ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ދިފާއުގައި ތިބި މެމްބަރުންނަކީ ޕްރޮޖެކްޓެއް ނޫނީ، ޕޭމަންޓެއް ބޭނުންވާ މީހުން: ފިރުޝާން

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު، ހުސެއިން ފިރުޝާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ މެމްބަރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި ހުއްޓުމެއް ނެތި ވާހަކަ ދައްކަވަނީ އެބޭފުޅުން ބޭނުންވާ ބައެއް ކަންތައްތައް ހާސިލު ކުރުމުގެ ބޭނުމުގައިކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ސިޔާސަތުތައް ގަބޫލު ނުކުރެވޭތީ އާއި، އެމްޑީޕީ މިހާރު ހިނގަމުން ދަނީ ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތަކާއި އެއްގޮތަށް ނޫންކަމަށް ބުނެ ރައީސް ނަޝީދު ކުރައްވަމުން ގެންދެވި މަސައްކަތް މިހާރު މިސްރާބު ޖަހާފައިވަނީ އައު ޕާޓީއެއް އުފެއްދުމަށެވެ. އިލެކްޝަންސް ކޮމިޝަނުން ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއި އެކު ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް މިހާރު ދަނީކުރުޔަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އާއި ގައުމީ މަޖިލީހުގައި ޕާޓީއަށް އެ 12 މެމްބަރުންގެ ފަރާތުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ލިބުނު އެއްވެސް އެއްބާރުލުމެއް ނެތްކަމަށާއި ކުރިހާ ވެސް މަސައްކަތަކީ ސަރުކާރަށް ޖެއްސުންކުރުންކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވެފައިވާތީ އެކަމުގެ ރައްދުގައި ފިރުޝާން ވިދާޅުވީ ދެ ތަނުގެ މަސައްކަތުގެ ޔައުމިއްޔާތަކަށް ބެލުމުން ދިން އެއްބާރުލުން އެނގޭނެ ކަމަށެވެ. އެކަމަކު ރައްޔިތުންނާއި ގުޅުން ހުރި، އަދި ކަންބޮޑުވުންތަކާއި އިޖްތިމާއީ ތަފާތު އެކި މައްސަލަތަކުގައި ސިޔާސަތުތަކާއި ދެކޮޅަށް ވޯޓު ދޭނެ ގޮތަކާއި މެދު ފިރުޝާން ސުވާލު އުފެއްދި އެވެ.

ފިރުޝާން ވިދާޅުވީ ބައެއް މައްސަލަތަކުގައި ވިޕްތައް ނެރުމުން އެކަމާއި ދެކޮޅަށް ވާހަކަ ވެސް ދައްކަވާފައިވާނެ ކަމަށެވެ. އެކަމަކު މެމްބަރުންނަށް ވޯޓު ގަޑި ކައިރިވުމުން ވަކި ގޮތަކަށް ވޯޓު ދޭން އަންގައި އަންނަ މެސެޖުތަކާއި ހިލާފުވަނީ އެއީ ކުރިން ޕާޓީން ދައްކަމުން އައި ވާހަކަތަކާއި އެ ނިންމުންތަކާއި ދިމާނުވާތީކަމަށް ފިރުޝާން ފާހަގަކުރި އެވެ.

މިސާލަކަށް އަޅުގަނޑު އެންމެ ފުރަތަމަ ވިޕަކާއި ހިލާފުވީ ލާމަރުކަޒީ ގާނޫނުގެ ބިލަށް.. ދައުރު ދަންމަން އޭރު ހުށަހެޅުނު އިސްލާހަކާއި ގުޅިގެން.. އޭރު ރައީސް ޔާމީންގެ ވެރިކަމުގައި ދައުރު ދަންމަން ހެދީމަވެސް އަޅުގަނޑުމެން އެކަމާއި ދެކޮޅު ހަދާފައި މިއަދު އަނެއްކާ ދައުރު ދަންމަން ވީމާ އަޅުގަނޑުމެންނަށް އެޔަކާއި އެއްކޮޅު ނުވެވޭނެ އެއްނޫން ތޯ.. ދެން މިސާލަކަށް ޓެކްސް ބިލު.. ޓެކްސް ބޮޑު ކުރާކަށް ރައްޔިތުންނަށް ނުފެނޭ.. މިކަހަލަ ރައްޔިތުންނާއި ގުޅުން ހުރި ބިލުތަކަށް އަޅުގަނޑުމެން މީގެ ކުރިން ވެސް ހުންނާނީ ދެކޮޅު ހަދާފައި..

އައު ޕާޓީއެއްގެ ގޮތުގައި ނިކުމެ މަޖިލީހުގައި ކުރާ މަސައްކަތަށް ދެން އިތުރު ހުރަހެއް އައިސްދާނެކަމަށް ގަބޫލު ކުރެވޭތޯ ސުވާލު ކުރުމުން ފިރުޝާން ވިދާޅުވީ އަދިވެސް ސަރުކާރުގެ މެޖޯރިޓީއެއް މަޖިލީހުގައި އޮތުމާއި އެކު ބައެއް ހުށަހެޅުންތައް ފާސްނުވެ ދިއުމުގެ ފުރުސަތު މިވަގުތު އެބައޮތް ކަމަށެވެ. އެކަމަކު ސަރުކާރުގެ ދިފާއުގައި ނިކުމެ، ޒާތީގޮތުން ދިމާކޮށް ވާހަކަ ދައްކާ މަދު މެމްބަރެއް ފިޔަވައި ދެން ތިއްބެވި މެމްބަރުންނަށް އުންމީދެއް އެބައޮތްކަމަށް އޭނާ ވިދާޅުވު އެވެ.

ފިރުޝާން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ރައީސް މުހައްމަދު ނަޝީދާއި ޒާތީވެ ބައެއް ބޭފުޅުން ފަހަކަށް އައިސް ދައްކަވާ ވާހަކަތައް ވަނީ ގިނަވެފަ އެވެ. އަދި އެ ވާހަކަތަކަކީ އެއީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމާއި ތާއީދު ހޯއްދެވުމަށް ވަކި ބޭނުންތަކެއް ހާސިލު ކުރުމަށް ދައްކާ ވާހަކައެއްކަމަށް ފިރުޝާން ސިފަ ކުރެއްވި އެވެ.

ދެން އެއީ ވަކި އަޅުގަނޑުމެންނާއި ދެކޮޅުވެގެން ކުރާކަމެއްގެ ގޮތުގައި ނުފެނޭ… އެއީ އެ މީހުން ސަރުކާރުގެ ތެރެއިން ބޭނުން ޖެހޭ އެހެންކަންކަން، ޕްރޮޖެކްޓެއް އެހެން ނޫނީ ޕޭމަންޓެއް، އެހެން ނޫނީ އަމިއްލަ މަސްލަހަތާއި ގުޅުން ހުރިކަމެއް ހާސިލު ކުރުމަށް ދައްކަވާ ވާހަކަތަކެއްގެ ގޮތުގައި އަޅުގަނޑަށް ސިފަ ކުރެވެނީ..

މީގެއިތުރުން ފިރުޝާން ވަނީ، ޕާޓީއަށް ސޮއި ކުރި ތިން ބޭފުޅަކު ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައި ވާތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ވަޒީފާތަކަކީ ސިޔާސީ ފިކުރަކަށް އަދި ވިސްނުމަކަށް ބަލައި ދޭން މަގާމުތަކެއް ނޫންކަމަށް ވިދާޅުވެ އެކަމަށް ވަކާލާތު ކުރުމަށް ފަހު އެގޮތަށް އަމަލު ކުރަންވީ ކީއްވެގެން ތޯ އޭނާ ސުވާލު ކުރި އެވެ.

ފިރުޝާން ވިދާޅުވީ ސަރުކާރާއި ދެކޮޅުވީތީ މަގާމުތަކުން ވަކި ކުރަނީކަމަށް ބުނާއިރު، ކޯލިޝަން ޕާޓީތައް ވެސް ހަމަ އެގޮތަށް ބަސްތައް ބޭނުން ކުރާކަމަށެވެ. އެކަމަކު އެ މެމްބަރުންނަށް ފިޔަވަޅު ނަޅާ ސަބަބެއްކަމަށް ފިރުޝާން ވިދާޅުވީ، ސަރުކާރުން އަދިވެސް ރިޔާސީ އިންތިހާބަށް އެބޭފުޅުންގެ ތާއީދު ބޭނުން ވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މިސަރުކާރުގެ ކޮންމެ އެންގަލަކީ ވައްކަމާއި ކޮރަޕްޝަނާއި ގުޅިލާމެިހިފައިވާ އެންގަލެއް. ދެންކިޔޭނީ ކޯޗެއްބާ. ނިކަންވިސްނަވާ ބޮޑެތި މަޤާމުތަކުގައި ދުވަސްކޮޅެއް ހޭދަކޮށްލީމާ މިލިއަނުގެ މުއްސަންޖެއް. ލަގްޒަރީ އެޕާރޓްމަންޓުގެ 3 ތަން ރައްޔިތުން އެނބުރެނީ ބޯހިޔާވަހަހިކަމެއް ނުލިބިގެން. މިކަންތަކާ އަމިއްލަ ޕާޓީއިން ވާހަކަދައްކާ ކެތްނުވީމަ އެހެން ޕާރޓީއެއް އުފެއްދީ.

  2. އިއްޒަތްތެރި ވަޓްއެވަރ ދަ ޝ ޔޫއަރ.. މޮޅެތި ވާހަކަ ދައްކާނެ ކަމެއް ނެތް. ތިވާހަކައިންވެސް އެގިގެންދަނީ ސަރުކާރަށް ޖެއްސުން ނުކުރާ މެމްބަރުންނަށް ރައްޔިތުންގެ މަންފާއަށް ޕްރޮޖެޖްޓްތައްވެސް ހިންގުމުގައި ފަސޭހަވެގެންދާކަން. ބްރޯގެ ދާއިރާގެ ތަރައްގީގެ ހުރިހާ ޕްރޮޖެކްޓެއް ނިމި ތަރައްގީއަށް ދެން ހިންގާނެ ސަރުކާރުން ހިންގާނެ އިތުރު ޕްރޮޖެކްޓްއެއް ނެތަސްވެސް އެހެން މެމްބަރުން އެމެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަން ބޭނުންވޭ.. އެގިއްޖޭ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: