ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރބަންކޯ ފުޑް ކާނިވަލް ބާއްވަނީ!

ފުޑް ކާނިވަލްގެ ޕޯސްޓަރެެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް’  ޕަވާޑް ބައި ދިރާގު އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ ކާބޯތަކެތީގެ އެންމެ ބޮޑު ކާނިވަލެވެ.

މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިޖޫންމަހުގެ 20ން 24 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

މި ކާނިވަލްގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ކެއްކުމާ ގުޅުންހުރި ތަފާތު ތަކެއްޗާއި ވަގުތުން ތައްޔާރުކޮށްފައިވާ ކާނާ އަޖުމަ ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމަ މިއާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހުނަރުވެރި ކެއްކުމާއި ތަފާތު ރަހަތަށް ލިބެން ހުންނާނެއެވެ.

އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލްގައި ކާބޯތަކެތީގެ އިތުރުން ކާނިވަލެއްގެ މަޖާ ހަރަކާތްތައް ވެސް ހިމެނިގެންދާނެ އެވެ. އޭގެ ތެރޭގައި، ކާނިވާ ކުޅިވަރުތަކަށް ހާއްސަ ‘ފަން އެރީނާ’ އާއި ކުރީގެ ހަނދާންތައް އާކޮށް ދިވެހިންގެތެރޭގައި މަޝްހޫރު ‘ހަންޑިގަނޑުވަރުގެ’ ނަމުގަ ބިރުވެރި ހޮހޮޅައެއް ފަރުމާ ކުރެވިފައިވެއެވެ.

އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލަކީ  ރާއްޖޭގައި އޮތް ކާބޯތަކެތީގެ ކުލަގަދަ ސަގާފަތް ތަޖުރިބާކޮށްލައި ފެސްޓިވަލް ހަރަކާތްތަކުގެ ތެރެއިން ޒަމާނާ އެކު ކާބޯތަކެއްޗަށް އައި ބަދަލުތައް ފާހަގަކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މިއީ ‘ފުޑީސް’އަށް ނުވަތަ ތަފާތު ކެއުންތަކަށް ޝައުގުވެރިވާ ފަރާތްތައް ކޮންމެހެން ވެސް ޒިޔާރަތްކޮށްލަން ވާނެ ވަރުގެ އިވެންޓެކެވެ.

މި ކާނިވަލަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ނެގޭ ގުރުއަތަކުން ކޮންމެ ދުވަހަކުވެސް އިނާމު ލިބުމުގެ އިތުރަށް، ކާނިވާ ނިމޭ ދުވަހު ވަރަށް ހާއްސް އިނާމެއްގެ ގުރުއަތުނެގުން އޮންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: