސެސްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ފެންނަ އިރު، ފިލްމުގެ ލިމިޓެޑް ރިލީޒްއާ ބެހޭ ގޮތުން ސުވާލު ކުރުމުން ދިޔައެވެ.

ބޮލީވުޑް ބަބުލް އަށް ދިން އިންޓަވިއުއެއްގައި ނަވާޒުއްދީން ބުނީ ފިލްމު އުފައްދާ ފަރާތްތަކުން ފިލްމެއް ހަދާއިރު އަދި ރިލީޒް ކުރަމުންދާ ނަމަ ދެން ރިލީޒް ކުރަން ޖެހޭނީ ހިތްވަރާއެކު ކަމަށެވެ.

ވަރަށް ގިނަ ބަޔަކު ގުޅައިގެން އަހަންނާ ސުވާލު ކުރަމުން ދަނީ ‘ފިލްމު ރިލީޒް ކޮށްފައިވަނީ ކޮންތާކުތޯ،’ އަހަރެން ރިލީޒް ކޮށްފައިވަނީ ކޮންތާކުތޯ ކިޔައިދޭންވީ ހެއްޔެވެ؟ ނަވާޒްދީން ބުންޏެވެ.

އޭނާ ބުނި ގޮތުގައި  އިންޑަސްޓްރީގެ މީހުންވެސް އޭނާއާ ހަމަ އެގޮތަށް ސުވާލު ކުރަމުންދާއިރު، ރިލީޒް ކުރެވިފައިވަނީ ކޮންތާކު ކަމެއް އޭނާއަށް ވެސް ނޭނގެއެވެ. މިހާރު މާ ރަނގަޅު ކަލެކްޝަނެއް ނުލިބޭނެ ކަމަށާއި މީހުން ބުނާނެ ‘ނަވާޒް އަކީ ފްލޮޕް އެކްޓަރެއް.’ މިކަމުގެ ބަދަލުގައި ހަމައެކަނި އޯޓީޓީގައި ރިލީޒް ކުރެވުނީސް.” ނަވާޒްދީން ބުންޏެވެ.

ބޫމީ ޕެޑްނޭކާރް ވެސް ލީޑް ރޯލުން ފެނިގެންދާ އަފްވާހުގައި ނުރައްކާތެރި އަޑުތަކާ ދެކޮޅަށް ހަނގުރާމަކުރުމާއި އެ އަޑުތަކުން މީހުންގެ ދިރިއުޅުމަށް ކުރިމަތިވެދާނެ ނަތީޖާތައް ހޯދައި ދިރާސާކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ސިނަމާ ސްކްރީންތައް ވަނީ މަދުކޮށްފަ އެވެ. ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާހަގަކުރި ގޮތުގައި މެޓްރޯތަކުގައި ވެސް ފިލްމުގެ ޝޯތައް އެންމެ ކުޑަމިނުން ދައްކާފައިވެ އެވެ.

ބޮލީވުޑްގެ ބޮޑެތި ތަރިންނާއި އެކު މަސައްކަތް ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނަވާޒުއްދީން ބުނީ އެމީހުންނާ އެކު މަސައްކަތް ކުރުމަކީ ވަރަށް މުނިފޫހިފިލުވުމުގެ ތަޖުރިބާއެއް ކަމަށެވެ.

އޭނާ ބުނީ ސަލްމާން ވިޔަސް، ޝާހްރުކް ވިޔަސް އާމިރު ވިޔަސް ކޮންޓެންޓް ޑްރައިވް ފިލްމެއް އުޅޭ ކޮންމެ ފަހަރަކު ގުޅައެވެ. އެއީ އޭނާއާއި އޭނާގެ މަސައްކަތް އެމީހުންނަށް އެނގޭތީ ކަމަށް ބުންޏެވެ. އެމީހުން އަމިއްލައަށް އެނގޭތީ ބޮންޑިންގ ވަރުގަދަ ވާންވީ ސަބަބެވެ. ނަވާޒް ބުންޏެވެ.

“އެހާ ބޮޑު ސުޕަސްޓާރަކު އަހަންނާ ނިކަމެތިކަމާއެކު ވާހަކަ ދައްކާނަމަ އަހަރެންނަށް އިހުސާސް ކުރެވޭނެ އެމީހުން އަހަރެންނަކީ އެމީހުންގެ މީހެއް ކަމަށް ދެކޭ”

ނަވާޒުއްދީން ދެން ފެނިގެންދާނީ ފިލްމު “ޖޯގިރާ ސާރާ ރާ ރާ” އިން ނޭހާ ޝަރްމާއާ އެކު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: