ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ނިސްބަތްވާ މެމްބަރެއްގެ އަމުރަށް، ޗެނަލް 13 ގެ ނޫސްވެރިޔަކަށް ބިރުދައްކައި ފުރައްސާރަކޮށް ފޯނު ފޭރިގަތް މައްސަލައަކާއި ގުޅިގެން އިދިކޮޅުން އެ މެމްބަރު އިސްތިއުފާ ދިނުމަށް ގޮވާލައިފިއެވެ.
އިދިކޮޅުން ބުނީ އެޗްއާރުސީއެމްގެ މެމްބަރު އިސްތިއުފާ ނުދީފިނަމަ، މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް އޭނާގެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހުގެ ޢަމުރަށް އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރ ޕީޕީއެމްގެ ރައީސް ރައީސް ޢަބުދްﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއްގެ ބޭނުންކޮށް އިޙުތިޖާޖު ކުރަމުން ގެންދާ ދިވެހި ރައްޔިތުންނަށް ދެމުންދާ އަނިޔާތަކުގެ ކަންބޮޑުވުންތައް ޙިއްސާ ކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން އިއްޔެ ހިޔުމަންރައިޓްސް ކޮމިޝަމް އޮފް ދަ މޯލްޑިވްސް އަށް ދިއުމުން އެކޮމިޝަނުން ވަނީ މިކޯލިޝަންގެ ލީޑަރޝިޕާމެދު ވަރަށްވެސް އިޙުތިރާމް ކުޑަކޮށް އަދި ލާއިންސާނީ ގޮތަކަށް ޢަމަލުކޮށްފައެވެ.
މީގެ އިތުރުން ކޮމިޝަންގެ މެންބަރެއްގެ ޢަމުރަށް އެމެމްބަރުގެ ފިރިކަލުން ފޮނުވި މީހަކު އެކޯލިޝަންގެ ލީޑަރޝިޕްގެ ޒިޔާރަތް ކަވަރު ކަވަރުކުރަމުން ގެންދިޔަ ޗެނަލް13 ގެ އަންހެން ނޫސްވެރިއަކަށް ފުރައްސާރަކޮށް ބިރު ދެއްކުމަށްފަހު އެ ނޫސްވެރިޔާގެ ފޯނު ފޭރިގަތްފައިވާކަންވެސް ވަނީ ފާ
އިދިކޮޅުގެ ބަޔާނުގައިި އެޗްއާރްސީއެމް ފަދަ އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ ޒިންމާ ޤާނޫނުއަސާސީން ޙަވާލުކުރެވިފައިވާ މުއައްސަސާގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ޤާނުނީ ހުވައެއް ކުރައްވައިގެން ހުންނެވި މެންބަރެއްގެ ކިބައިން ފެނިގެން ދިޔަ މި ލާއިންސާނީ ބޭއަދަބީ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.
ހިއުމަންރައިޓްސް ކޮމިޝަން ފަދަ މުއައްސަސާއެއްގެ މެންބަރެއްގެ ކިބައިން ފެނިގެން ނުވާނެ ފަދަ އިންސާނިއްޔަތާއި ޚިލާފު ޢަމަލެއް އެމެންބަރު އަދި އެމެންބަރުގެ ފިރިކަލުންގެ ކިބައިން ފެނިގެން ދިއުމަކީ އެއްގޮތަކަށްވެސް ދިވެހިރައްޔިތުން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދަ ގޮތަކަށް ޢަމަލު ކުރާ މެންބަރަކު އެފަދަ މުއައްސަސާއެއްގައި ބެހެއްޓިގެން ނުވާނެތީ، މިހާރުން މިހާރަށް އެމެންބަރަކު އަމިއްލަ ފުޅަށް އިސްތިޢުފާ ދެއްވުމަށް ނަސޭހަތްތެރިވާ ކަމަށް އިދިކޮޅުން އާއްމު ކުރި ބަޔާނުގައި ބުނެފައިވެއެވެ.
އިސްތިޢުފާ ނުދެއްވާ މަޤާމުގައި ހުންނަވާނަމަ، އެމެންބަރުގެ މައްސަލަ މިހާރުން މިހާރަށް ބަލާ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ގޮވާލާފައިވެއެވެ.

