ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތީގެ މައްސަލައިގައި އަމާޒުވާ ފާޑުކިޔުންތަކަށް ހަސަން ލަތީފްގެ ރައްދެއް

ހަސަން ލަތީފް މ.ކުނޫޒްގައި: ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުންތަކަކަށް ގޯތިލިބިފައިވާކަމަށް ފާހަގަކުރައްވާ ސީޕީ ހަމީދުގެ އަނބިކަނބަލުން މަލާމާތުގެ ބަސްތައް ރައްދުކުރައްވަމުންދިއުމާއިއެކު، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރައްދު ދެއްވައިފިއެވެ.

ރައީސް ސާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ ބިންވެރިޔާ ސްކީމުން ޑިމޮކްރެޓްގެސްގެ ގިނަ އަދަދެއްގެ އިސް މެމްބަރުނަށް ގޯތި ލިބިފަިއވާކަމަށް އިޝާރާތްކުރައްވާ ސީޕީ ހަމީދުގެ އަނބިކަނބަލުން ނާޒިހާ އަހުމަދު ވަނީ ފާޑުވިދާޅުވެފައެވެ. އޭނާވަނީ ގޯތި ލިބުނު ލިސްޓުގައި ވާ ޑިމޮކްރެޓްސްގެ މެމްބަރުންގެ ފޮޓޯ ހިއްސާކުރައްވާފައެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލުގެ މެމްބަރު ސައިފް ފާތިހު، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އަދި ހަސަން ލަތީފްއާއި އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދުގެ އިތުރުން މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުވެސް ހިމެނިވަޑައިގަންނަވާކަން އޭނާވަނީ ފާހަގަކުރައްވާފައެވެ. އޭނާ ހިއްސާކުރެއްވި ފޮޓޯތަކުގައި އިދިކޮޅުގެ އެހެން ފަރާތްތައްވެސް ފާހަގަކޮށްފައިވެއެވެ.

ނާޒިހާ ކުރެއްވި ޓްވީޓަށް ރައްދުދެއްވައި ހަސަން ލަތީފް ވިދާޅުވީ، އެއްވެސް އިރެއްގައި ފޯމުތަށް ނުލުމަށް ވިދާޅުވެފައިނުވާނެކަމަށެވެ. ހަސަން ވިދާޅުވީ، އޭނާ ވަނީ ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން އެ ސްކީމަށް ކުރިމަތިލެއްވުމަށް ބާރުއަޅުއްވާފައިކަމަށެވެ. އޭނާ ވަނީ މަލާމާތުގެ ބަސްތަކަށް ނުގުޑާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކިތަންމެ ވަރަކަށް އެފަދަ ބަސްތައް ރައްދު ކުރެއްވި ނަމަވެސް، ފްލެޓު އަދި ގޯތި ހޯއްދެވުމުގެ މަގުސަދުގައި ދެވަނަ ދައުރެއްގެ ވާހަކަތައް ދައްކަވައި، ރައީސް ސާލިހުގެ ”ފައިބުޑަށް“ ވެއްޓިވަޑައިނުގަންނަވާނެކަމަށް ހސަން ލަތީފް ވިދާޅުވިއެވެ.

ސީޕީ ހަމީދުގެ އަނބިކަނބަލުން އަދި މެޑަމް ފަޒްނާގެ ކޮއްކޮ ނާޒިހާއަށް ދެއްވި ރައްދުގައި ހަސަންވަނީ އޭނާ އަކީ މުދާވެރި ފަރާތެއްނަމަވެސް، އެހެނިހެން މީހުންނަށް މިގޮތުގެ މަތިން މަލާމާތްކުރެއްވުމަކީ ”ހުތުރު ނުބައި ސިފައެއް“ ކަމަށެވެ. އޭނާ ވިދާޅުވީ، ނާޒިހާ އަކީ ރިސޯޓާއި މާލޭގައި ބޮޑެތި ބިމާއި ގެދޮރު އަދި އެތައް މިލިއަން ޑޮލަރެއްގެ ވިޔަފާރިތަކެއްގެ ވެރި ފަރާތްކަމަށެވެ. އެހެންނަމަވެސް ރައީސް ސާލިހުގެ ނުފޫޒުން މިފްކޯ އިން ބޮޑު މުސާރައެއް ހޯއްދަވަނީ އެ ވަރުންވެސް ނުފުދޭތީކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: