ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ލިބެން ނުޖެހޭ މީހަކަށް ލިބުނީމަ ދެންވާނެ ގޮތް މިފެންނަނީ: އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ލިބެން ނުޖެހޭ މީހަކަށް ލިބުމުން ދެންވާނެ ގޮތް މިއަދު ފެންނަމުންދާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި އާޒިމް ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ވެރިކަން ދިނުމަކީ ކުރެވުނު ދެރަ ކަމެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ރައީސް ސާލިހް ފަދަ ނާގާބިލު ވެރިން ވެރިކަމަށް ލައިގެން ރައްޔިތުން ތިބެންޖެހޭނީ ހާލުގައި ކަމަށެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުން ލަސްވަމުން ދާތީ އެ ޕާޓީން އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަނާއި ބައްދަލު ކޮށްފައެވެ.

އެ ބައްދަލުވުމުގައި ކޮމިޝަންގެ ދެ މެމްބަރެއްގެ ހިޔާލު ތަފާތު ވުމުގެ  ސަބަބުން މިވަގުތު ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްދެވެން ނެތް ވާހަކަ ބުނެފައިވެއެވެ.

އާޒިމް ވިދާޅުވީ ފުރަތަމަ ޑިމޮކްރެޓްސް އަށް ފޯމު ފުރައިގެން ވަތް މީހުންނަކީ ހިތްވަރު ގަދަ ބައެއް ކަމަށެވެ. އަދި އެމީހުންނަކީ ލާރިއަކަށް ސިހެން ތިބޭނެ ބައެއް ނޫން ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ބަހެއް ނެތް ސަރުކާރެއް ދެން އަންނަން ނެތް ކަމަށާއި މުސްތަގުބަލުގައި އެޕާޓީން ވެރިކަން ކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންވީމަ އެކަން ކުރެވެން އޮތީ ތިބޭފުޅުން ހިތްވަރު ލައިގެން. ތިބޭފުޅުން އަޅުގަނޑުމެންނާ އެއްކޮށް ނުކުމެގެން ނޫން ގޮތަކަށް ނޫނީ ފަސޭހަގޮތަކަށް މިކަން ނިންމި ދާނެ ހެން އަޅުގަނޑަކަށް ހިއެއް ނުވޭ.

އާޒިމް ވިދާޅުވީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުން އަވަސް ކުރަން ޕާޓީއަށް ވަނުމަށް ފޯމް ފުރި އެންމެން ތިބީ މަގުމައްޗަށް ނިކުތުމަށް ތައްޔާރަށް ކަމަށެވެ. އަދި އެމީހުން ނުކުމެއްޖެ ނަމަ ދެން މިސަރުކާރަށް ނޯވެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އާޒިމް ވިދާޅުވީ ޑިމޮކްރެޓްސް އިން ކޮންމެ ރެއަކު ހަރުގެ އަށް އެއްވަން ޖެހޭނެކަމަށެވެ. އަދި މަގުމައްޗަށް ނިކުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އިން ތަރުތީބު ނުވެ މަގުމައްޗަށް ނިކުމެއްޖެނަމަ ޒިންމާ ވާނެ ފަރާތެއް ނޯންނާނެ ކަމަށާއި އެހެންކަމުން ޕާޓީ ހެދުމުގެ ފުރުސަތު ދިނުމަށް އާޒިމް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: