ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑު ގަތީ މަރިޝަސްއިން ނޫން، އިންޑިއާއިން: އުމަރު ނަސީރު

ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ހެދި ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ދައުވާކުރި ނަމަވެސް ރާއްޖޭގެ ކަނޑުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ގެއްލުނު  ކަމށް ބުނާ ބައި ގަތީ އިންޑިއާއިން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިޓްލޮސް އިން މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް ރާއްޖެއަށް ދިނުމަށެވެ. ނަމަވެސް ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި ކުރީގެ ވަޒީރުން ބުނާ ގޮތުން މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ކުރި ދައުވާ އިޓްލޮސިން ނިންމިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ވަނީ ގެއްލިފައެވެ. އަދި އެކަން އެގޮތަށް ދިމާވީ މައްސަލައިގައި ދިވެހި ދައުލަތުން ވަކާލާތު ކުރި ގޮތުގެ ސަބަބުން ކަމަށް އިޓްލޮސްގެ ނިންމުން ބަލައި ނުގަތުމަށް ވަކާލާތު ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި އިޓްލޮސްގެ ނިންމުމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ކޯލިޝަނެއް ވަނީ ހަދާފައެވެ.

އިއްތިހާދުގައި ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި ކުރީގެ ދެ ވަޒީރުން ކަމަށްވާ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރާއި، ޢައިޝަތު އާޒިމާ ޝުކޫރާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތް — “ފިކުރެއްގެ ދިރުން”ގެ ބޭފުޅުން ހިމެނެ އެވެ.

މީގެއިތުރުން މި އިއްތިހާދުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި އިއްތިހާދުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނާތީ ނޫސްވެރިން ވަނީ އެކަމާއި ބެހޭ ގޮތުން ސުވާލު ކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި ރައީސް ސާލިޙް ސަރުކާރުން ވަނީ ރާއްޖޭގެ ދެކުނުގެ ކަނޑުން ބައެއް ވިއްކާލާފައެވެ. އެގޮތުން އުމުރު ވިދާޅުވި ގޮތުގައި ދެކުނުން ވިއްކާލި ކަނޑު ގަނެފައި ވަނީ އިންޑިއާއިންނެވެ. އޭގެ ހެއްކެއްގެ ގޮތުގައި އުމަރު ވިދާޅުވީ އިޓްލޮގެ ނިންމަމަށް އިންޑިއާއިން އެންމެ ފުރަތަމަ ވެސް މަރުހަބާ ކިއުމެވެ.

” ކަނޑުގެ ސަރަހައްދު ދިވެހި ސަރުކާރުން ވިއްކާލީ. އެ ސަރަހައްދު ގަތީ މޮރިޝަސްއަކުން ނޫން އިންޑިއާއިން ގަތީ. މީގެ ފަހަތުގައި އޮތީ އިންޑިއާ. އެކަން އެނގެނީ މޮރިޝަސްގެ ފޮރިން މިނިސްޓަރު އިޓޮލޮސްގެ ނިންމުމާއި ގުޅިގެން އެންމެ ފުރަތަމަ ވެސް ޝުކުރު އަދާކުރީ އިންޑިއާއަށް ކަމަށްވާތީ.” އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމުން ބަދަލު ކުރެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން ދެން އުފެދޭ ސަރުކާރަކުން ކަނޑުން ދޫކޮށްލި ބައި އަނބުރާ ހޯދާނެ ކަމަށާއި ރައީސްއަކަށް ހުންނަވާ ބޭފުޅުން އެފަދަ ކަންކަން ނިންމެވުން މިއީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން މަޖިލީހުގެ އެއްވެސް މަޝްވަރާއެއް ނެތި ކަނޑުން ބައެއް ދޫކޮށްލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

މީގެއިތުރުން ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިޓްލޮސްއިން ކަނޑައެޅުމާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް އދ އާންމު މަޖިލީހުގެ ރައީސްކަން ލިބިގެން ދިޔައީ ޑީލެއްގެ ދަށުން ކަމަށް އުމަރު ތުހުމަރު ކުރެއްވިއެވެ. އެގޮތުން އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ލިބިފައި ވަނީ އިއްޑިއާގެ “ސިއްރު ޑީލް” ގެ ސަބަބުންނެވެ. އަދި, ނަގުދު ފައިސާ ވެސް އެ ޑީލުގައި ލިބިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އުމަރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ސްޓޭންޑަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއް ނޫނެ ކަމަށެވެ. އެއީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލްކުރާ ދުވަހުން ފެށިގެން “ރޯނުދަމަށް އެމީހުން ހިނގައިގަންނާނެތީ” ކަމަށް ވިދާޅުވިއެވެ. ރޯނު ދެމިޔަ ނުދިނުމަށް ހުރިހާ ސަރުކާރުންވެސް ބުނަމުން ދިޔައީ އެއީ މޮރިޝަސްގެ ތަނެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: