ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮރިޝަސްއަށް ފޮނުވި ސިޓީ މަޖިލީހާއި ހިއްސާކުރަން ޖެހޭ: ޑރ. ޝަހީދު

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހާއިވެސް ހިއްސާކޮށްފައިނުވާއިރު، އެ ގައުމުގެ ސަރުކާރުން ބައެއް ފަރާތްތަކާއި ހިއްސާކޮށްފައިވާކަމަށް ފާހަގަކުރައްވާ، އެމްޑީޕީގެ ކުރީގެ ސަރުކާރުގެ ހާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލައިގައި ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާއިރު، ޝަހީދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ސިޓީ އާންމުކުރައްވަން ޖެހޭކަމަށް ދެކިވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީ މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން އާންމު ކުރައްވާފައިނުވާނަމަވެސް، އެ ސިޓީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރެއްވުމަކީ ކޮންމެހެންވެސް ކުރައްވަންޖެހޭކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާ އެ ސިޓީ ހިއްސާކުރެއްވުމަށް ގޮވާލައްވާ ސަބަބަކީ، މޮރިޝަސްގެ ސަރުކާރުން އެ ސިޓީ ބޭރުގެ ބައެއް ފަރާތްތަކާއި ހިއްސާކޮށްފައިވުމެވެ. އެގޮތުން، އެ ސިޓީގެ ބައެއް ތަފްސީލުތައް އިމުގެ މައްސަލައިގައި އިޓްލޮސްއިން ހިމަނާފައިވާމަށް އޭނާ އިޝާރާތްކުރެއްވިއެވެ.

ޝަހީދު ވިދާޅުވީ، މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައެޅީ ސިޔާސީ އޮއިވަރެއްގައި ޖެހިފައިކަމަށެވެ. އެހެންކަމުން އައިސީޖޭގެ ލަފާ ރާއްޖެއިން ބަލައިގަތުމަށް ނިންމުމަކީވެސް ސިޔާސީ މޮޅު އުކުޅަކަށްވުން އެކަށީގެންވާކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމަށްވުމުން އެ ސިޓީއަކީ ރާއްޖޭގެ ލިޓިގޭޝަން ސްޓްރެޓެޖީގެ ދަށުން ލީގަލް ޓީމުން ފޮނުވި ސިޓީއަކަށް ވާނަމަ އެއީ ރައީސް އެޅުއްވި ހިކުމަތްތެރި ފިޔަވަޅެއްކަމަށް ބެލުމުގެ ޖާގަ އޮތްކަމަަށެވެ. އެހެންކަމުން ސިޓީ ސިއްރުކުރެއްވުމަށް ބާރު އަޅުއްވަމުންދާ ފަރާތްތަކަށް ހަގީގަތަށް ކުރެއްވެމުންދާ މަސައްކަތަކީ ބައި ކޮޅަށް ގޯލުޖެހުންކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުން އެކަމުގެ ސަބަބުން ރައީސްއަށް ގެއްލުންތަކެއް ވެގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: