ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލަމް އެދިވަޑައިގަތީ ކޮމިޓީތަކުގެ މައްސަލައިގައި ވޯޓު ނެގުމަށް ޖަލްސާއެއް ބާއްވައިދިނުމަށް

ހިތަދޫ އުތުރު ދާއިރަގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ ޖަލްސާގެ އެޖެންޑާ އެކުލަވާލައިފަނީ، މީގެ ކުރިން އެކުލަވާލާ ގޮތަކަށް ނޫންކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީސް ފެއްޓަވަމުން ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށްފަހު، ރިޔާސަތުން ދެއްވި ފުރުސަތުގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދެނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް ތަރުތީބުވުން އެއީ އުފާކުރައްވާކަމެއްކަމަށެވެ. އަސްލަމް މިހެން ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައީސް ނަޝީދު އުޒުރުވެރިވީ ނަމަވެސް، ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކުރައްވާ ރިޔާސަތާއި ހަވާލުވުމުންނެވެ.

ރައީސް ނަޝިދު ރިޔާސަތާއި ހަވާލުވެވަޑައި ނުގަނެންނެވިނަމަ، މިއަދުގެ ޖަލްސާވެސް ނުބޭއްވޭނެއެވެ. ރައީސް ނުވަތަ ނައިބު ރައީސްއަށް ދިމާވާ ހަލާތަކާއި ގުޅިގެން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ނޫން އެހެން މީހަކަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވޭނީ ވިދިވިދިގެން 3 ޖަލްސާގައެވެ. ރައީސް އާއި ނައިބު ރައީސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވީ، އެ ދެ ބޭފުޅުންގެވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި އޮތުމުންނެވެ. އަދި މަޖިލީސް ހުއްޓުވުމަކަށް އައި ސަބަބަކީ މިއީކަމަށް ރައީސް ނަޝީދާއި، އިދިކޮޅުގެ މެންބަރުންވެސް ގަބޫލުކުރައްވައެވެ.

މިހާލަތުގައި މަޖިލީސް އޮތްއިރު، މަޖިލީސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށްޓަކައި އެމްޑީޕީގެ ޕީޖީއިން މަސައްކަތް ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް އަސްލަމް އޭނާގެ ވާހަކައިގައި ވިދާޅުވީ، މިއަދުގެ ޖަލްސާގެ އެޖެންޑާގައި ބަހުސްކުރުމަށް ހަމަޖެހިފައިވާ މައްސަލައިގެ ވޯޓު ނެގުން އެހެން ޖަލްސާއަކަށް ހަމަޖައްސާފައި އޮތް އޮތުން މިއީ އަލަށްވީކަމެއްކަމަށެވެ. މިއަދުގެ މި ޖަލްސާއަކީ މި ދައުރުގެ ފަހު ޖަލްސާކަމަށް ރައީސް ނަޝީދު އިއުލާން ކުރައްވާފައިވާތީ، އަސްލަމް ވިދާޅުވީ ކޮމިޓީ އެކުލަވާލުމާއި ގުޅިގެން ވޯޓު ނެގުން އެހެން ދުވަހަކަށް ފަސްކޮށްފިނަމަ، މި މައްސަލައިގައި ދެން ގޮތެއް ނިންމޭނީ ދެން އަންނަ ދައުރުގައިކަމަށެވެ.

އެހެންކަމުން ޗުއްޓީއަށް ދާން ޖެހޭނީ ކޮމިޓީތަށް އެކުލަވާލުމާއި ގުޅިގެން ވަކި ގޮތެއް ނުނިންމައިވަނިކޮށްކަމަށް ފާހަގަކޮށް އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޕީޖީއިން ދެކޭ ގޮތުގައި މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާއާއި އަދި އެ ގަވާއިދުގެ 149 މާއްދާ ބަޔާންކުރާ ގޮތުން ދާއިމީ ކޮމިޓީތަކަކީ ދެމި އޮންނަ ކޮމިޓީއެއްކަމަށެވެ. ނަމަވެސް މިކަން ކަށަވަރުނުވާކަމަށާއި، ކޮމިޓީތައް ނިމިފައި އޮތުމަކީ މުހިންމުކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އެދިވަޑައިގަތީ މިހާރު ހުރި، އެޖެންޑާކުރަން މަޖިލީހުގެ ގަވާއިދުން ލާޒިމްކުރާ ކަންތައްތަކަށް ގޮތެއް ނިންމެވޭނެ ގޮތަކަށް ހައްދަވައިދިނުމަށެވެ. އެހެންކަމުން ކޮމިޓީތަކުގެ މައްސަލައިގައި ގޮތެއް ނިންމެވުމަށް އިތުރު ޖަލްސާއެއް ބޭއްވުމަށްވެސް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: