ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ދިފާއުގައި ވާހަކަދައްކާނެ ހިތްވަރު ރިއްފަތު ގަޔަކު ނެތް: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ދިފާއުގައި ވާހަކަދައްކާނެ ހިތްވަރު ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ ގައިގައި ނެތްކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ރިއްފަތު މަޖިލީހަށް ހާޒިރު ނުވުމުން، އެކަމަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން މޮސްޓާ ސުވާލުއުފެއްދެވީ ރައްޔިތުން ހޮވާފައި ތިބި މެންބަރުންގެ ކުރިމައްޗަށް އަންނަން ނުކެރޭ މީހެއް ގައުމު ދިފާއުކުރަން އެހެން ތަނެއްގައި ވާހަކަދައްކާނީ ކިހިނެއްތޯއެވެ. އަދި މަޖިލީހަށް ހާޒިރުނުވެވުނު މީހަކު ގައުމު ދިފާއުކުރުމަށް ދައްކާނެ ވާހަކައެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ މަޖިލީހުގައި ކަންކުރަމުންދަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންވާ ގޮތަށްކަމަށެވެ. އެމްޑީޕީއިން ބޭޏުންވުމުން މަޖިލީހަށް މިނިސްޓަރުން ހާޒިރުކޮށް، ނާއިންސާފުންވެސް ވަކިކޮށްފައި އެބަހުރިކަމަށާއި، ނަމަވެސް މިއަދު ގައުމުގެ ބައެއް ވިއްކާލައިގެން، އެކަންތައްތައް ހައްލުކުރުމަށް ރައްޔިތުން މުޒާހަރާއަކާއި ހަމައަށް ދާންއުޅޭއިރުވެސް އަމިއްލަ ދިފާއުގައި ވާހަކަދައްކަވަން ނާދެވުންކަމަށް ވިދާޅުވިއެވެ.

އެހެންވީމަ އިބްރާހީމް ރިއްފަތަކާއި ނޫން އަޅުގަނޑުމެން ސުވާލުކުރަން މިއުޅެނީ، ދިވެހިރާއްޖޭގެ ބަންޑާރަ ނައިބާ. އެ މަގާމުގައި ހުރެއްޖެއްޔާ މިތަނަށް އައިއްސަ ދިވެހި ރައްޔިތުންނަށް ޖަވާބުދާރީވެވެންޖެހޭނެ. އެހެންނޫނިއްޔާ މިއަދު މިވަގުތުން ވަގުތަށް އިސްތިއުފާ ދީފަ ގޭގަ އޮވޭ.

މޮސްޓާ ވިދާޅުވިއެވެ.

ރިއްފަތު ލަފާ ދީފައިވަނީ އަމިއްލަ ޖީބަށް ފައިދާވާގޮތަށްކަމަށް ތުހުތުމަތުކޮށް މޮސްޓާ ވިދާޅުވީ، ސިނގިރޭޓު ކޮންޓެއިނަރގެ ވާހަކައަކީ ދިވެހި ރައްޔިތުން ނުދަންނަ ސިއްރެއް ނޫންކަމަށެވެ.  އެއީ މި ދައުރުގައި، މި ސަރުކާރުގެ ތެރެއިން ރިއްފަތު އަށް ލަފާދީގެން ގެއްލުވާލާފައިވާ ކޮންޓައިނަރެއްކަމަށް ވިދާޅުވިއެވެ.

މިވަރުގެ ކަންކަން ކުރައްވާ ބޭފުޅަކު ކަނޑު ވިއްކާލައިގެން، ލިބޭ ފައިސާ ބޭޏުންކުރުމަށް ފަސްނުޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި އަމިއްލަ ދިފާއުގައި ވާހަކަދައްކަވާނެ ހިތްވަރު ރިއްްފަތުގެ ގައިގައި ނެތްކަމަށް މޮސްޓާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: