ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުތަނުން ސާލިހު ބަލިވާނެ, އިދިކޮޅު ވާދަކުރާނީ “ދި ޑިމޮކްރެޓްސް” އާ: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ބައެއް ސިޔާސީ ޕާޓީތަކުގެ މެންބަރުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ބާއްވާ ރިޔާސީ އިންތިާހާބުގައި 50،000 އަށްވުރެ މަދު ނޫން އަދަދެއްގެ ވޯޓުގެ ތަފާތަކުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކުރިމަތިލާންޖެހޭނީ ނާކާމިޔާބީއާއިކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމްޑީޕިއިން ދާދިފަހުން ވަކިވެވަޑައިގެން މެންބަރުންގެ ނަންތައް، އެމްޑީޕީގެ ދަފްތަރުން އެ މެންބަރުން ވަކިވެފައިވާކަން މަޖިލީހުގައި އިއުލާންކުރެއްވުމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ރައީސް ސާލިހު މަޖިލީހުން އަޒުލުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އިންސާފުވެރި، ނުފޫޒުތަކުން އެއްކިބާވެފައިވާ އިންތިހާބެއް ބޭއްވިޖެއްނަމަ، މަދުވެގެން 50،000 ވޯޓުގެ ތަފާތަކުން ބަލިވާނެކަމަށެވެ.

ދެން ކުރިއަރާނެކަމަށް ބެލެވޭ ޕާޓީއަށާއި، ޕީޕީއެމް/ޕީއެންސީއިން ވާދަކުރަންޖެހޭނެ ޕާޓީއެއްގެކަމަށް އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންގެވި “ފިކުރެއްގެ ދިރުން” އިން އުފެއްދި “ދި ޑިމޮކްރަޓްސް” އެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: