ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްކަނޑުން ބައެއް ގެއްލިފައިވާތީ ސަރުކާރުން ރައްޔިތުންގެ ކިބައިން މާފަށްއެދުމަށް ގޮވާލަން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސްކަނޑުން ބައެއް ގެއްލިފައިވާކަމަށް ފާހަގަކުރައްވާ، އެ ތަން އަނބުރާ ހޯދުމަށް ސަރުކާރުން މަސައްކަތްކުރުމަށް ގޮވާލާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގަރާރެއް ހުށައަޅުއްވައިފިއެވެ.

އާދަމް ޝަރީފް ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފައިވާގޮތުން، އޭނާ ހުށައަޅުއްވާފައިވާ ގަރާރުގެ މަގުސަދަކީ، ރާއްޖޭގެ މަސްކަނޑުން ގެއްލިފައިވާ ބައެއް ހޯދުމުގެ މަސައްކަތްތައް ސަރުކާރަށް ފެށުމަށް ގޮބާލުމެވެ. ގަރާރުގައި ވާގޮތުން ހުށައެޅިފައިވާ ގަރާރަކީ، ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެކެވެ. އެގޮތުން ރާއްޖޭގެ މަސްކަނޑުން ބައެއް ގެއްލިފައިވަނީ ދިވެހި މަސްވެރިން މަސް ބާނަބާނާ ތިއްބާކަމަށާއި، އެހެންކަމުން ގެއްލުނު ބައި ހޯދުމަށް މަސައްކަތްތައް ފެށުމަށް ސަރުކާރަށް ގޮވާލާ ކަމަށް ބުނެފައިވެއެވެ.

އޭނާ ހުށައެޅުއްވި ގަރާރުގައިވާގޮތުން، ދިވެހިންނަކީ ޒަމާނުއްސުރެ މަސްވެރިކަން ކޮށްގެން ދިރިއުޅޭ ބައެކެވެ. އަދި އެއީ ދިވެހި އިގްތިސާދުގެ އެންމެ ވަރުގަދަ އެއް ލޭނާރުކަމަށްވުމުން، ރާއްޖޭގެ މަސްވެރިންވަނީ މަންފާއެއް ހާސިލު ކުރުމުގެ ގޮތުން އެ ކަން ކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައްވެސް ތަރައްގީކޮށްފައިކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އިޓްލޮސްއިން ނިންމާފައިވާ ނިންމުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގައި އޮންނަ މަސްކަނޑުން 45،331 އަކަކިލޯމީޓަރު ގެއްލިގެންދެއެވެ. އަދި އެ ނިންމުން ނިމިގެންދިޔައިރު، ސަރުކާރުންވަނީ ދިވެހިންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި ބައެއް ދޫކޮށްލުމަށް އެއްބަސްވެފައިކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައިވާ އެންމެހާ ތަކެތީގެ ހައްގު ފަރާތަކީ ދިވެހި ދައުލަތަށްކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދީ އަދި ސިޔާދަތީ ބާރާއި ގުޅުން ހުރިކަމަކަށްވުމުން ދައުލަތާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގެއްލުންތަކެއް ލިބިގެންދާ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން ދިވެހިރާއްޖެއަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، އިޓްލޮސްގެ ނިންމުން ދިވެހި ރައްޔިތުން ބަލައިނުގަންނަކަމަށެވެ. އެހެންކަނުން އެ ނިންމުން މުރާޖަޢާ ކުރުމަށް ސަރުކާރުން އަވަހަށް އިޓްލޮސްއަށް ހުށައެޅުމަށާއި ގެއްލިފައިވާ ސަރަހައްދު ހޯދުމަށް ވަގުތުން މަސައްކަތްތައް ފެށުމަށް ގޮވާލާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިމުގެ މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސްޓޭންޑު ދެމެހެއްޓުމަށް ގޮވާލާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: