ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއެސްއެމްގެ ދެ ބާޖެއް އެރިޓްރިއާގައި ހިފަހައްޓަަ، އަދި ވެސް ހައްލެއް ނުލިބޭ

އެފްއެސްއެމްގެ ބާޖެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޖިޕްޓުން ރާއްޖެއަށް ދަތުރު ކުރަމުންދިޔަ އެފްއެސްއެމްގެ ދެ ބާޖެއް ހިފަހައްޓާފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޝާއިއުކޮށްފައިވާ އާޓިކަލްއެއްގައި ބުނެފައިވާގޮތުން، އަލަށް ރާއްޖެއަށް ގެނައުމަށްކަނޑައަޅައިގެން ދަތުރު ކުރަމުންދިޔަ މި ދެ ބާޖުވަނީ ހުއްދަ ހޯދުމަކާއި ނުލައި އެ ސަރަހައްދުގައި އޮންނަ އެހެން ގައުމެއްކަމަށްވާ އެރިޓްރިއާގެ ސަރަހައްދީ އިމަށް ވަދެފައެވެ. ރިޕޯޓުކޮށްފައިވާގޮތުން، ރާއްޖޭގެ ފޮރިން މިނިސްޓްރީއިންދަނީ މި މައްސަލަ ހައްލު ކުރުމަށްޓަކައި އެރިޓްރިއާގެ ސަރުކާރާއިއެކު މަޝްވަރާތައް ކުރަމުންނެވެ. ހިފަހައްޓާފައިވާ ދެ ބޯޓަކީ އެފްއެސްއެމްގެ ޓަގު ބޯޓުތަކެއްކަމަށްވާއިރު، މި ވަގުތު ދެ ބޯޓުވެސް އޮތީ އެރިޓްރިއާގެ ބަނދަރުގައިކަމަށް ބުނެފައިވެއެވެ.

އިޖިޕްޓުގައި ފަރުމާކޮށްގެން ރާއްޖެއަށް ގެންދިއުމަށް މަސައްކަތްކުރަމުންދިޔަ މި ދެ ބޯޓު ހިފަހައްޓާފައިވަނީ، އޭޕްރިލް 26 ވަނަ ދުވަހު މޫސުން ގޯސްވުމުން އެރިޓްރިއާ ސަރަހައްދުގައި މަޑުކުރުމުގެ ސަބަބުން ޖެހުނު މައްސަލައެއްގައެވެ. އެރިޓްރިއާގެ ކަމާއި ބެހޭ ފަރާތްތަކުން ބޯޓުތައް ހިފެހެއްޓީ ވަނުމަށް ބޭނުންވާ ލިޔެކިއުންތައް ނެތުމުންނެވެ.

ބޯޓުގައި މަސައްކަތްކުރެއްވި ފަރާތްތައް މިހާރު އެނބުރި ރާއްޖެއަށް ގޮސްފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވާއިރު، ދެ އުޅަނދު އަނބުރާ ހޯދައި ރާއްޖެއަށް ގެނެސް އެ ކުންފުނީގެ އެސެޓެއްގެ ގޮތުގައި ބޭނުންކުރަމުން ފެށުމުގައި އެފްއެސްއެމްއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށާއި އެގޮތުން، އެ ކުންފުނީގެ އިސް އޮފިޝަލުންނަށް އެރިޓްރިއާއަށް ގޮސް މައްސަލަ ހައްލު ކުރުމަށް ހުއްދަ ލިބިފައިނުވާކަމަށްވެސް ބުނެފައިވެއެވެ. އާޓިކަލްގައި ބުނެފައިވާގޮތުން، މައްސަލަ ހައްލު ކުރުމަށް އެރިޓްރިއާގެ ސަރުކާރާއިއެކު މަޝްވަރާތަކެއް ކުރަމުންދާކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއިންވަނީ ކަަށަވަރުކޮށްދީފައެވެ.

އެރިޓްރިއާގައި ހިފަހައްޓާފައިވާ ދެ އުޅަނދަކީ، އެފްއެސްއެމްގެ އޮޕަރޭޝަން ފުޅާ ކުރުމަށްޓަކައި ވަސީލަތްތައް އިތުރުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. އެފްއެސްއެމްއިންވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ހަތަރު އުޅަނދެއް ހޯދުމަށް އޯޑަރު ދީފައެވެ. ހިފަހައްޓާފައިވާ ބޯޓުތައް ފަރުމާކޮށްފައިވަނީ ކޮންމެ އުޅަނދަކަށް 753،000 ޑޮލަރުގެ ހަރަދެއްކޮށްގެންކަމަށްވާއިރު، މި އުޅަނދުތަކުގައި 180،000 ލީޑަރު ޑީސަލް އަދި 60،000 ލީޓަރާއި ގާތް ކުރާ އަދަދަކަށް ޕެޓްރޯލް ރައްކާ ކުރުމުގެ ގާބިލުކަން ހުރެއެވެ.

ރާއްޖެ އައުމަށް ދަތުރު ކުރި މި އުޅަނދުތައް ހިފެހެއްޓިއިރު، ރާއްޖޭގެ 4 މީހަކު އަދި އިޖިޕްޓުގެ ބަޔަކުވެސް ތިބިކަމަށް ބުނެފައިވެއެވެ. އެންމެހާ ފަރާތްތައް މިހާރުވަނި އަނބުރާ ގައުމުތަކަށް ފޮނުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: