ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ލުއިލޯނާއި ހެދި ދިރިއުޅުން ވޭނަކަށް!

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް ނުވަތަ ބީއެމްއެލްގެ ފަރާތުން ކަސްޓަމަރުންނަށް ދިމާވެދާ ދަތިއުނދަގޫތަކަކީ ދައްކާ ކޮޅުން ނުލާނެ ވާހަކަ ތަކެކެވެ.

މިއަދު އެގޮތުން އެ ބޭންކްގެ ކަސްޓަމަރަކު ނިދާފައި އޮއްވާ ބީއެމްއެލްގެ ކޯލެއް އައެވެ. ނިދިން ހޭލައިގެން ފޯނަށް ޖަވާބު ދިން އިރު އެ ގުޅަނީ އެބޭންކުން ނަގާފައިވާ ބަރު ލޯނު ނުދައްކައިގެންނެވެ.

ބީއެމްއެލް އިން ގުޅި މުވައްޒަފު ބުނަނީ އެއީ ފޮލޯއަޕް ޕްރޮސީޖަރގެ ދަށުން ކުރާ ކަމެއް ކަމަށެވެ. މިކަމުގައި މޮޅު އަދި ހެއްވާ ކަމަކީ އެބޭންކުން އެޕްރޫވްކޮށްގެން ނެގި ލުއި އަދި ބަރު ލޯނުގެ މައުލޫމާތު އެބޭންކްގެ މުވައްޒަފުންނަށް ނޭނގުމެވެ.

ބީއެމްއެލްގެ މުވައްޒަފު ކޯލްގައި ސުވާލުން ފުރިގެންވާ ރާގެއްގައި ބުނެފައިވަނީ ލޯނު ނެގީ ގެރެންޓަރ އެއް މެދުވެރިކޮށް ތޯ އެހުމުން ކަސްޓަމަރު ވެސް ހައިރާން ކަމާއި އެކު އެމައުލޫމާތު ދީފައިނުވޭތޯ އެހިއެވެ. އެވަގުތު މުވައްޒަފު ބުނެފައިވަނީ އެކަން ޔަގީންކޮށް ގެރެންޓަރ އަށް ގުޅުމަށް ކަމަށެވެ. އަދި ބޭންކުން ކަސްޓަރު ކައިރީގައި މިއަންނަ މަހުގެ ޕޭމެންޓް ނުދައްކައިފި ނަމަ ކޯޓަށް ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ހަފްތާއެއް ކުރިން ގުޅައި ލޯން އަނބުރާ ޖޫން މަހުގެ 7 ގެ ކުރިން ދެއްކުމަށް އަންގައި އޭގެ ތިން ދުވަސް ފަހުން ދެއްކިތޯ ނުވަތަ ނޫންތޯ ބަލަނީ ފަހަރުގައި ވައްކަމެއް ކޮށްލުމަށް ކަމަށް ވެދާނެއެވެ.

އިންޓްރަސްޓް ދިވެހި ތާރީހުގައި ބޮޑު ބީއެމްއެލްގެ ބަރު ލޯނު މިވަނީ ދިރިއުޅުމުގެ ވޭނަކަށް ވެފައެވެ. ކަސްޓަމަރަށް ބިރު ދެއްކުމުގެ ފަލްސަފާގެ ތެރެއިން ކޯޓަށް ދާނެ ކަމަށް ބުނި ނަމަވެސް ފަހަރުގައި ކަސްޓަމަރުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ދައްކަން ބުނާ މުއްދަތަށް ލޯނު ނުދެއްކިދާނެއެވެ.

ދަރަންޏެއް ނެތް މީހެއް މަދުވާނެއެވެ. ބީއެމްއެލްގެ ކްރެޑިޓް ކާޑަކީ ދަރަނީގެ ދަންތުރައެއް ކަމަށްވެސް ބައެއް މީހުން ބުނެއެވެ. ގޯލްޑާއި ބްރޮންޒާއި ސިލްވަރ އަދި ޕްލެޓިނަމްގެ ނަމުގައި އެކި ލިމިޓްގެ ކްރެޑިޓް ކާޑު ތައާރަފްކޮށްގެން އެކާޑު ތަކުންވެސް އެތަކެއް ފައިސާ އިތުރަށް ނަގާ ކަމަށް ބައެއް ކަސްޓަމަރުން ވަނީ ބުނެފައެވެ.

ނަމަވެސް ބީއެމްއެލް އިން ރައްޔިތުންނާ ދޭތެރޭ ދެކެނީ ފައިސާ ޗާޕުކުރާ މެޝިން ތަކެއްގެ ގޮތުގައެވެ. އެހެންކަމުން ބުނާ އިރަކު ބުނާ އަދަދަކަށް ލޯނު ދައްކަން ޖެހެއެވެ. ލޯނު އަނބުރާ ދެއްކުމަށް މެއިލް ކޮށް އެސްއެމްއެސް ކޮށް އަދި ފޯނުން ގުޅާ ހަދައެވެ. އެވަރުން ނޫޅުނަސް އެ ލޯނު އަނބުރާ ދައްކާނެ އެވެ.

ބީއެމްއެލް އިން ލުއި ލޯނުގެ ފައިސާ ނުދައްކާނަމަ، ލޯނު ނެގި އެކައުންޓާއި އިތުރަށް އެ އެ ބެންކުގައި ހުޅުވާފައި ހުރިއްޔާ ހުރި އެކައުންޓަކުން ފައިސާ ކަނޑަމުންދެއެވެ.

މީގެ ކުރިންވެސް ބީއެމްއެލް އިން ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި ލައްކައަކާ ގާތް ކުރާ ހިސާބަށް ފައިސާ ކަސްޓަމަރުން އަތުން ނަގައިގެން އެވާހަކަ މީސް މީޑިއާގައި ދެކެވިފައިވެއެވެ.

މިއަދު ރައްޔިތުން ބީއެމްއެލް އާއި ދުރަށް ދަނީ ނުވަތަ ދާން ވިސްނަނީ މަކަރު ހެދުމާއި އޮޅުވާލުމާއި ފަރުވާ ކުޑަކަމުގައި ހައްދެއް ނެތިގެންނެވެ.

ފައިސާ ގެއްލޭ ތަނުގައި އަޅައިނުލާ ފައިސާ ފޭރުމުގައި ހިތުހުރި ގޮތަކަށް ރައްޔިތުން އަތުން ފައިސާ ހޯދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 2%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 13%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ބީ އެމް އެލް އަކީ ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. އެބޭންުކުންގަސްދުގައި ގެއްލުމެއް ދީފާނެ ކަމަށް ބެލުން ރަނގަޅު ބާވައެވެ. ކޮންމެތަނެއްގައިވެސް ގޯސްތައް ހުންނާނެއެވެ. އެކަން ކަން ރަނގަޅު ކުރަން މަސައްކަތް ކުރުމަކީ އެކަން ކަމާއި ހަވާލުވެ ތިބޭ ބައެއްގެ މަސްއޫލިއްޔަތެކެވެ. ލޯނަކީ އެއްޗެއް ނެތް މީހަކަށް ދޫކުރާ އެއްޗެއް ނޫނެވެ. ލޯނަކީ އަނބުރައި ދައްކަންޖެހޭ އެއްޗެކެވެ. ނުދައްކަންޏާ ގުޅަންވެސް ޖެހޭނެ އެވެ.

  2. ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް އިރެއްގައި ކްރެޑިޓްކާޑް ހައްދައިފިނަމަ ދެން ކާޑުގެ މުއްދަތު ހަމަވުމުން އިތުރަށް އާކުރަން ބޭނުން ނުވާތީ އަޅާނުލާ ތިއްބާ ފޯނަށް އަންނަނީ މެސެޖެއް. ކަލޭގެ ކްރެޑިޓ ކާޑު އޮޓޮމެޓިކުން އާވެއްޖޭ. ކާޑު ބަލައި އަންނާށޭ. ކޮންމެ އަހަރަކު ކާޑު އާކޮށްފައި ފީ އެމީހެއްގެ އެކައުންޓުން ކަނޑަނީ. އެ މެސެޖްގެ ޖަވާބުގައި، ކޮންމެ އަހަރަކު ކީއްވެހޭ އޮޓޯއިން ކާޑު އާކޮށްކޮށްފައި ފީނަގަނީ ކާޑު ނަގާކަށް ވެސް ބޭނުމެއް ނޫނޭ ކާޑު ކެންސަލް ކޮށްދޭށޭ، ކްރެޑިޓްކާޑުގެ ޚިދުމަތް ނުހޯދާތާ އެތައް އަހަރެއް ވެއްޖޭ، ތިޔަ ޚިދުމަތް ބޭނުމެއްނޫނޭ ލިޔުނީމާ އަންގަނީ ކާޑް އޮތީ އޮޓޯއިން ހައްދާފަޔޭ ދެން ކާޑު ކެންސަލްކުރެވޭނީ ވެސް ފީ ދެއްކީމަޔޭ. ދެން އަންނަނީ މެސެޖެއް، ކާޑުގެ ފީ ކަލޭގެ އެކައުންޓުން މިކަނޑަނީއޭ. ދެން ކަސްޓަމަރު އެކަމުން މިންޖުވާނެ އެއްގޮތެއް ވެސް ނޯންނާނެ. މީ ފޭރުމުގެ ބާވަތެއްބާ؟ ނުވަތަ އިންސާފުވެރި އުސޫލެއްބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: