ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ކުންފުންޏަކަށް ރާއްޖޭގެ ރަސްމީ އެއަރލައިން ކެރިއަރގެ ހައިސިއްޔަތު ދީފައިވާކަމަށް އެ ކުންފުނިން ބުނެފި

ބިއޯންޑު ކުންފުނީގެ ފްލައިޓެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިމަގުގެ ދަތުރު ފަތުރު ކުރުމުގެ ސިނާއަތުގެ ތެރޭގައި ކުރިއަރަމުންދާ ކުންފުންޏެއްކަމަށްވާ “ބިއޯންޑު” ކުންފުންޏަށް ރާއްޖޭގެ ސަރުކާރުން “ނެޝެނަލް ކެރިއަރ” ގެ ހައިސިއްޔަތު ދީފައިވާކަމަށް އެ ކުންފުނީގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވެއްޖެއެވެ.

ބޭރުގެ ޓީވީ ޕްރޮގްރާމަކަށް ޓެރޯ ދެއްވި އިންޓަރވިއުއެއްގައި އޭނާވަނީ ރާއްޖޭގެ ސަރުކާރުން އެ ކުންފުންޏަށް “ނެޝިނަލް ކެރިއަރ ސްޓެޓަސް” ދީފައިކަމަށެވެ.  މިއީ އާންމު ހާލަތެއްގައި ގައުމުތަކުގެ ސަރުކާރުން އެ ގައުމެއްގެ ރަސްމީ އެއަރލައިނަށް ދޭ ހައިސިއްޔަތެކެވެ. މި އެއްބަސްވުމުގެ ދަށުން، އެ ކުންފުންޏަކަށް ސަރުކާރުން އިސްކަން ދިނުން ފަދަ ބައެއް ފައިދާތައް ލިބިގެންދެއެވެ. އެގޮތުން ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގައި އިސްކަން ދިނުން ހިމެނެއެވެ.

އެ ކުންފުންޏަށް އެކި ގައުމުތަކާއި ދެމެދު ވެވިފައިވާ އެއްބަސްވުންތަކުގެ ސަބަބުން، ހުއްޓުމެއް ނެތި ދުނިޔޭގެ 80 ގައުމަކަށް ދަތުރު ކުރުމުގެ ފުރުސަތު ފަހިވެފައިވެއެވެ. ރާއްޖޭގެ ސަރުކާރުން ރަސްމީ ހައިސިއްޔަތެއް ދީފައިވާކަމަށް ބުނާ ބިއޯންޑު ކުންފުނީގެ ފްލައިޓުތައް ތަފާތުވެގެން އަންނަނީ އެ ކުންފުނީގެ ފްލައިޓުތަކުގެ ސީޓުތައް އަތުރާފައިވާގޮތުންނާއި، އެއްކޮށް ތިރިކޮށް އޮށޯވެލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސީޓުތަކާއި އެ ސީޓުތަކުގައި ހަރުކޮށްފައިވާ ޒަމާނީ ވަސީލަތްތަކުގެ ސަބަބުންނެވެ.

ބިއޯންޑުގެ ސީއީއޯ ޓެރޯ ބުނެފައިވާގޮތުން، ފްލައިޓުތައް އެޅުން ފެށުމަށް ވިސްނާފައިވަނީ މި އަހަރުގެ ފަހުކޮޅަށެވެ. އަދި ޖުލައި މަހުގެ ތެރޭގައި ފުރަތަމަ ފްލައިޓު ރާއްޖެއަށް އަންނާނެކަމަށް ވުމުން، އެ ކުންފުނީގެ ވިސްނުން ހުރީ ދިގު ރާސްތާ ދަތުރުތައް ފެށުމަށެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާ އަށް ޑައިރެކްޓުކޮށް ދަތުރުތައް ކުރުމަށް އަލަށް ފެށުމަށް ވިސްނާފައިވާއިރު، މި ކަމުގެ ސަބަބުން ދަތުރު ކުރާ ފަރާތްތަކަށް ކުރެވިގެންދާ ތަޖުރިބާވެސް ތަފާތުވެގެންދާނެކަމަށެވެ.

ރާއްޖޭގެ ރަސްމީ އެއަރލައިން ކެރިއަރގެ ހައިސިއްޔަތު ބޭރު ގައުމެއްގެ ކުންފުންޏަކަށް ދީފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފައިވާއިރު، މިވަގުތު ދިވެހިރާއްޖޭގެ ރަސްމީ އެއަރލައިންގެ ގޮތުގައި ހަރަކާތްތެރިވަމުންދަނީ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ މޯލްޑިވިއަންއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: