ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއިން ހަނގުރާމަވެރި ޖަމާއަތްތަކާއިއެކު އެއްބަސްވުންތައް ހަދަން ފަށައިފި

ޗެޗްނިއާގެ ލީޑަރު ރަމަޒާން ކަޑީރޮވް އަދި ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިން ރަޝީއާ ހަނގުރާމައިގައި އެ ގައުމަށް ވާގިވެރިވަމުންދާ ޗެޗްނިއާގެ އަސްކަރީ ޖަމާއަތާއިއެކު، ރަޝިއާގެ ޑިފެންސް މިނިސްޓްރީއިން އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

ރަޝިއާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ ސަަބަބުން ދުނިޔޭގެ އިގްތިސާދަށް ނޭދެވާ އަސަރުތަކެއް ކޮށް، އެކަމުގެ ސަބަބުން އެކި ގައުމުތަކަށް ކާބޯތަކެތީގެ ދަތިތައްވެސް ކުރިމަތިވެފައިވާއިރު، ދެ ގައުމުންވެސް ދަނީ ކާމިޔާބީތައް ހޯދަމުންކަމަށްވާއިރު، ދެ ގައުމަށް ހަނގުރާމައިގެ ތެރެއިން އެކި ނާކާމިޔާބީތައްވެސް ދަނީ ލިބެމުންނެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލިންސްކީ ބުނަމުންދާގޮތުން، އެ ގައުމުންވަނީ ރަޝީއާއިން ހިފާފައިވާ އެތައް ސަރަހައްދެއް މިނިވަންކޮށްފައެވެ. އަދި އެ ގައުމުން މިހާރު ދިފާއުކުރުމުގެ ބަދަލުގައި ރަޝިއާއަށް ހަމަލާދެމުންވެސް ދާކަން އޭނާ ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، ޔޫކްރެއިންގެ ޒެޕޮރިޓްޒިއާ ސަރަހައްދުގައި ތިބި ރަޝިއާ ސިފައިންގެ އަތުން އެތަން މިނިވަންކޮށްފައިވާކަމަށްވެސް ބުނެފައިވާއިރު، ބައެއް ސަރަހައްދުތަކުގައި އަލުން އަނބުރާ އެ ގައުމުގެ ދިދަ ވިހުރެމުންދާކަމަށްވެސް ބުނެފައިވެއެވެ.

ޔޫކްރެއިންއިން އެ ގައުމުގެ ބައެއް ސަރަހައްދުތައް މިނިވަންކޮށްފައިވާކަމަށް ބުނެ ކާމިޔާބީ ފާހަގަކުރަމުންދާއިރު، ރަޝިއާގެ ރައީސް ވްލެޑިމިރް ޕުޓިންވަނީ އެ ގައުމީ ދުވަހުގެ މުނާސަބާގައި ރައްޔިތުންގެ އެހީއަށް އެދިވަޑައިގެންފައެވެ. އަދި އެ ގައުމުން މިހާރު ތަހައްމަލުކުރަމުންދަނީ ދަތި ދުވަސްތަކެއްކަމަށްވެސް އޭނާވަނީ ފާހަގަކުރައްވާފައެވެ.

ޔޫކްރެއިން އިން ރަޝިއާއަށް ހަމަލާދެމުންދާކަން ހާމަކޮށްފައިވާއިރު، ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ގޮތުން، ބަދަލުވަމުންދާ ހަނގުރާމައިގެ އޮއެވަރާއިއެކު، ރަޝީއާއިންވެސް ދަނީ ތައްޔާރީތަކެއްވަމުންނެވެ. އެގޮތުން އެ ގައުމުގެ ޑިފެންސް މިނިސްޓްރީއިންވަނީ ޕުޓިން އާއި ގާތް ފަރާތެއް ކަމަށް ވާ ރަމަޒާން ކަޑީރޮވް އިސްކޮށް ހުންނަވާ ގައުމުކަމަށްވާ ޗެޗްނިއާގެ ހަނގުރާމަވެރި ޖަމާއަތަކާއިއެކު އެއްބަސްވުމެއް ގާއިމުކޮށްފައިކަމަށް ބުނެފައިވެއެވެ.

ޔޫކްރެއިންގައި ރަޝީއާއިން ކުރަމުންދާ ހަނގުރާމައިގައި މުހިންމު ރޯލެއް އަދާކުރާކަމަށް ރިޕޯޓުކޮށްފައިވާ މި ޖަމާއަތަކީ، “އަކްމަތު ސްޕެޝަލް ފޯސަސް” ގެ ނަމުން ނަންދެވިފައިވާ އަސްކަރީ ގުރޫޕެކެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން ރަޝިއާއިން އެއްބަސްވުން ގާއިމުކޮށްފައިވާ މި އަސްކަރިއްޔާއަކީ، ޗެޗްނިއާގެ ލީޑަރު ކަޑީރޮވްގެ އަމިއްލަ އަސްކަރީ ގުރޫޕެވެ. ރަމަޒާން ކަޑީރޮވްވަނީ އޭނާ ޕުޓިން ކުރައްވާ ހަނގުރާމައަށް ފުރިހަމައަށް ތާއީދުކުރާކަން އެކި ފުރުސަތުތަކުގައި އާންމުކޮށް ހިއްސާކޮށްފައެވެ.

ބައެއް ފަރާތްތަކުން ރިޕޯޓުކުރާގޮތުން، ރަޝީއާގެ ޑިފެންސް މިނިސްޓްރީއިންވަނީ އެފަދަ އެހެން ޖަމާއަތްތަކަށްވެސް އެ ފުރުސަތު ހުޅުވާލާފައެވެ. އަދި އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރުމަށް ފުރުސަތު އޮތްކަން ހާމަކޮށްފައެވެ.

މަސްރަހު ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން ބުނާގޮތުން، ޕުޓިން މި އެއްބަސްވުން ގާއިމުކޮށްފައިވަނީ މީގެ ކުރިން ހަނގުރާމައިގެ ބޭނުމަށް އެއްބަސްވުމެއް ގާއިމުކޮށްފައިވާ އެހެން އަސްކަރިއްޔާއެއްކަމަސްވާ ވެގްނާރ ގުރޫޕުގެ ބާރުތައް ވަކި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމަށެވެ. އެ ގުރޫޕުންވަނީ ރަޝީއާގެ ޖަލުތަކުގައި ތިބި ގައިދީނާއިއެކު އެއްބަސްވުންތައް ގާއިމުކޮށްގެން ހަނގުރާމައިގައި ބައިވެރިކޮށްފައެވެ.

އެ ޖަމާއަތުން މީގެ ކުރިން ހަނގުރާމައިގައި ރަޝިއާ ސަރުކާރަށް އެކި ގޮތްތަކުން ވާގިވެރިވެފައިވާއިރު، ފަހަކަށް އައިސް އެ ގައުމުގެ ސަރުކާރުގެ އަސްކަރިއްޔާއަށް ވަރަށް ގިނައިން ފާޑުކިޔުންތައް އަމާޒުކުރާކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އެ ޖަމާއަތުގެ އިސްވެރިޔާވަނީ ގާއިމު ކުރެވެމުންދާ އެއްބަސްވުންތަކަށްވެސް ފާޑުކިޔާފައެވެ. އެގޮތުން، އޭނާގެ ދަށުން މަސައްކަތްކުރަމުންދާ އެއްވެސް މީހަކު، ޗެޗްނިއާގެ އަސްކަރީ ގުރޫޕުން ވެފައިވާ ވަފަދަ އެއްބަސްވުމެއް ނުވާނެކަމަށް ބުނެފައިވާއިރު، ވަކިން ހަނގުރާމަކުރުމަށް މާ ފަސޭހަކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: