ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް 77 ރުފިޔާ ބަހަން ނިންމައިފި!

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރަކީ އެސްޓީއޯގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އަހަރުކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ އެމްޑީ ސައީދު ވިދާޅުވީ، 2022 ވަނަ އަހަރަކީ މިހާތަނަށް އެ ކުންފުންޏަށް އެންމެ ގިނަ އާމްދަނީ ލިބުނު އަހަރުކަމަށެވެ. ސައީދު ވިދާޅުވީ، އެފަދަ މަންފާއެއް ކުންފުންޏަށް ހާސިލު ކުރެވިގެންދިޔައީ ގެންގުޅުނު ސްޓްރެޓެޖީގެ ސަބަބުންކަމަށެވެ. އޭނާ ވިދާޅުވީ އެ ކުންފުނިންވަނީ 18.8 ބިލިއަންގެ އާމްދަނީއެއް ހޯދައި، ރިކޯޑެއް ގާއިމުކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ، 2022 ވަނަ އަހަރު އޭގެ ކުރީ އަހަރާއި އަޅާ ކިޔާއިރު، 67 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ.

ސައީދު ވިދާޅުވީ، އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، ދުނިޔޭގެ ތެލުގެ މާކެޓުގެ އަގުތަކަށް އައި ބަދަލާއިއެކު ވިއްކަމުންދިޔަ އަގުތަކަށް ބަދަލުތައް ގެނައުންކަމަށެވެ. އޭނާ ވިދާޅުވީ، ފައިދާތަކެއް ލިބިގޮސްފައިވާ މައިގަނޑު އެއް ސަބަބަކީ، ފާއިތުވެދިޔަ އަހަރުގެ ތެރޭގައި އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގުތައް އިތުރުވުންކަމަށެވެ. އަދި ގުރޫޕުގެ ކުންފުނިތަކުގެ އާމްދަނީ ޖުމުލަގޮތެއްގައި އިތުރުވެފައިވުމަކީވެސް އެފަދަ ރިކޯޑެއް ގާއިމު ކުރެވިގެންދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއް ގެ ގޮތުގައި އޭނާ އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެސްޓީއޯއަށް އެކަނި ބަލާއިރު، ފާއިތުވި އަހަރު ލިބިފައިވަނީ 18.2 ބިލިއަންކަމަށެވެ. އޭނާ ވިދާޅުވީ، އެއީ 79 އިންސައްތައިގެ ކުރިއެރުމެއްކަމަށެވެ. ސައީދު ވިދާޅުވީ އޮޕަރޭޓިންގް ޕްރޮފިޓެއްގެ ގޮތުގައި 1.4 ބިލިއަން އެސްޓީއޯ ގުރޫޕަށް ފުރުތަމަ ފަރަހަށް ލިބިފައިވަނީ މި ދިޔަ އަހަރުގެ ތެރޭގައިކަމަށެވެ. އޭނާ ވިދާޅުވީ އެސްޓީއޯއަށް ވަކިންވެސް 1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މިއީ ކުންފުނީގެ ތާރީހުގައި އޮޕަރޭޓިންގް ޕްރޮފިޓު އެއް ބިލިއަނަށް އަރާފައިވާ ފުރަތަމަ ފަހަރުކަމަށެވެ.

ސައީދު ވިދާޅުވީ، އެސްޓީއޯ ކުންފުނީގެ ފައިދާ އިތުރުވުމާއި މިފްކޯއަށް ގެންނަންޖެހުނު ފައިނޭންޝަލް އެޖަސްޓުމެންޓުތަކާއިއެކު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގުރޫޕަށް އެއް ބިލިއަން ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކުންފުނިން ކުރަމުންއަންނަ ވިޔަފާރިތައް ހަރުދަނާ ކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ޖުމުލަ ފައިދާ އިތުރުވުމާއިއެކު އެސްޓީއޯއަށްވަނީ 0.73 ބިލިއަން ރުފިޔާ ލިބފައިކަމަށެވެ. އަދި އެއީ 2021 ވަނަ އަހަރާއި އަޅާ ކިޔާއިރު 50 އިންސައްތައިގެ އިތުރުވުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ، 2022 ވަނަ އަހަރުގެ ހިއްސާއެއްގެ އަގުގެ ގޮތުގައި ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 77 ރުފިޔާކަމަށެވެ. އޭނާ ވިދާޅުވީ، މިއީ ވޭތުވެދިޔަ 16 ވަރަކަށް އަހަރުގެ ތެރޭގައިވެސް ހިއްސާއެއްގެ އަގު އެންމެ މައްޗަށް ގޮސްފައިވާ އިންސައްތަކަމަށެވެ. އޭނާ ވިދާޅުވީ، ކުންފުނީގެ ފައިދާ އިތުރުވުމާއިއެކު، ޝެއަރ ހޯލްޑަރުންގެ އިކުއިޓީވަނީ 3.6 ބިލިއަނަށް އަރާފައިކަމަށެވެ. އޭނާ ވިދާޅުވީ، އެއީވެސް ކުރިއެރުމެއްކަމަށެވެ. އެގޮތުން 2021 ވަނަ އަހަރާއި އަޅާ ބަލާއިރު، 22 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: