ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިފްއަތު މަޖިލީހަށް ހާޒިރުނުވުމަކީ ޑިމޮކްރެސީ އާއި ދުރު ހުދުމުހުތާރު އަމަލެއް: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅިފައިވާއިރު، ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ ތަޅުމަށް ހާޒިރުވެވަޑައިގަންނަވާފައިނުވާތީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރިފްއަތަށް ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރިފްއަތު ވަޑައިނުގަތުމަކީ ޑިމޮކްރެސީގެ އަސާސްތަކާއި ބީރައްޓެހި އަދި ހުދުމުހުތާރު ސިފައެއްކަމަށެވެ. އޭނާ ވިދާޅުވީ، ރިފްއަތު އަމަލުކުރައްވާފައިވަނީ ޒިންމާދާރުކަން ކުޑަ އަދި ނާތަހުޒީބު ގޮތަކަށް ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، ވަޑައިނުގަތުމުން ދޭހަވެގެންދަނީ އޭނާގެ އިތުބާރު ނެތްކަން އޭނާ އަމިއްލައަށްވެސް ގަބޫލުކުރައްވާކަން ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހުގެ މެމްބަރުން ކުރައްވާ ސުވާލުތަކަށް އެއްވެސް ޖަވާބެއް ދެއްވެން ނެތްކަންވެސް ސާފުވެގޮސްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ރިފްއަތު ވަޑައިނުގަތުމުން ފެނިގެންދަނީ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތް އިރުވެސް ޑޮމޮކްރެސީ އާއި ބީރައްޓެހި ސަގާފަތްތަކެއް ގެންގުޅޭކަން ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، މިއީ ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރަމުންދާ ދަތުރުގައި ބަނަ ދުވަހެއްކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅިގެންދާއިރު، ދިވެހި ގާނޫނުއަސާސީގެ ތިންވަނަ ބާބުން މަޖިލީސް މެމްބަރުންގެ މައްޗަށް ލާޒިމުކޮށްފައިވާ ޒިންމާތަކަށް ރިއާޔަތްކުރަންޖެހޭނެކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ނަންގަވާފައިކަމަށެވެ. އޭނާ ވަނީ ބައެއް މެމްބަރުން “ޕަޕެޓުން” ނަށް ވެގޮސްފައިވާކަމަށް އިޝާރާތްކުރައްވާފައެވެ.

މަޖިލީހުގެ މެމްބަރުންނަކީ ބަޔަކު މީހުން ބޭނުންކުރަމުންދާ ބުދުތަކެއްގެ ގޮތުގައި އާދަމް ޝަރީފް ސިފަކުރެއްވުމާއިއެކު، މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ރައްދު ދެއްވާފައެވެ. އޭނާވަނީ އާދަމް ޝަރީފް މަޖިލީހުގެ ތަޅުމުގެ ހުރުމަތް ނަގާލައްވަމުންދާކަމަށް ފާހަގަކުރައްވާފައެވެ.

އާދަމް ޝަރީފްވަނީ މޮރިޝަސް އާއި ރާއްޖޭގެ އިން ވަކި ކުރުމުގެ މައްސަލައިގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖެއިން ވަނީ ޒަމާނުއްސުރެ އިނގިރޭސިންނާއި ބައިވެ، މޮރިޝަސްގެ ހުށައެޅުންތަކަށް ދެކޮޅު ހަދާފައިކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް އަމަލު ކުރުމުގެ ސަބަބުން ބޭނުން އިރަކު ބޭނުން ބަޔަކު އެ ސަރަހައްދަށް ގޮސް އުޅުނުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: