ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ރިޔާސަތު ކުރިމަތީގައި ތިބެ “އިބޫ ޗޯރު” ގޮވާ ނިޒާމް ގެއްލުވާލުމުން ޖަލްސާ ނިންމާލައިފި

އިދިކޮޅުގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް އަަށް ނިސްބަތްވާ މެމްބަރުން ރައީސް ސާލިހަށް ނިސްބަތް ކޮށް ޗޯރު އިބުރޭ އަށް ގޮވާ އަޑުގަދަކޮށް މަޖިލީހުގެ ނިޒާމް ގެއްލުވާލާފައި ވާތީ މަޖިލިސް ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އާއި ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ޕީޕީއެމް އަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގުގެ އިތުރުން  މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ރިޔާސަތު ކުރިމަތީގައި ތިބެގެން ވަނީ ޗޯރު އިބުރޭ އަށް ގޮވާފައެވެ.

ރިޔާސަތުން އެކަން ހުއްޓުވުމަށް މެމްބަރުން އަރިހުން އިށީނުމަށް ގޮވާލި ނަމަވެސް އެ މެމްބަރުން އެގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އިދިކޮޅު މެމްބަރުން ވަނީ ކޮމިޓީތަކުގެ މައްސަލައިގައި ނިޒާމީ ނުކުތާ ނެގުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ރިޔާސަތުން ވިދާޅުވަމުން ގެންދިޔައީ އެޖެންޑާގެ އެ އައިޓަމް އާއި ހަމައަށް ދިއުމުން އެކަމާއި ގުޅުން ހުރި ނިޒާމީ ނުކުތާ ނެންގުމަށެވެ.

މަޖިލިސް ހޫނުވެ މަޖިލީހުގެ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލިސް ނުހުއްޓި ކުރިއަށް ގެންދިއުމަށް ރިޔާސަތަށް އިރުޝާދު ދީފައެވެ.

މަޖިލިސް ހުސްވަގުތު ކޮޅަކަށް ފަހު އެނބުރި އައުމަށް ފަހުގައިވެސް ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ ބައެއް މެމްބަރުން ތަކުރާރުކޮށް ރައީސް ސާލިހަށް ނިސްބަތް ކޮށް ޗޯރަށް ގޮވަން ފެށުމުން މަޖިލީހުގެ ނިޒާމް ގެއްލިފައިވާ ކަމަށް ރިޔާސަތުން ވަނީ އިއުލާން ކޮށް ޖަލްސާ ވަނީ ނިންމާލާފައެވެ. އަދި ވިދާޅުވީ ދެން މަޖިލީޙުގެ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިދެން މިހާރު އުވާލަންވެއްޖެ މަޖްލިސްއެއް. ރައސްއަކަށް ހުންނަވާ ބޭފުޅެއްގެ އިހްތިރާމާ ގަދަރުކުޑަކޮށްފަ މުސާރަބޮނޑިނަގާ ކިއްޕައްޗަށް ޖަހައިގެން ކުޑަދޮށުގަތިބެ ސައިބޮއިގެން ހަޅޭއްލަވަމުން ދުވީމަވީ. ރައްޔިތުންގެ ހަލާކުމަޖްލިސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: