ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮންޑޫރަސްގެ ޖަލެއްގައި އަންހެން ގައިދީންގެ ދެމެދު ހަމަނުޖެހުން ހިންގައި 46 މީހަކު މަރާލައިފި

ޖަލުގައި ހިނގި ހާދިސާއާއި ގުޅިގެން އާއިލާތަކުން ހިތާމަ ފާޅުކުރަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮންޑޫރަސްގެ ޖަލެއްގައި ކުށްކުރާ ޖަމާއަތްތަކެއްގެ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ގަދީންގެ ގޮތުގައި ތިބި 46 އަންހެނަކު މަރާލައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ފާހަގަކުރާގޮތުން، މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ވެރިރަށާއި ފަންސާހަކަށް ކިލޯމީޓަރު ދުރުގައި ހުންނަ ޖަލެއްގައިކަމަށްވާއިރު، އެތައް ބައެއްގެ ހަށިތައް ފެނިފައިވާކަމަށް އެ ގައުމުގެ ފުލުހުންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. ރިޕޯޓުތަކުގައި ޝާއިއުކޮށްފައިވާގޮތުން، ބައެއް ފަރާތްތައް މަރާލާފައިވަނީ ބަޑިޖަހައިގެންކަމަށްވާއިރު، ބައެއް މީހުންނަށް ބަޑިޖެހުމުގެ ސަބަބުން އަނިޔާވެ ފަރުވާދެމުންދާއިރު، ތޫނު ހަތިޔާރުން ދީފައިވާ ހަމަލާތަކުގެ ސަބަބުންވެސް ފަރުވާދެމުންދާކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ ފަރާތުން މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، އަންހެން ގޭންގު މެމްބަރުންތަކެއްގެ ދެމެދު ހިނގި މި ހާދިސާގައި ބަޑި ބޭނުންކުރުމާއި، ކަތިވަޅިފަދަ ތަކެތި ބޭނުންކުރެވިފައިވާކަންވެސް ފާހަގަކުރެވިފައިވާއިރު، އެގޮތަށް އަނިޔާކޮށްގެން މަރުނުވީ މީހުން ގޮޅިތަކުގައި ބަންދުކުރުމަށްފަހު، އަލިފާން ރޯކޮށް މަރާލިކަންވެސް ފާހަގަކުރެވޭކަމަށެވެ.

ހޮންޑޫރަސްގެ ރައީސާ ޒިއޮމާރާ ކާސްޓްރޯވަނީ މި މައްސަލަ އޭނާއަށް ސިހުމަކަށް ވެގެންދިޔަކަމަށް ފާހަގަކުރައްވާފައެވެ. އަދި މިއީ އިންސާނިއްޔަތާއި ހިލާފަށް އަންހެނުންތަކެއް މެރުމުގެ މައްސަލައެއްކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ. އޭނާވަނީ ބާރުގަދަ ކުށް ކުރާ ޖަމާއަތްތަކުގެ މައްޗަށް މި މައްސަލައިގެ އިލްޒާމުތައް އަޅުވާފައެވެ. އަދި މި މައްސަލައާއި ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށްވެސް އޭނާވަނީ ޓްވީޓެއްގައި ހިއްސާކުރައްވާފައެވެ.

ގައިދީންގެ އާއިލާތަކުގެ ޖަމިއްޔާގެ ރައީސް މީޑިއާތަކާއި ހިއްސާކުރެއްވިގޮތުން، މައްސަލަ ފެށިގެންދިޔައީ ކުށްތަކަށް އަރައިގަތުމުގައި މަޝްހޫރު ނުރައްކާތެރި ދެ ޖަމާއަތެއްކަމަށްވާ ”ބާރިއޯ 18“ އަދު ”މަރާ ސަލްވަޓްރޫހާ“ ނުވަތަ ”އެމްއެސް- 13“ ގެ މެމްބަރުންގެ ދެމެދު ތަޅާފޮޅުންތަކެއް ހިންގުމުގެ ސަބަބުންނެވެ.

ހާދިސާ ހިނގުމާއިއެކު އެ ޖަލުގެ ގައިދީންގެ އާއިލާތައްވަނި ޖަލު ސަރަހައްދަށް އެއްވެ އާއިލީ މީހުންގެ ހާލަތު ދެނެގަތުމަށް މަސައްކަތްކޮށްފައެވެ. އެގައުމުގެ ޖަލުތަކުގެ ނިޒާމު ބަލަހައްޓާ އިސް ފަރާތެއް މީޑިއާތަކާއި ހިއްސާކުރައްވާފައިވާގޮތުން، ހަމަނުޖެހުންތައް ހިނގުމަށް މެދުވެރިވި އެއް ސަބަބަކީ، އެ ގައުމުގެ ސަރުކާރުން ޖަލުތަކުގައި ހިނގަމުންދާ ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުންކަމަށް ގަބޫލުކުރެވެއެވެ. އަދި ޖަމާއަތް ހަދައިން ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަސް ނުޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ހޮންޑުރަސްގެ ޖަލުތަކުގައި ގައިދީން އަދި ކުށް ކުރާ ޖަމާއަތްތައް ބާރުވެރިކަމާއިއެކު އުޅުމަކީ އާންމު ހާލަތެވެ. އަދި އަމިއްލަ ގަވައިދުތައް ހަދައިގެން ގައިދީން ހަރަކާތްތެރިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. މިއީ 2017 ވަނަ އަހަރުގެ ތެރޭގައި އަންހެން ކުދިންގެ ޝެލްޓަރެއްގައި ތިބި ކުދިންތަކެއް ޖިންސީ ގޯނާ އާއި ދެކޮޅަށް އަޑުއުފުލުމަށް ކުރި މަސައްކަތްތަކެއްގެ ތެރެއިން ގޮދަޑިތަކެއްގައި ރޯކޮށްލުމުގެ ސަަބަބުން ނޭވާ ހާސްވުމާއި އަލިފާނުގެ ސަބަބުން 41 މީހަކު މަރުވި ހާދިސާއަށްފަހު އެ ގައުމުގައި ހިނގާފައިވާ އެންމެ ހިތާމަވެރި ހާދިސާއެވެ.

މި ގަރުނުގައި ދުނިޔެމަތީގެ ޖަލެއްގައި ހިނގާފައިވާ އެންމެ ބޮޑު އަދި ނުރައްކާތެރި ހާދިސާވެސް ހިނގާފައިވަނީ ހޮންޑޫރަސްގައެވެ. އެގޮތުން 2012 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުގެ ޖަލެއްގައި ރޯވުމުގެ ސަބަބުން 361 މީހަކު މަރުވެގެންދިޔައެވެ. އެހެންނަމަވެސް އެ އަދަދުގެ ތެރެއިން ގިނަ މީހުންނަކީ ދައުވާވެސް ކުރެވިފައިނުވާ ފަރާތްތަކާއި ދައުވާ އެއް ސާބިތުވެފައިނުވާއިރު ހައްޔަރުގައި ތިބި ފަރާތްތައްކަމަށްވެސް އޭރު ރިޕޯޓުތައް ކުރެވިގެންދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: