ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ގަންނަން އުޅުނީ ކޮންބައެއް ތޯ ބަލަން ޖެހޭ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފޯޅަވައްސާއި ދިމާލުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މޮރިޝަސްއަށް ދޫކޮށްލާފައިވާތީ އެބައި ހޯދަން އުޅެފައިވީ ބަޔަކު ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި ސަރުކާރުން އަމަލު ކުރީ، ދިވެހި ދައުލަތަށް ގެއްލުންވާގޮތަށްކަމަށް ބުނެ ދެކެވޭ ކުރެވޭ ބަހުސްތަކަށް ރައީސް ނަޝީދު ވެސް ތާއީދު ކުރައްވަ އެވެ. އަދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސްގައި މައްސަލަ ނިމިގެން ދިޔަ ދުވަހު ވެސް ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިފައިވާކަމަށާއި، އެކަމުގައި އިހުމާލު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދާއި އެކު އެމަނިކުފާނުގެ މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މިރޭ އޮތް ޖަލްސާގައި ވެސް އަލަށް އުފެއްދުމަށް މަސައްކަތް ކުރާ ޑިމޮކްރެޓްސްއިން ބައިވެރިވާނެކަމަށް ވަނީ ހާމަކޮށް އެކަމުގެ ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ.

މި ޖަލްސާއާއި ގުޅޭގޮތުން އެކި ވާހަކަތައް ދެކެވެމުންދަނިކޮށް، ޓުވީޓެއް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ފޯޅަވަހީގެ އުތުރުން އައްޑޫގެ ދެކުނުން ދާ އަޅާ ބޯޓުފަހަރުތައް ފެންނަން ފަށާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭން ގެއްލުނު ސަރަހައްދުގައި ދާ އަޅާ ލައިސަންސް ދިނީ ކޮން ބަޔަކަށްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އެބަޔަކު އައިތޯ ރައީސް ނަޝީދުގެ ޓުވީޓުގައި ވެއެވެ.

https://twitter.com/MohamedNasheed/status/1664495965456441344

ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދުގައި ދާ އަޅާ ބޯޓު ފަހަރުގެ ވެރިން ރާއްޖެ އައިތޯ؟ އަދި ބައްދަލު ކުރީ ކާކާތޯ؟ މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވަހިއަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އެއްބަސްވެވަޑައިގަތުމުން ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭނެކަން އިނގޭނެ… އެބައި ގަތުމަށް އުޅެފައިވީ ބަޔަކު ހޯދަން ޖެހޭ..

ޗާގޮސް އާއި ރާއްޖެ ދެމެދު އިން ކަނޑައެޅުމަށް އިޓްލޮސްގައި ކުރިޔަށް ގެންދިޔަ މައްސަލައިގައި އިޓްލޮސްއިން ނިންމާފައި ވަނީ ފުށުއަރާކަމަށް މޮރިޝަސްއިން ބުނާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ދެ ގައުމުގެ ދެމެދު ބަހާލުމަށެވެ.

އެގޮތަށް ބަހާލުމުން ރައްޖޭގެ މަސްވެރިން މީގެ ކުރިން، މަސްވެރިކަން ކުރުމަށް ނިކުމެ އުޅުނު ބޮޑު ސަރަހައްދެއް ގެއްލިގެން ގޮސްފައިވާކަމަށް ދާއިރާގެ ބޭފުޅުން ގަބޫލު ކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މި މައްސަލައިގައި ރައީސް ނަޝީދު އާއްމުކޮށް ވާހަކަ ދައްކަވަ އެވެ. އެގޮތުން އެންމެ ފަހުން ވެސް ވިދާޅުވެފައި ވަނީ ފޯޅަވަހި މައްސަލައިގައި މޮރިޝަސް އާއި ރާއްޖޭން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނުގެ ވެރިކަމުގައި 2011 ގައި ނިންމެވި ކަމަށެވެ. އަދި މޮރިޝަސް ސަރުކާރުން މައްސަލައިގައި ކޯޓަށް ދިޔައީ އޭގެ ފަހުން ރާއްޖެއާއި އެކަމުގައި މުއާމަލާތް ކުރެވޭތޯ މަސައްކަތްތައް ކުރުމަށް ފަހުގައިކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: