ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީސްގެ ދެކުނުން އަޑިއަށް ދިޔަ ބޯޓުގައި 100 ކުޑަކުދިން ތިބިކަމުގެ ކަންބޮޑުވުން

ބޯޓު ފެތުމުގެ ކުރިން ނަގާފައިވާ މަންޒަރެއް: ފޮޓޯ/ ގްރީސް ކޯސްޓުގާޑު
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރީސްގެ ދެކުނުން އަޑިޔަށް ދިޔަ މަސްބޯޓުގައި 100 އަށްވުރެ ގިނަ ކުޑަކުދިން ތިބުން އެކަށީގެންވާކަން ހާދިސާއިން ސަލާމަތްވި ފަރާތްތަކުން ބުނެފިއެވެ.

ގްރީސްގެ ދެކުނުން ގިނަ އަދަދެއްގެ މީހުން ގޮވައިން ދަތުރު ކުރަނިކޮށް މަސް ބޯޓެއް ފެތި، ހިނގައިދިޔަ ހާދިސާއަކީ އެއް ގައުމުން އަނެއް ގައުމަށް ހިޖުރަ ކުރަނިކޮށް ޔޫރަޕުގައި މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. މި ހާދިސާއިން ސަލާމަތްވި ބައެއް ފަރާތްތަކުން ބުނާގޮތުން، އެ ބޯޓުގައި އެ ވަގުތު 100 އަށްވުރެ ގިނަ ކުޑަކުދިން ތިބުން އެކަށީގެންވެއެވެ. މި ހާދިސާގައި ގެއްލުން މީހުންގެ ތެރެއިން މަރުވެފައިވާކަމަށް ކަށަވަރުކުރެވިފައިވަނީ 78 މީހެއްކަމަށްވާއިރު، އެ އުޅަނދުގައި އެވަގުތު 750 އާއި ގާތް ކުރާ އަދަދަކަށް މީހުން ތިބިކަމަށްވުމުން، ގިނަ އަދަދެއްގެ މީހުންނަށް ވީ ނުވީ އެނގިފައިނުވެއެވެ.

މި މައްސަލައިގައި އިޖިޕްޓު ގިނަ އަދަދެއްގެ މީހުންގެ މައްޗަށް އިންސާނީ ވަގުފާރީގެ މައްސަލައިގައި ތުހުމަތުކުރެވި ހައްޔަރު ކުރެވިފައިވާއިރު، ޖުމުލަކޮށް ހައްޔަރު ކުރީ 9 މީހުންނެވެ. މި މައްސަލައާއި ގުޅިގެން ގްރީސްގެ ކޯސްޓު ގާޑަށް ދަނީ ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެގޮތުން ހުއްޓުވާފައިނުވާ ސަބަބާއިމެދު ސުވާލު ކުރެވިފައިވާއިރު، އެހީ ދިނުމުން އެކަމަށް އިންކާރު ކުރިކަމަށް އެ ގައުމުގެ ކޯސްޓު ގާޑުން ބުނެފައިވެއެވެ. ސަލާމަތީ ބާރުތަކުން އަދިވެސް މަސައްކަތްކުރަމުންދަނީ އެ ސަރަހައްދުން ގެއްލުނު މީހުން ހޯދައި އިތުރު ފަރާތްތައް ސަލާމަތްކުރުމަށެވެ.

ގްރީސް ކައިރިން ފެތުނު ބޯޓަކީ، ހުސްކޮށް އިޖިޕްޓުން ފުރައިގެންގޮސް ލީބިޔާގެ ބަނދަރަކުން މީހުން އަރުވައިގެން އިޓަލީއަށް ދިއުމަށް ދަތުރު ކުރަމުންދިޔަ ބޯޓެއްކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.ބައެއް ފަރާތްތަކުން ވަނީ ގިނަ އަދަދެއް މީހުން ފުރި ބާރުވެ ބޯޓުގައި ތިބި ފޮޓޯތައްވެސް ޝާއިއުކޮށްފައެވެ. އެ ބޯޓުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިން ތިބިކަމަށް ރިޕޯޓުކޮށްފައިވާކަމަށް ލަފާކުރެވެނީ ސަލާމަތްވި ފަރާތްތަކަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިން ފަރާތްތަކާއި ހިއްސާކުރުމުންނެވެ. އެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރެއްވަނީ ބައިނަލްއަގުވާމީ މީޑިއާތަކަށް 100 ކުދިން ތިބިކަމަށް މައުލޫމާތު ދީފައެވެ.

ސިއްހީ ފަރުވާދިން ޑޮކްޓަރުން ހިއްސާކޮށްފައިވާގޮތުން، އަންހެނުންނާއި ކުޑަ ކުދިން ތިބީ ބޯޓުގެ އެންމެ ތިރީގައެވެ. އަދި އޭނާ ފަރުވާދިން ދެ މީހަކުވަނީ އަންދާޒީ އަދަދުތަކެއް ހިއްސާކޮށްފައިކަމަށާއި، މި ހާދިސާގައި 600 އަށްވުރެ ގިނަ މީހުން މަރުވެފައިވުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެ ބޯޓުގައި 750 މީހުން ތިބިކަން އެންމެހާ ޕޭޝަންޓުންވެސް ބުނެފައިވުމުން އެ އަދަދު ކަށަވަރުކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: