ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ “ޚިދުމަތަށް ދެ އަހަރު”

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޚިދުމަތަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.

ލޮނުޒިޔާރަތް ޕާކުގައި  ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއެވެ. މި ޖަލްސާގައި މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުން ބާރުވެރިކޮށް އެކަނބަލުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށް ހިތްވަރު ދިނުމަށްޓަކައި “ރަނި އެވޯޑް”ގެ ނަމުގައި އެވޯޑެއް 13 ފަރާތަކަށް ވަނީ ދީފައެވެ. މިި އެވޯޑްތައް ހަވާލްކޮށްދެއްވާފައިވަނީ މިނިސްޓަރު ޑރ އައިޝަތު އަލީއެވެ.

ރަނި އެވޯޑް ލިބުނު ފަރާތްތައް:

ވިސާމާ ހަސަން / މ. މުލި (ތައުލީމީ ދާއިރާ)
އައިމިނަތު ވިލީނިއާ / ގ. މެޑޯ (އިގްތިސޯދީ ދާއިރާ)
ޑރ އާއިޝަތު ޝިނާ / މއ. ޑޯންލައިޓް (ތައުލީމީ ދާއިރާ)
އައިމިނަތު ފަހީމް / ހ. ފެހިވިނަމާގެ (އިޖްތިމާއީ ދާއިރާ)
މަރިޔަމް ލައިޒާ / ހ. ފެހިއާލާ (އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާ)
އައިޝަތު ސީމާ / މ. ފެހިގެ (އިޖްތިމާއީ ދާއިރާ)
ޒިދުނާ އަލީމަނިކު / މއ. ފޮގެޓްމީނޮޓް (އިގްތިސޯދީ ދާއިރާ)
އާއިޝަތު ޝިރުހާން / މ. ހިޔަލީގުލްޝަން (އިޖްތިމާއީ ދާއިރާ)
އާއިޝަތު ޝަރީފާ އިބްރާހީމް / މ. ސަބުދެލިގެ (އިގްތިސޯދީ ދާއިރާ)
ރަދީފާ ހުސައިން / މ. ޖާރރަލްގެ 1 (އިޖްތިމާއީ ދާއިރާ)
މީގެއިތުރުން، މެއި 2022 އިން މެއި 2023ގެ ނިޔަލަށް ކޮމެޓީގެ މެމްބަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ޕާފޯމަންސް ދައްކައިފާ 4 މެމްބަރުންނަށް ކޮމިޓީގެ ރައީސްގެ ފަރާތުން ޚާއްސަ އެވޯޑެއް ދީފައިވެއެވެ. އެއީ،
އައިމިނަތު އަބްދުލް ގައްޔޫމް – ގަލޮޅު ހުޅަނގު ދާއިރާގެ މެމްބަރު
ފާތިމަތު ޝިރްމީނާ – ގަލޮޅު މެދު ދާއިރާގެ މެމްބަރު
ފާތިމަތު ލައިޒާ – ހެންވޭރު އުތުރު ދާއިރާގެ މެމްބަރު
ފާތިމަތު ބަދޫރާ – މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު

މި ޖަލްސާގައި ވާހަކަދައްވަމުން މިނިސްޓަރު ޑރ އައިޝަތު އަލީ ވަނީ އެވޯޑް ލިބުނު ފަރާތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި ވިދާޅުވީ، އެވޯޑް ލިބުނު ކަނބަލުންގެ މަސައްކަތްތެރިކަމުން ދިވެހި ކަނބަލުންނަކީ ހިތްވަރުގަދަ ކެރޭ ބައެއްކަން އެނގިގެން ހިނގައްޖެކަމަށެވެ. އުންމީދުކުރައްވަނީ އިތުރު އަންހެނުން އެބޭފުޅުންގެ ކިބައިން ނަމޫނާ ލިބިގަންނަ ބަޔަކަށް ވާނެކަމަށްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު މި ތަޖުރިބާކުރާ މިނިވަންކަމާއި ހައްގުތައް މާދަމާ ގޮސްދާނެކަމަށާއި، މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމު ކަމަކީ އަންހެން ދަރިވަރުންނަށް ތައުލީމް ދިނުންކަމަށެވެ. އެގޮތުން އަންހެންކުދިން ބާރުވެރިކުރުވަން ރޯލް މޮޑެލްތަކެއް ތިބެންޖެހޭކަމަށާއި، ހުރިހާ ކަނބަލުންވެސް ކުރިއަރަމުން އަންނަ ދިވެހި ދަރިވަރުން ނަމޫނާ ލިބިގަންނާނެ ރޯލް މޮޑެލުންނަށް ވުމަށް މިނިސްޓަރު އެދިވަޑައިގަގަތެވެ.

މި ހާއްސަ ޖަލްސާގައި މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި، އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތެރި ކަނބަލުންނާއި، މާލޭ ސިޓީގެ ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: