ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޢީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް!

ދިރާގު ޢީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް! 
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު ޢީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.

ޢީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ ދިރާގު ޢީދު ބޮނޑިބަތް ހަރަކާތް ވަނީ މުޅި ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެކުންފުނިން ވަނީ މާލެ ސަރަހައްދު، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި އދ. ދަނގެތީގައި ’ދިރާގު ޢީދު ބޮނޑިބަތް‘ ބަހާފައެވެ. މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސަލްޓަން ޕާކު ކުރިމަތީގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އަރބަންކޯއާ ގުޅިގެންނެވެ.

މީގެ އިތުރުން ދިރާގުން ވަނީ އެކި ރަށު އަދި ސިޓީ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން އެކި ރަށްރަށުގައި ތަފާތު ޢީދު ކުޅިވަރުތަކަށް އެއްބާރުލުންދީފައެވެ.

ދިރާގު ޢީދު ބޯކިބަ‘ އަކީ ވޭތުވެދިޔަ ޢީދުތަކުގައިވެސް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ހަރަކާތެއް. އެގޮތުން މިފަހަރުގެ ޢީދު ބޮނޑިބަތް ހަރަކާތަށްވެސް މި ލިބުނު ހޫނު ތަރުހީބަށް އަޅުގަނޑުމެން ވަރަށް އުފާކުރަން. ދިރާގުން އަބަދުވެސް ބަލަނީ މިކަހަލަ މުނާސަބު ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމުގެ ސަގާފަތް ދިރުވާ އާލާކުރާ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް،
ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: