ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް މައްސަލައެއް ނިމެންދެން ދައުރު ދަންމާލަން އެމްޑީޕީގެ ޕީޖީ ގުރޫޕުން އެދިއްޖެ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ފަސް މައްސަލައަކާއިމެދު ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރު ދިގު ދަންމާލެއްވުމަށް ފުރުސަތު ދެއްވުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

މަޖިލީސް ޑެޑްލޮކެއްގެ ތެރޭގައިވުމާއިއެކު، މަސައްކަތްތައް ވަނީ ހުއްޓިފައެވެ. ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުން އިދިކޮޅު ފަރާތްތަކަށް އެ މައްސަލައިގައި ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު، އިދިކޮޅުންދަނީ އެކަމުގައި ޒިންމާ ނަގަންޖެހެނީ ސަރުކާރުގެ ފެކްޝަންކަމަށް ބުނަމުންނެވެ.

މަޖިލީހުގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކަށް ހައްލުތަކެއް ގެނައުމަށް މަސައްކަތްކުރައްވާކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރުވަނީ މިފަހުން ލިބިވަޑައިގެންނެވި އެކި ފުރުސަތުތަކުގައި ފާހަގަކުރައްވާފައެވެ. މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވުމާއިއެކު އިދިކޮޅުންވަނީ އިއްޔެގެ ވަގުތެއްގައި އެ މުއައްސަސާއަށް ވަޑައިގެން ގޮނޑިފަދަ ތަކެތި ގޯތި ތެރެއަށް ނެރި އަތުރައި، ނުރުހުން ފާޅުކޮށްފައެވެ.

އުފެދިފައިވާ މައްސަލަތަކަށް އަލިއަޅުއްވައި، އަސްލަމް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ގަވައިދުތަކާއި ޑިމޮކްރެޓިކް ހަމަތައް ހިފެއްހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް އެ މުއައްސަސާގެ ގަވައިދުގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ރައީސް ނަޝިދު އިސްވެ ހުންނަވައިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައިވުމާއިއެކު އޭނާ ކަންބޮޑުވެވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

އަސްލަމް ވަނީ އޭނާ ފޮނުއްވި ސިޓީގައި ރައީސް ނަޝީދު އުޒުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވި ވާހަކައަށްވެސް އިޝާރާތްކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް އަދި ނައިބުރައީސް އުޒުވެރިވާ ހާލަތު މެދުވެރިވެގެންދިޔަ އިރު، ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައެޅިފައިވާ ފަސް މެމްބަރުން ކުރެ އެއްވެސް މެމްބަރަކަަށް އެ މަސްއޫލިއްޔަތު ހަވާލު ނުކުރެއްވުމަކީ ރައީސް ނަޝީދުގެ މައްޗަށް ލާޒިމުކުރެވިފައިވާ ޒިންމާތައް އަދާނުކުރެއްވުންކަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވަނީ ރައީސް އަދި ނައިބު ރައީސްގެ މައްސަލަ ހުށައެޅުމުގެ ސަބަބުންކަމަށް ރައީސް ނަޝީދުވަނީ ދާދި ފަހުން ނޫސްވެރިންނާއި ހިއްސާކުރައްވާފައެވެ. އެ ވާހަކަތަކަށްވެސް އަސްލަމް ރައްދުދެއްވިއެވެ. އޭނާ ވިދާޅުވީ، ދެ ބޭފުޅުންގެ މައްސަލަތައް ހުށައަޅާފައިވަނީ ގަވައިދުތަކާއި އެއްގޮތަކަށް ކަމަށްވުމުން، ނައިބު ރައީސްގެ މައްސަލައިގައި މަޖިލީހުގެ ރައީސްއަށް ރިޔާސަތު ބެލެހެއްޓުމުގައި އެއްވެސް ހުރަހެއް ނެތްކަން ސާފުކަމަށެވެ. އަދި ޒާތީކަމަކާއި ގުޅިގެން އުޒުވެރިވެވަޑައިގަންނަވާ ހާލަތެއްގައިނަމަވެސް، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތް ގަވައިދުގެ ދަށުން ކުރިއަށް ގެންދެވުމަކީވެސް އެމަނިކުފާނުގެ ޒިންމާއެއްކަމަށް ބުނެފައިވެއެވެ.

އަސްލަމްގެ ސިޓީގައި އޭނާވަނީ މިހާރު އޮތް ހާލަތާއި އެއްފަދަ ހާލަތެއް މީގެ ކުރިން ފެނިގޮސްފައިވާކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން އަބްދުﷲ މަސީހު މަޖިލީހުގެ ރައީސްކަމުގައި ހުންނެވިއިރު، އޭނާގެ މައްޗަށް ހުށައެޅިގެންދިޔަ މައްސަލަ ބެއްލެވީ އޭރުގެ ނައިބު މޫސާ މަނިކުކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މޫސަ މަސީހުގެ މައްސަލަ ބެއްލެވީ އޭނާގެ މައްޗަށްވެސް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިފައިވަނިކޮށްކަމަށެވެ. އެހެންކަމުން ހުށައެޅިފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމުގެ ގާނޫނީ އަދި އިންތިޒާމީ އެއްވެސް މައްސަލައެއް ނެތްކަން ވަރަށްވެސް ސާފުކަމަށް އަސްލަމް ވިދާޅުވިއެވެ. މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައިވަނީ ގަސްތުކުރައްވައިގެންކަމަށާއި، އެކަން ކުށްވެރިކުރައްވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ސިޓީގައި އޭނާވަނީ އެމްޑީޕީއިން ހުށައަޅާފައިވާ ބައެއް އިސްލާހުތަކުގެ މަސައްކަތްތައް އެޖެންޑާ ނުކުރެވޭކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވި، މަޖިލީހުގެ ދައުރު ނިންމުމަށް ބާކީ އެއް ޖަލްސާއަށްވެފައިވާކަމަށެވެ. އެހެންކަމުން ހުށައެޅިފައިވާ ފަސް މައްސަލައަށް ގޮތެއް ނިމެންދެން ދައުރު ދަންމާލެއްވުމަށް ފުރުސަތު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

އަސްލަމް ފާހަގަކުރެއްވި ފަސް މައްސަލައަކީ، ދާއިމީ ކޮމިޓީތަށް އެކުލަވާލެވިފައިނުވާ މައްސަލަ، ބަންޑާރަ ނައިބާއި ހާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމުގެ މައްސަލަ އަދި އިލެކްޝަންސްއަށް މެމްބަރަކު އައްޔަނުކުރުމުގެ މައްސަލައިގައި އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ މައްސަލައެވެ.

އޭނާވަނީ ގާނޫނޫއަސާސީ އަދި މަޖިލީހުގެ ގަވައިދުގެ އިތުރުން ކުރައްވައިގެން ހުންނެވި ހުވާތަކާއި އެއްގޮތަށް ޒިންމާ އަދާކުރެއްވުމަށް އިލްތިމާޒްކުރައްވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: