ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ އަތުން ޒުވާނަކު މަރުވުމާއިއެކު ފަރަންސޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ހުޅުޖަހަންފަށައިފި

ފަރަންސޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރަންސޭސިވިލާތުގެ ފުލުހެއްގެ އަތުން 17 އަހަރުގެ ކުއްޖަކު މަރުވި މައްސަލައިގައި އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހޫނުވަމުންގޮސް ތިންވަނަ ދުވަހަކަށް ދިގުދައްމާލައިފިއެވެ.

ފަރަންސޭސިވިލާތުގެ ސަރުކާރުންދަނީ ހިނގަމުންދާ ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމަށް މަސައްކަތްތައް ކުރަމުން ނަމަވެސް، ޓްރެފިކް ޗެކެއްގެ ތެރެއިން ހިނގައިދިޔަ ހާދިސާގައި ޒުވާނާ މަރުވުމާއިއެކު، އެ ގައުމުގެ ރައްޔިތުން އަދިވެސް ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެވެ.

އެ ގައުމުގެ ފުލުހުން މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން މުޅިން އާ ދަތިތައްވެސް ކުރިމަތިވަމުންދެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ތަންތާނގައި ހުޅުޖަހައި، ރޯކޮށްފައިވާ ތަކެތި އުކުން ފަދަ ކަންކަންވެސް ކުރަމުންދާއިރު، އެ ގައުމުގެ 40،000 އަށްވުރެ ގިނަ ފުލުހުން އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާކަމަށްވެސް ބުނެފައިވެއެވެ. ފުލުހުން ބުނެފައިވާގޮތުން މަސައްކަތްތައް ކުރަމުންދަނީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށެވެ. މައްސަލަ އުފެދިގެން އައިސްފައިވަނީ ޓްރެފިކް ޗެކު ޕޯސްޓެއްގައި ހިނގި ހާދިސާއެއްގައި 17 އަހަރުގެ ޒުވާނެއްގެ ގަޔަށް ފުލުހަކު ބަޑި ޖެހުމުގެ ސަބަބުން މަރުވުމާއިއެކުއެވެ.

ޒުވާނާ މަރުވި ސަރަހައްދުގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކުންވަނީ މަގުތައް ބަންދު ކުރުމާއި، ފުލުހުންނަށް އަމާޒުކޮށް ތަކެތި އުކައި ހަމަލާ ދިނުމާއި، ކާރުތަކުގައި ރޯކުރުން ފަދަ އަމަލުތައްވެސް ހިންގާފައެވެ. ޒުވާނާގެ ހަނދާނުގައި ސުލްހަވެރި ސުކޫތުކޮޅެއް ދެމެހެއްޓުމަށްފަހު، އެ ގައުމުގެ ރައްޔިތުންވަނީ މަގުތައް މައްޗަށް ނުކުމެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިޕޯޓުތަކުގައިވާގޮތުން، ހަމަނުޖެހުންތައް ހިންގި ފަރާތްތަކުންވަނީ ބެންކެއްގައިވެސް ރޯކޮށްލާފައެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.

ފަރަންސޭސި ސަރުކާރުންވަނީ އެ ގައުމުގެ ވެރިރަށުގައި ރޭގަނޑުގެ ވަގުތުތަކުގައި މަގުތައް މައްޗަށް ނުކުތުން މަނާކޮށް، ކާފިއުއެއް ފަށާފައެވެ. އެގޮތުން ރޭގަނޑު 9 އެއްގެ ފަހުން ބަސް އަދި ރޭލުގެ ހިދުމަތްތައްވެސް ހުއްޓާލާފައިވާކަމަށް ބުނެފައިވާއިރު، މި ނިންމުންތައް ނިންމާފައިވަނީ އެފަދަ ބައެއް ތަކެތީގައި ރޯކޮށްލުމާއިއެކުއެވެ.

އެހެނިހެން ސަރަހައްދުތަކުގައިވެސް ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާއިރު، ފުލުހުންނާއި މުޒާހަރާގެ ބައިވެރިން ދެމެދު ހަމަލާތައްވެސް ބަދަލުކުރެވެމުންދެއެވެ. ފުލުހުންވަނީ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް މަސައްކަތްތައްކޮށް، ކަރުނަ ގޭސްވެސް ޖަހާފައެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެއެވެ. ފުލުހުންނާއި ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގެ ތެރެއިން އެ މުއައްސަސާއިންވަނީ ބައެއް ފަރާތްތައް ހައްޔަރުވެސްކޮށްފައެވެ.

މިއީ 2005 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުގެ ދެ ޒުވާނަކު ފުލުހުންނަށް ފިލުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ކަރަންޓު ޖެހިގެން މަރުވި މައްސަލައިގައި ހިނގި ހަމަނުޖެހުންތަކަށްފަހު، ފަހުގެ ތާރީހުގައި ހިނގަމުންދާ އެންމެ ބޮޑު ހަމަނުޖެހުންތަކެވެ. 2005 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން 3 ހަފްތާއަށް މުޅި ގައުމު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓި ކުއްލި ހާލަތުވެސް އިއުލާނުކުރަންޖެހުނު އިރު، އެކި މައްސަލަތަކުގައި 6،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: