ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް ވިއްކާލި ކަމަށް ބުނަނީ ރައީސް އަތުގައި ނެތް ބާރެއް ބޭނުން ކުރެއްވީމަ: އަލީ ހުސައިން

ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސް ވިއްކާލި ކަމަށް ބުނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ އަތްޕުޅުގައި ނެތް ބާރެއްގެ ބޭނުން ކުރެއްވީމަ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޗާގޮސްގެ މައްސަލައިގައި އަޑއުފުލުމަށް ހަދާފައިވާ ކޯލިޝަނުން ހޮޓެލްޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެމުން އަލީ ހުސައިން ވިދާޅުވީ  ބަންޑާރަ ނައިބު، ރައްޔިތުންގެ ދިފާއުގައި ވާހަކަ ދައްކަން ހުރި ވަކީލު ރައްޔިތުންގެ ދިފާއުގައި ވާހަކަ ނުދައްކާ އެހެން ބައެއްގެ ދިފާއުގައި ވާހަކަ ދައްކައިގެން ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުން އެއީ ގައުމު ވިއްކާލުން ކަމަށެވެ.

ރައްޔިތުންގެ ނަމުން ރައްޔިތުންގެ ހައްގުގައި ފޮނުވި ސިޓީއެއް ރައްޔިތުންނަށް ދައްކަން ނުކެރި އެސިޓީ އާއި ގުޅިގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުން، އެކަމަކީ ގައުމު ވިއްކާލުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އެއްބަސްވާ ޕޮއިންޓެއް އެބައޮތް ކަމަށާއި އަދި ތަފާތު ވަނީ ތަފްސީލުގައި ކަމަށް  އަލީ ހުސައިން ވިދާޅުވިއެވެ.

އެއްބަސްވާ ޕޮއިންޓަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް، މިސަރުކާރުން ދޫކޮށްލައިފިއޭ ވިއްކާލައިފިއޭ އަޅުގަނޑުމެން އަތުން އެތަން ގެއްލިއްޖެއޭ، އަޅުގަނޑުމެން މިތިބީ އެސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ނިކުމެއޭ. އެ ޕޮއިންޓްގައި އަޅުގަނޑުމެން އެއްބަސް. ތަފްސީލަށްދާއިރު އެކަން ހިނގި ގޮތާއި އޭގެ ގާނޫނީ ކަމަކާއި ނައިކަމަކާއި އައި ކަމަކާ އެހުރިހާ ކަމެއްގައި ހުރެދާނެ ތަފާތުވުން. އެހެންވީމަ ތަފްސީލަށް ދާއިރުގައި ހިޔާލު ތަފާތުވުން ހުންނާނެ.

ދިވެހިރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމުން ދޫކޮށްލުމުން، ގަސްތުގައި ދޫކޮށްލުމުން އެކަމާ ދެކޮޅަށް ނިކުމެ ތިބި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އެހެންކަމުން އެކަމަކީ ހުރިހާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއްބަސްވާ ޕޮއިންޓް ކަމަށް އަލީ ހުސައިން ތަކުރާރު ކޮށް ވިދާޅުވިއެވެ.

ޗާގޮސް މައްސަލައިގައި އަލީ ހުސެއިން ތަމްސީލު ކުރައްވަނީ ކެންދޫ ދާއިރާތޯ ނުވަތަ ޖުމްހޫރީ ޕާޓީތޯ ވިދާޅުވެ ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ އޭނާ އަކީ ކެންދޫ ދާއިރާ ތަމްސީލު ކުރާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރެއް ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ޕޮޒިޝަން ޗާގޮސް މައްސަލައިގައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވާނީ ހާމަކޮށްފައި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ޗާގޮސްގެ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ޕޮޒިޝަން އަކީ ދިވެހި ރައްޔިތުންގެ ވެސް ޕޮޒިޝަން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ދިވެހި ގައުމުން ކޮޑިއިންޗިއެއްގެ މިންވަރުވެސް ދޫކޮށްލަން ގާސިމް އިބްރާހިމް ވެސް ޖުމްހޫރީ ޕާޓީ ވެސް އަދި އެއްވެސް ދިވެހި ރައްޔިތަކު ނޭދޭނެ ކަމަށް އެއޮތީ ޕޮޒިޝަން ވަރަށް ސާފުކުރައްވާފަ.

އަލީ ހުސައިން ވިދާޅުވީ ބަޔަކަށް ޖުމްހޫރީ ޕާޓީގެ ޕޮޒިޝަން ނޭނގިގެން އަދި އޮޅިގެން އުޅުމަކީ މުޅިން އެހެން މައްސަލައެއް ކަމަށެވެ.

 ޕޮޒިޝަން ވަރަށް ސާފު. ޖުމްހޫރީ ޕާޓީން އަޅުގަނޑުމެން މިތިބީ މި ދިވެހިރާއްޖެއިން ގެއްލިފައިވާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި އަޅުގަނޑުމެން ނިކުމެ މިތިބީ.

އަލީ ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީން ނިކުމެ ތިބީ ދިވެހިރާއްޖެއިން ގެއްލިފައިވާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: