ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔަވަޅުނާޅާ މަޑުކުރަނީ ރައީސް ނަޝީދުވީމަ، ބަޣާވާތަކަށް ގޮވާލާ ހިސާބުން ފިޔަވަޅު އަޅާނަން: އެމްޑީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ފަރާތުން ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު ނޭޅީ ރައީސް ނަޝީދު ވީމަ ކަމަށާއި ނަމަވެސް ބަޣާވާތެއް ކުރުމަށް ގޮވާލާ ހިސާބުން ފިޔަވަޅު އަޅާނެ ކަމަށް  ޕާޓީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދަކީ އެމްޑީޕީގެ ލީޑަރޝިޕްގެ އިހްތިރާމް ލިބިގެންވާ މެމްބަރުންގެ ލޯބި ލިބިފައިވާ ބޭފުޅެއް ކަމަށެވެ.

ހަމަ ރައީސް ނަޝީދު ވީމަ.. ހަމަ ރައީސް ނަޝީދު ވީމަ

އެމްޑީޕީގެ ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ނިންމައިފައިވާތީ އެކަމާއި ގުޅިގެން ރައީސް ނަޝީދަށް ފިޔަވަޅު އަޅާފައިނުވާތީ ނޫސްވެރިންނާއި ޕާޓީގެ މެމްބަރުން ދަނީ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އެކަމުގެ ރައްދުގައި ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް އަދި ނިންމާފައިނުވާ ކަމަށާއި ނަމަވެސް ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރއްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފިޔަވަޅު އަޅާކަށް އަދިވެސް ބޭނުމެއް ނޫން. ފިޔަވަޅު އަޅާނީ ބަޣާވާތަކަށް ދާން ގޮވާލާ ހިސާބުން

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ތެރެއިން އިތުރު ޕާޓީއެއް އުފެދިގެން ދިއުމަކީ ސަޕްރައިޒް ވާ ކަމެއް ނޫން ކަމަށާއި އެކަމަކީ މާކުރިންވެސް ފެންނަމުން ދިޔަ ކަމެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މަޖިލީހުން މިސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓް ނުނެގޭނެ ކަމަށާއި މެޖޯރިޓީ ނުގެއްލޭނެ ކަމަށާއި އެބޭފުޅުން ބޭނުން ނުވާ ވޯޓެއް މަޖިލިސް މެދުވެރިކޮށް ނުނެގޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ޗާގޮސްގެ މައްސަލައިގައި މިސަރުކާރުގެ ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާއިރު އެ މަސައްކަތުގައި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ބައެއް މެމްބަރުން ބައިވެރިވެފައިވާތީ އެ މެމްބަރުންނާ ދެކޮޅަށް ޕާޓީން ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން ދާދި ފަހުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ޕާޓީން ވަކިކޮށްފައެވެ.

އާޒިމް ވަކިކުރިކަން އިއުލާންކޮށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި އާޒިމް ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް އިދިކޮޅުގެ 2 ޕްރެސް އެއްގައި ބައިވެރިވެ ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހިތްވަރު ދީ ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަ ދައްކާފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން އާޒިމް އަށް އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި 5 އަހަރުވަންދެން ވާދަ ނުކުރެވޭނެ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

އާޒިމް ވަކިކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޕާޓީން ވަކިކުރަންވީ އާޒިމް ނޫން ކަމާއި އާޒިމްގެ ބަދަލުގައި ޕާޓީން ވަކި ކުރަންޖެހޭނީ ރައީސް ސާލިހް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: