މި ޖޫން މަހުގެ 11 އިން 14 އަށް ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، މާލޭގެ ފަޅުގެ ބައެއް ބަންދު ކުރުމަށް ނިންމައިފިއެވެ.
މާލޭގެ ޖެޓީ ނަންބަރު 3, 2, 1 (ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް) ފަޅަށް ވަދެ ނުކުމެ ހެދުން ސަލާމަތީ ސަބަބުތަކަށްޓަކައި އެކި ވަގުތު ތަކުގައި ބަންދު ކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފަޅު ބަންދު ކުރަންޖެހޭތީ ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާއި ދެމެދު ހުރި ހުރިހާ އުޅަނދުތައް މި ޖޫން މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ނަގަންޖެހޭނެ ކަމަށް ފުލުހުން ބުނެފިއެވެ. އަދި ފަޅަށް ވަދެ ނިކުމެ ހެދުމުގައި މެރިން ޕޮލިހާއި ކޯސްޓްގާޑްގެ އިރުޝާދާ އެއްގޮތަށް އުޅަނދުތަކުގެ ކެޕްޓަނުން އަމަލުކުރުމަށް ފުލުހުން ވަނީ ބުނެފައެވެ.

