ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގު ޓީވީގެ ވެރިންގެ މަންމަ ފާތިމަތު އިބްރާހީމް ނިޔާވެއްޖެ

ސަންގުޓީވީގެ މެނޭޖިންގ ޑައިރެކްޓަރު އިބްެރާހިމް ވަހީދު (އަސްވާޑް) އާއި އަނެއް ޑައިރެކްޓަރު ހުސައިން ވަހީދުގެ (މަންމަ) އަލްމަރްހޫމާ ފާތީމަތު އިބްރާޙިމް ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަންގު ޓީވީގެ ވެރިންގެ މަންމަ ފާތިމަތު އިބްރާހީމް ދީދީ ނިޔާވެއްޖެއެވެ.

ސަންގުޓީވީގެ ޑިރެކްޓަރުންގެ މަންމަ ފާތިމަތު އިބްރާހީމް ދީދީ ނިޔާވީ މިއަދު ހެނދުނު 10:35 ގައެވެ.

ފާތިމަތު އިބްރާހީމް ދީދީ ނިޔާވިއިރު އުމުރަކީ 75 އަހަރެވެ.

ފާތިމަތު އިބްރާހިމް ދީދީގެ މޫނުދެއްކުން މިއަދުގެ އަސުރު ނަމާދަށްފަހު ހުޅުމާލެ ވަގުތީ މިސްކިތުގައި އޮންނާނެއެވެ.

ފާތިމަތު އިބްރާހިމް ދީދީގެ ކަށުނަމާދު މިއަދުގެ މަޣްރިބް ނަމާދަށްފަހު ހުޅުމާލެ ވަގުތީ މިސްކިތުގައި އޮންނާނެއެވެ.

ފާތިމަތު އިބްރާހީމް ދީދީ ނިޔާވި އިރު، ފިރިމީހާ ދުނިޔޭގައި ހުރިއިރު އެދެމަފިރިންނަށް 9 ދަރިން ވަނީ ލިބިފައެވެ. އެއީ 4 ފިރިހެން ކުއްޖަކާއި 5 އަންހެން ކުދިންނެވެ.

ފާތިމަތު އިބްރާހިމް ދީދީ އަށް މާމަކިޔާ 22 ކުއްޖަކާ މުނި މާމަ ކިޔާ 08 ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 72%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: