ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދާއި މެދު ހުސް ޝަކުވާ، އެކަމަކު މަޖިލީހުގެ ރައީސްކަމުން ވަކި ކުރުމުގެ ވިސްނުން ނެތް

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު: ފޮޓޯ / މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މެދު ގިނަ ޝަކުވާތައް ހުރި ނަމަވެސް، އެމަނިކުފާނަކީ އަދިވެސް އެމްޑީޕީގެ ރައީސްވުމާއި އެކު ރިޔާސަތުން ދުރުކުރުމުގެ ވިސްނުމެއް ނެތްކަމަށް އެ ޕާޓީގެ ޕާލިމަންޓް ގުރޫޕުން ބުނެފި އެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގުން މިއަދަށް ތާވަލު ކުރި ނަމަވަވެސް މެމްބަރުން އަޑުގަދަކުރުމުގެ ސަބަބުން ޖަލްސާގެ ނިޒާމު ގެއްލިފައިވާކަމަށް އިއުލާނުކޮށް ޖަލްސާ ނިންމާލީ އެވެ.

ރައީސް ނަޝީދު ރިޔާސަތުގައި ހުންނަވައި އަމަލު ކުރަމުން ދަނީ މަޖިލީހުގެ ގަވައިދާއި އެއްގޮތަށް ނޫންކަމަށް ސަރުކާރު މެމްބަރުން ތަކުރާރުކޮށް މިއަދު ވެސް ވިދާޅުވެފައި ވެއެވެ. މީގެ ކުރިން ވެސް ތަޅުމުގައި އެ މައްސަލަ ހޫނުވެ، މެމްބަރުންގެ ބަހުގެ ހަމަލާތައް ރައީސް ނަޝީދަށް އަމާޒުވެ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން މިއަދު އަނެއްކާވެސް ވާހަކަ ދެކެވުނީ، ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިޔަށް ނުގެންދިޔައީ ރައީސް ނަޝީދު އެގޮތަށް ބޭނުންވާތީކަމަށް އެ ޕާޓީގެ ޕާލިމަންޓް ގުރޫޕުން ބުނެފައި ވާތީ އެވެ. އެމްޑީޕީގެ މެމްބަރުންނާއި، އިދިކޮޅު މެމްބަރުން މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ތަފާތު ކުރުންތައް ގެންގުޅުއްވިކަމަށް މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސްގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ ވިދާޅުވެފަ އެވެ.

ޝަފީގު ވިދާޅުވީ ރިޔާސަތުން މިއަދުގެ ޖަލްސާގައި އަމަލު ކުރެއްވީ ވަރަށް ހުތުރުކޮށް ކަމަށެވެ. އަދި ރިފްއަތުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި މަޖިލީހުގެ ރިޔާސަތުންނާއި، އިދިކޮޅު މެމްބަރުނ ކަންތައް ކުރެއްވި ގޮތާއި މެދު ކަންބޮޑުވާކަމަށް ވިދާޅުވި އެވެ.

ޝަފީގް ވިދާޅުވީ ޖަލްސާ ފެށުމާއި އެކު އަޑުގަދަ ކުރަމުން ދިޔައީ އިދިކޮޅު މެމްބަރުން ނަމަވެސް، އެމްޑީޕީގެ މެމްބަރުންގެ ނިޒާމީ ނުކުތާތަކަށް ރައީސް ނަޝީދު ގަވައިދަށް ހުރުމަތްތެރިކޮށްހިތުމަށް އަންގާ ކަމަށެވެ. އެކަމަކު ރިފްއަތު ހުންނެވި މޭޒާއި ކައިރިވެ އަޑުގަދަ ކުރި އެއްވެސް މެމްބަރަކަށް ރައީސް ނަޝީދު ނަސޭހަތްތެރި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ގުޅޭ ގިނަ ޝަކުވާތައް ހުރުމުން އެމަނިކުފާނު ރިޔާސަތުން ދުރު ކުރުމުގެ ވިސްނުން ހުރިތޯ ސުވާލު ކުރުމުން ޝަފީގް ވިދާޅުވީ އެކަމާއި މެދު ސީދާ ވިސްނުމަކުން މަޝްވަރާތައް ކުރިޔަށް ނުދާ ކަމަށެވެ.

ޝަފީގް ވިދާޅުވީ ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސްކަމަށާއި، އެމަނިކުފާނަށް ކުއްލިއަކަށް ފިޔަވަޅު އެޅުން ފަސޭހަ ނުވާނެ ކަމަށެވެ.

ޝަފީގްގެ ޖަވާބާއި ގުޅިގެން ސަންގުއިން ވަނީ، ރައީސް ނަޝީދާއި އަރިސް މެމްބަރުން އެމްޑީޕީގެ ނެތީ ރައީސް ނަޝީދު ވަކި ކުރުމުގެ ގަޓުކަމަށް ބުނަމުން ދާކަމަށް ފާހަގަކޮށްފަ އެވެ. ޖަވާބުގައި ޝަފީގް ވިދާޅުވީ އެފަދަ އެއްވެސް ސަބަބެއް އޮތްކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: