ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބާރު ހިނގާ ތަނެއްބާ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަކީީ ރައްޔިތުންގެ ތަނެއް ނުވަތަ ރައްޔިތުންގެ ބާރު ހިނގާ ތަނެއް ކަމަށް ބެލެވިދާނެ ބާއޭ މިއީ މިއަދު ކޮށްލުން ރަނގަޅު ސުވާލެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބެެނީ ރައްޔިތުން ތަމްސީލް ކުރާ މެމްބަރުންނެވެ. ކޮންމެ 5000 އާބާދީއަކަށް މެމްބަރަކު ކަނޑައަޅަނީ ރައްޔިތުންގެ މިނިވަން ވޯޓަކުންނެވެ.

2019 ވަނަ އަހަރު އިންތިހާބު ކުރެވުނު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުވަތަ އަގުލަބިއްޔަތު ލިބުނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އަދި މައިނޯރިޓީ ލިބުނީ އިދިކޮޅު ޕީޕީއެމް އާއި ދެން ހުރި ސިޔާސީ ޕާޓީތަކަށެވެ.

މަޖިލީހުގައި މުހިއްމު މަސައްކަތް ތަކެއް މިއަދާ ހަމައަށް ކުރެވިގެން ދިޔައިރުގައި ރައްޔިތުންނާއި ގުޅުން ހުރި ކަންކަމާއި ރައްޔިތުންގެ އިހުސާސް ތައް އަޑު އިއްވައި ދީފައިވަނީ ކިތައް މެމްބަރުން ތޯ މިއީ މިއަދު އުފެދޭ ސުވާލެކެވެ.

ގާނޫނު ހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ގާނޫނުތައް އިސްލާހުކޮށް އެކަށަ އަޅަނީ އެއަށް ރައްޔިތުން ތަބާވެ، ގައުމުގެ ކަންކަން އިސްލާހު ކޮށް ގައުމު ހިންގުމުގެ މަތިވެރި އަދި ތެދުވެރި ނިޔަތުގައި ކަމީ ޝައްކެއް ނެތް ކަމެކެވެ. ނަމަވެސް މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ ހަރުގެ އެއްގެ ގޮތުގައި ދެކެން ފަށާ ހިސާބުން އެ މަގްސަދާއި މެދު ސުވާލު އުފެދެން ފަށައެވެ.

ރައްޔިތުންގެ ތާއީދާ އެކުގައި ވޯޓް ލައިގެން ހޮވާ ތަސައްރަފު ފުދި ފުރާ ފުރިހަމަވެފައިވާ އިއްޒަތްތެރި މެމްބަރުން، އިންސާނީ ރިވެތި އަހްލާގާއި އުސޫލުތަކުން އެއްކިބާވެ ހަމަނުޖެހުން ހިންގައި އަޑުގަދަކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކުރަން ފެށުމުން، ބަލަން އިން ޓީވީ ނިއްވާލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުން ބާއޭ ހިތައް އަރައެވެ.

މަޖިލީހުގައި ބައެއް މެމްބަރުން ސްކޫލްތަކުގެ އިނާމް ދިނުމުގެ ޖަލްސާތަކުގައި ބައިވެރި ނުކުރާ ވާހަކަ އާއި ޖަލްސާތައް ޝަރަފުވެރިކޮށްދޭން ނުގެންދާ ވާހަކަ އެޑިއުކޭޝަން މިނިސްޓަރާއި ހިއްސާ ކޮށްފައިވެއެވެ. އެހިސާބުން ހިތަށް އަރަނީ މެމްބަރުން މަޖިލީހުގެ ފްލޯގައި ޖަހާނެހާ ސަކަރާތެއް ޖެހުމަށް ފަހުގައި ޖަލްސާ ޝަރަފުވެރިކޮށް ސްކޫލް ކުދިންނަށް އިނާމު ދިނުމާއި ކައުންސިލް ތަކުގެ އަހަރީ ދުވަސް ފާހަގަ ކުރަން ދިއުމުން އެވާހަކަ އެ ޖަލްސާގެ ބައިވެރިން ނުދެއްކި ނަމަވެސް އެވެރިންގެ ހިތުގައި އުފެދޭ ޝުއޫރުތައް ހަމަ ޔަގީނުންވެސް ތަފާތުވެގެން ދާނެ ކަމެވެ.

އިއްޒަތްތެރި މެމްބަރު ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުން ގޮވާލި ނަމަވެސް އަޑުގަދަކޮށް ރިޔާސަތުގެ ކުރިމަތީ ހަޅޭއްލަވައި އެއް މެމްބަރުގެ ގޮނޑި ކައިރިއަށް ދާ މަންޒަރު ފެނިގެން ގޮސްފައިވަނީ ތާރީހުގައެވެ.

އެއް ދުވަސްވަރެއްގައި ގާނޫނު އަސާސީގެ މައްޗަށް ފައިން އަރާތިބެ މަޖިލިސް ހިންގި ދުވަަސް ވަރެއް ވެސް ހިނގައްޖެއެވެ. ހަގީގަތުގައި މަޖިލީހުގައި ހޭދަވާ ކޮންމެ ދުވަހެއް އަދި ކޮންމެ މަންޒަރެއް މިފަހުން ދަނީ ރައްކާ ކުރެވެމުންނެވެ. ބައެއް ފަހަރު ދެއްކުމަށް ކުޅަދާނަ ނުވާ މަންޒަރު އޮލުމުގައި ޓެލެކާސްޓް ނުކުރެވުނު ނަމަވެސް އެކަމަކީ މޮޅު ކަމެއްކަމަށް ދެއްކުމަށް މެމްބަރުންގެ ފޯނުން ވީޑިއޯކޮށް މީސް މީޑިއާ އަށް ލާފަހަރު މަދުން ނަމަވެސް އާދެއެވެ.

އިހުލާސްތެރިކަމާއެކު ހެޔޮ ހިތަކުން ރައްޔިތަކަށް ކަމެކް ކޮށްދީ ގައުމަށް ހިދުމަތެއް ކޮށްދޭން އެދޭ މެމްބަރަކު ނަމަ ފުރަތަމަ ކަމަކަށް ރިވެތި އަހްލާގުގެ މަތީގައި ހުރެ މަޖިލީހުގެ ޖަލްސާތަކުގައި ފުރިހަމަ އަށް ބައިވެރިވާނެއެވެ. މުޅި އަހަރު ނިމިގެންދާއިރު އެންމެ 2 ނުވަތަ 3 ޖަލްސާ އަށް ހާޒިރުވެ މަސް ނިމޭއިރު މުސާރަ ނަންގަވާ ބައެއް މެމްބަރުން ތިބި ކަމަކީ ހިތާމަ ހުރި ކަމެކެވެ.

މަޖިލީހުގައި 3 ނުވަތަ 4 ދައުރު މަސަައްކަތް ކުރެއްވި މެމްބަރުން ވެސް އެބަތިއްބެވެ. އެ މެމްބަރުންގެ އަރިހުން ފަހުން އަންނަ މެމްބަރުން ނަމޫނާ ނެގުމަށް އިރުޝާދު ދެވެން ނެތީ ބައެއް މެމްބަރުން ވަގުތާއި ހާލަތާއި އެކު މަޑުމައިތިރިކަން ގެއްލި ހަލަބޮލިކަން އިސްކޮށް މަސްރަހު ކިލަނބު ކުރުމަށް ހިތްވަރު ދޭތީއެވެ. މަޖިލީހުގައި މަޑުން ތިއްބަވާ މެމްބަރުންނަކީ އެއްވެސް ހާލެއްގައި ސިޔާސީ ގޮތުން އަޑުމަޑު މެމްބަރުން ނޫންކަން ވެސް ފާހަގަކޮށްލަމެވެ.

ބައެއް ފަހަރު ވިސްނުމުގައި އޮންނަނީ އަޑު ގަދަކޮށް ހަޅޭއްލަވާ އަބުރާ ބެހި ނުވަތަ ހުށަހެޅިފައިވާ މައުޟޫއު އާއި މުޅިން ދެކޮޅު މައްސަލަ ތަކަށް ވާހަކަ ދެއްކުމަކީ ކުރެވޭ މޮޅު ކަމެއް ކަމަށެވެ. ނަމަވެސް މަޖިލީހުގައި ކުރެވޭ މަސައްކަތުގެ ފައިދާ މުޅި ގައުމަށް ކޮށް މުޅި ރައްޔިތުންގެ މަސްލަހަތު އަދި ގައުމުގެ މަސްލަހަތު މަޖިލީހާއި ގުޅިފައިވާއިރު އެވަރު ނުވިސްނަވާ އުޅުއްވުމަކީ ހިތާމަ ހުރި ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އެކި ދައުރުގައި ތަފާތު އެކި ހާދިސާ ތަކާއި އެކި ކަހަލަ މަންޒަރުތައް ފެނިގެން ގޮސްފިއެވެ. އެގޮތުން ރިޔާސަތުގެ ކުރިމަތީގައި އުސްފާރެއް ރޭނުމާއި ފާރުމަތިން މެމްބަރުން އުކުމާއި ސިފައިން މަޖިލީހުގައި ފޯރި މެރުމާއި މަޖިލީހުގެ މައިކްތައް ހަލާކު ކުރުމާއި ކޮމިޓީތައް ކުރިއަށް ގެންދާ ކޮޓަރިތައް ތަޅުލުން ފަދަ އެތައް ކަމެއް ހިނގައިގެން ގޮސްފިއެވެ. މިހުރިހާ ކަމަކީ ދެރަ ކަންކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިޒާމު ގެއްލިގެން ހުއްޓާލަންޖެހޭ ޖެހުމަކީ ހަމަ ގައިމުވެސް އެދާއިރާގެ ރައްޔިތުންނަށް ވެވޭ ބޭއިންސާފެކެވެ. ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްލާނެ ދުވަހެއް ބޭކާރުވެގެން ދިއުމަކީ އެންމެންގެ ވެސް ކަންބޮޑުވުމެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ ތަނަކަށް ހެދުމަށް މަޖިލީހުގެ ޖަލްސާތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ފަދަ އިންތިޒާމެއް ގާއިމް ކުރުމަކީ މިދުވަސް ވަރަށް މުހިއްމު ކަމެކެވެ.

މަޖިލިސް ކުރިއަށް ގެންދިއުމަށް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ މެމްބަރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މަޖިލީހުގެ އިދާރާގެ މުއައްޒަފުންނާއި ހާއްސަކޮށް މަޖިލީހުގެ އަމީން އާއްމާއި ބައްދަލުކޮށްފައިވެއެވެ، ނަމަވެސް ސިޔާސީ ޕާޓީތަކުގެ ހަލަބޮލި ކަމުގައި އަދި ކުރިމަގެން ފެންނަ ގޮތް ވަނީ ނުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: