ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ފެންމަތިވަމުންދާ މައްސަލަތަކުން ހާމަވެގެންދަނީ އެމަނިކުފާނުގެ ވިސްނުންފުޅު ކޮށިކަންކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ބައިބައިވެ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އެމްޑީޕީއާއި ވަކިވެވަޑައިގެން އެހެން ޕާޓީއެއް ހެއްދެވުމުގެ މަސައްކަތްތައް ކުރައްވަމުންދާއިރު، ވަހީދުވަނީ ރައީސް ސާލިހު ޓައިވާނަށް ސަފީރަކު ކަނޑައަޅުއްވައި މަޖިލީހަށް ފޮނުއްވުމުން ޗައިނާ އާއި ދެމެދު އުފެދިގެންދިޔަ މައްސަލައަށް އަލިއަޅުއްވާފައެވެ.
ޗައިނާގެ ކިބައިން ރާއްޖެއިން މާފަށް އެދެން ޖެހުނުކަމަށް އިޝާރާތްކުރައްވާ އޭނާވަނީ މި ދައުރުގައި ފެންމަތިވެފައިވާ ބައެއް މައްސަލަތައް ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ސާލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީއެއްގެ ސަބަބުން ރާއްޖޭގެ މަސްކަނޑުގެ ބޮޑު ސަރަހައްދެއް ގެއްލިގެންދިޔަ މައްސަލަ ފާހަގަކުރެއްވިއިރު، ސާބިއާއަށް ކުރެއްވި ދަތުރެއް ފްލައިޓްގައި އިންނަވައިގެން ކެންސަލް ކުރެއްވިކަމަށާއި، ޗައިނާ އާއި ޓައިވާންގެ މައްސަލަވެސް އެމަނިކުފާނަށް ސާފުވެވަޑައިނުގަންނަވާކަމަށް ވަހީދު ވިދާޅުވިއިރު، އެމަނިކުފާނަކީ ކިޔުއްވުމެއް ނެތި ބިލުތައް ތަސްދީގު ކުރައްވާ ވެރިއެއްކަމަށްވެސް ވަހީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެފަދަ މައްސަލަތަކުގެ ސަބަބުން ހާމަވެގެންދަނީ ރައީސް ސާލިހުގެ ”ގަމާރުކަން“ ކަމަށެވެ.
ރާއްޖޭގެ މަސްކަނޑުން ބޮޑުބައެއް ގެއްލުނު ސިޓީ ފޮނުވުން
ފްލައިޓްގައި އިންނަވާފައި ސާބިއާ ދަތުރު ކެންސަލްކުރުން
ޗައިނާއާއި ޓައިވާނުގެ ނަން ވަކިކުރަން ނޭންގުން
ކިޔާނުލާ ބިލްތައް ތަސްދީޤުކުރުންފަދަ ކަންކަމުން އަދުގެ ވެރިމީހާގެ ގަމާރުކަން ހާމަވެއެވެ. https://t.co/ppZhSf59Zc
— Waddey (@waddey_) May 20, 2023
ވަހީދު ރައީސް ސާލިހަށް ފާޑުވިދާޅުވިއިރު، އޭނާ އަދި ފިކުރެއްގެ ދިރުމުގެ އެހެނިހެން މެމްބަރުން މިހާރު މަސައްކަތްކުރައްވަމުންދަނީ އާ ޕާޓީއެއް ވުޖޫދަށް ގެނެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ކެނޑިޑޭޓެއް ނެރުމަށެވެ. އޭނާ އާއިއެކު އެމްޑީޕީގެ 12 މެމްބަރެއް ވަނީ ޕާޓީއިން ވަކިވެވަޑައިގެންފައެވެ.


One Response
ޜައީސް ވާހަކަ ދައްކަނީ ސްޕޯރކްސް ޕަރސަން މިއުވާނު ދޭ ނުކުތާތަކަށް. ކެބިނެޓުގެ މަޝްވަރާތަކުގައި މިއުވާނެއް ބައިވެރިއެއްނުވެެވޭ! ކެބިނެޓްގެ ސެކެޓްރީ ގެނޯޓުތައް މިއުވާނާ ޝެއަރ ކުރީމަ މިއުވާނަށް ވިސްނޭ ޕޮއިންޓުތަކެއް ރައީސްގެ ސްޕޯރކްސް ޕަރސަން ވީމަ މީޑިއާއި ޙިއްސާ ކުރީމާ ދިމާނުވާނެތާ. ޤަމާރުވީ ވީނުންގޮސް މުޅީން ހޮޅިބޮޅި ވެއްޖެ.