ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާ އާއި ދެކޮޅަށް ކުރި މަސައްކަތްތައް ހުއްޓާލައި ވެގްނާރއިން ބެލަރުސްއަށް ދިއުމަށް މިސްރާބު ޖަހައިފި

ވެގްނާރ ގުރޫޕުގެ އިސްވެރިޔާ ޔިވްގެނީ ޕްރިގޯޒިން އެނބުރި ދިއުމުގެ ތެރެއިން: ފޮޓޯ/ ރޮއިޓާރޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އަސްކަރީ އެއްބަސްވުމެއްގެ ދަށުން ޔޫކްރެއިންއާއި ދެކޮޅަށް ހަނގުރާމައިގައި ވާގިވެރިވުމަށްފަހު، އުފެދުނު މައްސަލައެއްގެ ސަބަބުން ރަޝިއާއި ދެކޮޅަށް ތެދުވެ ޕުޓިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އަރާ ހަމަލާދޭން ފެށި ވެގްނާރ ގުރޫޕުން މަސައްކަތްތައް ހުއްޓާލުމަށްފަހު އެނބުރި ދާންފަށާފައިވާކަމަށް ބައިންލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން އެ ގުރޫޕުގެ ހަނގުރާމަވެރިންތަކަކަށް ރޮކެޓު ހަމަލާއެއް ދީފައިވާކަމަށް ބުނެ، ޕުޓިން އާއި ދެކޮޅަށް މަސައްކަތްތައް ފެށި ވެގްނާރ ގުރޫޕުގެ އިސްވެރިޔާ ޔިވްގެނީ ޕްރިގޯޒިން ބުނެފައިވާގޮތުން، އަނބުރާ ދިއުމަށް ނިންމާފައިވަނީ ލޭ އޮހޮރުވުމެއް ހިންގަން ބޭނުން ނުވުމުގެ ސަބަބުންނެވެ. ރަޝިއާގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ޔިވްގެނީގެ އަދި އޭނާގެ ހަނގުރާމަވެރިން މިހާރު މިސްރާބު ޖަހާފައިވަނީ ބެލަރުސްއަށެވެ. އަދި އެތަނަށް ވާސިލުވުމުން ގައްދާރުވިކަމުގެ ދައުވާ އަނބުރާ ގެންދާނެކަމަށްވެސް ބުނެފައިވެއެވެ. މިއީ ޔޫކްރެއިން އާއި ދެމެދު ފެށިފައިވާ ހަނގުރާމައިގެ ތެރެއިން ރަޝިއާއަށް ކުރިމަތިވި އެންމެ ބިރުވެރި އަދި ފާހަގަކޮށްލެވޭ ދުވަސްކަމަށް މަސްރަހު ބަލަމުންދާ ގިނަ ފަރާތްތަކުން ބުނެއެވެ.

ވެގްނާރ ގުރޫޕަކީ ރަޝީއާއާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ގައުމުން ޔޫކްރެއިން ހިފުމަށް ކުރަމުންދާ މަސައްކަތްތަކަށް އެންމެ ވާގިވެރިވެފައިވާ އެއް ފަރާތެވެ. ރަޝިއާ އަދި ވެގްނާރ ގުރޫޕުގެ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވަނީ ޔުކްރެއިން ހަނގުރާމައިގައި އަމަލުކުރާނެ ގޮތާއިމެދުކަމަށްވާއިރު، އެ ޖަމާއަތުގެ އިސްވެރިޔާވަނީ މި ފަހަކަށް އައިސް ރަޝިއާ އަދި ޕުޓިންއަަށް އެކި ފުރުސަތުތަކުގައި ފާޑުކިޔާފައެވެ.

އެހެންނަމަވެސް މި މައްސަލަ ބޮޑުވެގެންދިޔައީ ވެގްރާ ގުރޫޕު އޭރު ތިބި ޔޫކްރެއިންގެ ސަރަހައްދުތައް ދޫކޮށް ރޮސްޓޮވް އޮން ޑޮން ކިޔާ ސަރަހައްދަކަށް ދިއުމާއިއެކުއެވެ. އެ ހިސާބުން އެ ޖަމާއަތުންވަނީ އެ ސަރައްދުގެ ބާރުގެ ދަށަށް ގެނެސް އަސްކަރީ ވަސީލަތްވެސް އަތުލުމަށްފަހު، ރަޝިއާގެ ވެރި ރަށަށް ދިއުމަށް މިސްރާބު ޖަހާފައެވެ. އެހެންކަމުން ރިޝިއާއިންވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

މި ހަމަނުޖެހުންތައް އިތުރުވެގެންދިއުމުގެ ފުރުސަތު އޮތްކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެގޮތުން ޕުޓިންއަށް ފުރިހަމައަށް ތާއީދުކުރާ ރަޝިއާގެ ބާރުގެ ދަށުގައިވާ ޗެޗްނިއާގެ އެތައް ހާސް ހަނގުރާމަވެރިންނެއް ވެގްނާރގެ ކިބައިން ރަޝިއާ ދިފާއުކުރުމަށް މިސްރާބު ޖަހާފައިވާކަން ރިޕޯޓުކުރެވިފައިވާއިރު، ޕުޓިންވެސް ވަނީ ރަޝިއާއަށް ގައްދާރުވި އެންމެންނަށް އަދަބު ދޭނަކަމށް ބުނެފައިއެވެ.

މަސްރަހު އިންތިހާއަށް ހޫނުވުމަށްފަހު، ކުއްލި ގޮތަކަށް ފިނިވެގެންދިޔައީ ރަޝިއާ އާއި އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ގައުމެއްކަމަށް ވާ ބެލަރުސްގެ އިސްވެރިޔާ އެލެކްސެންޑާރ ލޫކަޝެންކޯ އަދި ޕްރިގޯޒިން ދެމެދު ކުރެވުނު މަަޝްވަރާތަކަކަށް ފަހުކަމަށް ރަޝިއާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ބެލަރުސްއިންވަނީ ދާދި ފަހުން ރިޝިއާއަށް ވާގިވެރިވުމަށް އަސްކަރީ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. މި ވާހަކަތައް ރިޕޯޓުކުރެވުނުތާ ގިނަ އިރުތަކެއް ނުވެ، ވެގްނާރ ގުރޫޕުގެ މިސްރާބު ބަދަލުވެފައިވާކަން ފެނިގެންދާ ވީޑިއޯތަކެއްވެސް އާންމުވެގެންދިޔައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: